ދައުލަތުން "ހޭވި ހަޑި ހާމަވެ އޮރިޔާންވާނެ" ކަމަށް ވިދާޅުވެ މަހުލޫފްގެ އިންޒާރެއް!

މަހްލޫފް ރައީސްއާ އެކު: ހިޔާނާތުގެ މައްސަލައިގައި މަހްލޫފް ގެންދަވަނީ ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވަމުން. -- ފޮޓޯ/ ރައީސް އޮފީސް

މަހްލޫފް ރައީސްއާ އެކު: ހިޔާނާތުގެ މައްސަލައިގައި މަހްލޫފް ގެންދަވަނީ ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވަމުން. -- ފޮޓޯ/ ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދޮގު ތުހުމަތުތަކެއް އުފުލާފައިވާ ކަމަށާއި އެ ދައުވާ އުފުލައިފި ނަމަ ދައުލަތުގެ މުއައްސަސާތަކުން "ހޭވި ހަޑި ހާމަވެ, އޮރިޔާންވާނެ" ކަަމަށް ވިދާޅުވެ, ކެބިނެޓުގައި ހުންނަވައި ތަހުގީގީ އިދާރާތަކާއި މިނިވަން މުއައްސަސަތާކުގެ މިނިވަންކަމާ މެދު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ސުވާލު އުފައްދަވައިފި އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ. މި ތަހުގީގު ގެންދިޔައީ ހިޔާނާތުގެ މައްސަލަތަކުގައި އިންސާފަށް ވާސިލްވުމުގެ ވައުދު ފުއްދަން ސަރުކާރުން އެ މަސައްކަތް މަތިކޮށްފައިވާ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ފުލުހުން ގުޅިގެންނެވެ.

މަހްލޫފްގެ ތަހުގީގު ނިންމައި ދައުވާ އުފުލަން ފޮނުވުން މިދިޔަ ފެބުރުއަރީ މަހާ ހިސާބުން ފެށިގެން ފުލުސް އޮފީހުގައި މަޑުޖެހުނެވެ. ފަހުން މުއައްސަސާތަކަށް އެއްބަސްވެވުނީ އޭސީސީ މެދުވެރިކޮށް, އެ މައްސަލަ ޕީޖީއަށް ފޮނުވުމަށެވެ. އެހެންވެ ޖޫން, 9 ގައި ޕީޖީއަށް އެ މައްސަލަ ފޮނުވި ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި އެ އޮފީހުގައި މައްސަލަ އޮތީ މަޑުޖެހިފަ އެވެ.

ނިޒާމުގެ ތެރޭގައި ތާށިވެފައި އޮތް މި މައްސަލައަށް ނުފޫޒު ވަދެފައިވާ ކަމުގެ ތުހުމަތު މަހްލޫފް ގެންދަވަނީ ކުރައްވަމުންނެވެ. އެންމެ ފަހުން ރޭ ދެއްކެވި ވާހަކަތަކުގައި މުއައްސަސާތަކުން މި މައްސަލައިގައި އަމަލުކުރަނީ އުސޫލާ ހިލާފަށް ކަމުގެ ތުހުމަތު އަޅުވައި ގާނޫނީ ޒިންމާ އަދާކުރުމުގައި އިތުބާރާއި މިނިވަންކަމާ މެދު ސުވާލު އުފެއްދެވި އެވެ.

"ވަގުތު" އޮންލައިނުން ރޭ ބޭއްވި ކްލަބް ހައުސް ސެޝަނެއްގައި ވާހަކަ ދައްކަވަމުން މަހުލޫފު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ މައްސަލަ ވަކި ގޮތަކަށް ގެންދަން ޝިއުނާ އާއި އައްސައަދު ވާހަކަ ދައްކަވާފައިވާ ޗެޓްލޮގްތަކެއް އެބަހުރި ކަމަށެވެ. އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ "ދައުލަތް އޮރިޔާންވާނެ" ކަމަށް ތުހުމަތު ކުރެއްވި އެވެ.

މަހްލޫފް މިގޮތަށް ތުހުމަތު ކުރެއްވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ތަހުގީގީ އިދާރާތަކަށް އަދި މުއައްސަސާތަކަށް ވެސް ސަރުކާރުގެ އެއްވެސް ނުފޯޒެއް ނޯންނާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެހެން ތަހުގީގުތައް ވެސް ގެންދަނީ ގާނޫނީ ބާރުވެރިކަމާ އެކު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށް ވެސް ވިދާޅުވެ އެވެ.

މި ޔަގީންކަމާ މެދު ސުވާލު އުފެދޭ ގޮތަށް މަހްލޫފް ވިދާޅުވީ ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރީ "ޖެހިޖެހީނުން އޭނާ ދުވާލަން" ކަަމަށެވެ. މުއައްސަސާތަކާ ދެކޮޅަށް މަސައްކަތް ކުރައްވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކުރި މަސައްކަތުން ދެއްތޯ މިހާ ހިސާބަށް, ބައްލަވާ ލަންކާ ސަފީރު ކުރެއްވި ކަންތައް އެ އޮތީ ފެންނަން, ކަނޑައެޅިގެން ގާނޫނުތަކާ ހިލާފަށް ކަންކަން ކޮށްފައި އޮތް ކަން," މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ތުހުމަތު ކުރެއްވި ގޮތުގައި އޭނާގެ މައްސަލައިގައި ދައުލަތުން އަމަލުކުރަން އުޅެނީ ފައިސާދީގެން ހެކި ބަސް ވެސް ނަގާށެވެ. މިއީ ކިހާ ބޮޑު ޖޯކެއްތޯ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުގެ އަތުގައި ހުރި ބައެއް މައުލޫމާތު ބޭރުކޮށްލީމަ އަސްލު ބައެއް މީހުން މަގުމަތީގައި ލަދުގަންނާނެ އިނގޭތޯ. އެވަރުގެ މައުލޫމާތު އަޅުގަނޑުގެ އަތުގައި މިހާރު އެބަހުރި. އެ އެއްޗެއްހި ޕަބްލިކަށް ދޫކޮށްފި ކަމަށް ވާ ނަމަ މި މީހުން މި އިންޓެގްރިޓީ މާ ހައި ބައެއް ކަމަށް ދައްކައިގެން މިކުރާ މަސައްކަތް, ހުރިހާ ހަޑިއެއް ހާވާފައި [ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް] ޝަމީމްއާ ހަމައަށް ފޮނުވާފައި އަދި ޝަމީމަށް ވެސް ޕްރެޝާކޮށްގެން މުޅި އެތި ހިފަހައްޓައިގެން މިތިބެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލައިގައި ގޮތެއް ނުނިންމަވައި ޝަމީމް ހުންނެވީ ސިޔާސީ ޕްރެޝަރާ ހެދި ކަމަށެވެ. މައްސަލަ ކޯޓަށް ފޮނުވައިފި ނަމަ ދައުލަތް އޮރިޔާވާނެ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލައިގައި އެއްވެސް މީހަކަށް އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަހްލޫފްގެ މައްސަލައިގައި ޕީޖީ އޮފީހުން އެންމެ ފަހުން ބުނެފައި ވަނީ ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އެކަމަކު އެ މައްސަލަ އެ އޮފީހުގައި ލަސްވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރްސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު މި ދައުވާކުރަން ފޮނުވުމާ ގުޅިގެން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ މަހްލޫފް ވަނީ މި ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ދައުވާ އުފުލައިފި ނަމަ އިސްތިއުފާ ދެއްވަން ތައްޔާރެވެ. އެކަމަކު މުއައްސަސާތަކުން އޭނާ "ކަންބަޅިއަކަށް" ހަދާފައިވާތީ އެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މަހްލޫފަށް ޗެކަކުން ފައިސާ ޖަމާކުރެއްވީ ސަރުކާރާ އެއްކޮޅަށް އެ ބިލް ފާސްކުރަން ވޯޓު ދެއްވުމަށް ކަމަށް ތަހުގީގުން އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ.

އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ.

ކޮމިޝަނުން ބުނިގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާ އަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިފަ އެވެ.

އެސްއީޒެޑް ވޯޓަށް ފަހު އަދީބާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާ ގުޅުވުމުން އެ ފައިސާއަކީ ރިޝްވަތުގެ ފައިސާ ކަމަށް ތަހުގީގުން އެނގޭ ކަމަށް ބުނެފައިވާ ވާހަކަ މަހްލޫފް ދޮގު ކުރައްވަ އެވެ.

އޭސީސީން އެ އިޝާރާތްކުރި މެސެޖްތަކާ ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން މަހްލޫފް ވިދާޅުވެފައި ވަނީ އެއީ "ކަނޑައެޅިގެން ދޮގު" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

އޭނާ ތަކުރާރުކޮށް ދައުލަތަށް އިލްޒާމް އަޅުވައި ވިދާޅުވަމުން ގެންދަވަނީ މައްސަލައަށް ނުފޫޒު ވަދެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox