މަހްލޫފްގެ މައްސަލަ: ގޯސްކޮށް ބަޔާން ނެގި ކަމުގެ ތުހުމަތަށް ސަފީރުގެ ޖަވާބެއް ނެތް

ލަންކާ ސަފީރު އުމަރު ރައްޒާގު: މަހްލޫފްގެ މައްސަލައިގައި ބަޔާން ނެގީ އުސޫލާ ހިލާފަށް ކަމުގެ ތުހުމަތު އޭނާއަށް ކުރޭ.

ލަންކާ ސަފީރު އުމަރު ރައްޒާގު: މަހްލޫފްގެ މައްސަލައިގައި ބަޔާން ނެގީ އުސޫލާ ހިލާފަށް ކަމުގެ ތުހުމަތު އޭނާއަށް ކުރޭ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާ ގުޅޭ މައްސަލައިގައި ސްރީ ލަންކާގެ ރައްޔިތެއްގެ ބަޔާން ދިވެހި ހައި ކޮމިޝަނުން ނެގީ ގޯސްކޮށް ކަމަށް ކުރާ ތުހުމަތަށް ހައި ކޮމިޝަނަރު އުމަރު އަބްދުއްރައްޒާގު ޖަވާބެއް ނުދެއްވި އެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރަނީ އެސްއޯއެފްގެ އެކައުންޓެންޓަކަށް ހުރި ލަންކާ ރައްޔިތެއްގެ ބަޔާން ހައި ކޮމިޝަނުން ނެގިއިރު ގާނޫނާއި އުސޫލްތަކާ ހިލާފަށް ނެގުމެވެ. މި ގޯސްހަދާފައިވާ ކަން މިނިސްޓަރު މަހްލޫފް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެންނެވުމުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް މައްސަލަ އަންނަނީ ބަލަމުންނެވެ.

ހައި ކޮމިޝަނުން އުސޫލުން ބޭރުން އަމަލުކުރިތޯ ސާފުކުރަން "އަދަދު"ން ގުޅުމުން އުމަރު ފޯނަށް ޖަވާބު ނުދެއްވުމުގެ އިތުރުން މެސެޖަށް ވެސް ޖަވާބެއް ނުދެއްވި އެވެ.

މަހްލޫފް ވިދާޅުވީ ލަންކާ ސަފީރު ކަންތައް ކުރެއްވި ގޮތް އޮތީ ފެންނަން ކަމަށާއި އަމަލުކުރެއްވީ ކަނޑައެޅިގެން ގާނޫނުތަކާއި ހިލާފަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ލަންކާ ހައިކޮމިޝަނަރުގެ ޝަކުވާތައް ހިމެނޭ ގޮތުން މަހުލޫފްގެ ސިޓީއެއް ލިބިފައިވާ ކަމަށާއި އެ ސިޓީގައި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ހުރި ކަންބޮޑުވުންތަކެއް ބަލައި ރިޔާސީ ކޮމިޝަނާ ނިންމުން ހިއްސާކުރައްވާނެ ކަމަށެވެ.

"އަދި އޭގައި މައްސަލަތަކެއް އުޅޭ ކަމަށްވާނަމަ އެކަންކަން ހާމަ ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ޕީޖީ އޮފީހުގައި މައްސަލަ ލަސްވެފައިވާ ކަމަށް މަހްލޫފް ވިދާޅުވާ ވާހަކަ ރައީސް ގަބޫލުކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވީ މައްސަލަ ލަސްވެއްޖެ ކަމަށާއި ދައުވާ ކުރާ ނަމަ ކޯޓަށް ފޮނުވަން އަދި ނުކުރާ ނަމަ މައްސަލަ ފައިލްކުރަން ޖެހޭ ކަމަށެވެ. މިކަމުގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އަމަލުކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން އިންސާފުން ކަަމަށް ޔަގީންކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ. މި ތަހުގީގު ގެންދިޔައީ ހިޔާނާތުގެ މައްސަލަތަކުގައި އިންސާފަށް ވާސިލްވުމުގެ ވައުދު ފުއްދަން ސަރުކާރުން އެ މަސައްކަތް މަތިކޮށްފައިވާ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ފުލުހުން ގުޅިގެންނެވެ.

މަހްލޫފް ގެންދަވަނީ އޭނާގެ މައްޗަށް އުފުލީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެ ޖޮއިންޓް އިންވެސްޓިގޭޝަނާ މެދު ތުހުމަތުތަކެއް ކުރަމުންނެވެ.

އެ ދައުވާ އުފުލައިފި ނަމަ ދައުލަތުގެ މުއައްސަސާތަކުން "ހޭވި ހަޑި ހާމަވެ, އޮރިޔާންވާނެ" ކަަމަށް ރޭ ވިދާޅުވެފައިވެ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރްސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

އޭނާ ތަކުރާރުކޮށް ދައުލަތަށް އިލްޒާމް އަޅުވައި ވިދާޅުވަމުން ގެންދަވަނީ މައްސަލައަށް ނުފޫޒު ވަދެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox