ގޭގެއަށް ގޮސްގެން ކުނި ނަގާގޮތަށް އަލުން ހަމަޖައްސަނީ

މާލޭގައި ވެމްކޯއިން ކުނި ނަގާ ސަރަހައްދަކަށް ގޭގެއިން ކުނި ޖަމާކޮށްފައި. -

މާލޭގައި ވެމްކޯއިން ކުނި ނަގާ ސަރަހައްދަކަށް ގޭގެއިން ކުނި ޖަމާކޮށްފައި. -

ކުރިންވެސް މާލޭ ސިޓީގައި ކުނި ނަގަމުން އައިގޮތަށް، ގޭގެއަށް ގޮސްގެން ކުނި ނަގާގޮތަށް ހަމަޖައްސަވަން ހުށަހަޅުއްވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ ކުނި މެނޭޖްކުރަން ހަވާލުކޮށްފައިވާ ވެމްކޯއިން މީގެ ކުރިން ގޭގެއަށް ގޮސްގެން ކުނި ނަގަމުން އައި ނަމަވެސް، ކޮވިޑާއެކު އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ގޭގެއަށް ނުވަންނަގޮތަށް ހަމަޖެއްސި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ ރޭ ބޭއްވި މާފަންނު ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިހާރު ކޮވިޑުގެ ހާލަތު ރަނގަޅުވެފައިވާއިރު، ކުނި ނަގާ އިންތިޒާމަށް ބަދަލެއް އަންނަންޖެހޭ ކަމަށެވެ.

ކުނިނެގުން އެގޮތަށް ބަދަލުކުރަންޖެހޭ މައިގަނޑު ސަބަބެއް ކަމަށް މޭޔަރު ވިދާޅުވީ މާލޭ ސިޓީގެ މަގުތަކުގައި ކުނި ޖަމާވަމުންދާތީ ކަމަށެވެ.

އެގޮތުން، ވެމްކޯއާއެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި ކައުންސިލް ބައްދަލުވުމުގައިވެސް މިކަން މިގޮތަށް ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

އަދި ކުނި ނެގުމުގެ ކަންތައް އެ ގޮތަށް ބަދަލުކުރާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ކަމަށާއި، އެ ނިންމުމާބެހޭ ލިޔުން ވަރަށް އަވަހަށް ވެމްކޯއަށް ފޮނުވާނެ ކަން މުއިއްޒު ހާމަކުރެއްވި އެވެ.

ރޭ ތާޖުއްދީން ސްކޫލްގައި މާފަންނު ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުގައި މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ހިޔާލު ހޯދުނެވެ.

އޭގެ އިތުރުން މޭޔަރު ވަނީ މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތަކާއި ޕްލޭންތަކުގެ ބައެއް މައުލޫމާތުތައް ދެއްވައިފަ އެވެ.

އެގޮތުން ބޮޑުގޭގައި އިސްމީ މަރުކަޒެއް ތަރައްގީކުރުމާއި، ގަޑިބުރުގެ ގަޑި އަލުން އިއާދަކުރުމުގެ އިތުރުން ކުރީގެ ރެންޓާލްސް ހުރި ތަނުގައި އޮތް ޕާކް ބުރިބުރިއަށް ނަގާފައިވާ ސައިކަލް ޕާކްކުރާތަނެއް ހެދުން ފަދަ ހިޔާލުތައް ހިއްސާ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox