ބެނޫގެ ނަން ދީފައިވާ ގިނިހިލަ ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އެބަ އޮތް: ނާސާ

ދުނިޔެ ކައިރިން ގިނިހިލައެއް ދަތުރު ކުރާ މަންޒަރު ދައްކުވައިދޭ އިލަސްޓްރޭޝަނެއް.-- ފޮޓޯ: އާރްޓީއީ

ދުނިޔެ ކައިރިން ގިނިހިލައެއް ދަތުރު ކުރާ މަންޒަރު ދައްކުވައިދޭ އިލަސްޓްރޭޝަނެއް.-- ފޮޓޯ: އާރްޓީއީ

ބެނޫގެ ނަން ދީފައިވާ ގިނިހިލަ 2135 ވަނަ އަހަރު ދުނިޔެއާ ވަރަށް ކައިރިން ދަތުރު ކުރާނެ ކަމަށާއި އެ ގިނިހިލަ ދުނިޔެއަށް ވެއްޓުމުގެ ކުޑަ ފުރުސަތެއް އެބަ އޮތް ކަމަށް ސައިންޓިސްޓުން ބުނެފި އެވެ.

ބެލެވޭ ގޮތުގައި ހަނދާއި ދުނިޔެއާ ދެމެދުގައިވާ ދުރުމިނަށް ވުރެ ކައިރިން އެ ގިނިހިލަ ދަތުރު ކުރާނެ އެވެ. އެއީ 1650 ފޫޓު ފުޅާ ގިނިހިލަ އެކެވެ.

"އޮސިރިސް-ރެކްސް" ގެ ނަން ދީފައިވާ ނާސާގެ ޖައްވީ އުޅަނދު ވަނީ އެ ގިނިހިލަ ކައިރީ ދެ އަހަރުން ހޭދަކޮށް، އެއާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެއްކޮށްފަ އެވެ.

އޮސިރިސް ރެކްސްގައިވާ ރޮބޮޓު އަތެއްގެ އެހީގައި ވަނީ ގިނިހިލައިގެ ފަށަލައިން ސާމްޕަލް ނަގާފަ އެވެ. ސާމްޕަލްގެ ގޮތުގައި ނެގި ހިލަކޮޅުތައް ދުނިޔެ އަށް އަނބުރާ ގެނައުމަށް ރާވާފައި ވަނީ ސެޕްޓެމްބަރު 24، 2023 ގަ އެވެ.

ބެނޫ އަކީ 1999 ވަނަ އަހަރު ފެނުނު ގިނިހިލަ އެކެވެ. އެ ގިނިހިލަ ހިމަނާފައި ވަނީ ނުރައްކަލެއް ކުރިމަތި ކުރުވަފާނެ ކަމަށް ބެލެވޭ ގިނިހިލަތަކުގެ ކެޓެގަރީގަ އެވެ.

އެ ގިނިހިލަ ސެޕްޓެމްބަރު 2135 ގައި ދުނިޔެ ކައިރިން ދަތުރު ކުރާނެ އެވެ.

ސައިންޓިސްޓުން މަސައްކަތް ކުރަމުން ދަނީ ގިނިހިލަ ދަތުރު ކުރާނެ ކަމަށް ބެލޭ ގޮތަށް ދުނިޔޭގެ ގްރެވިޓީ އާއި އެހެނިހެން ގުދުރަތީ ކަންކަމުން ކުރާނެ އަސަރު ހޯދުމަށެވެ.

ކެލިފޯނިއާގައި ހުންނަ ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީގެ ސެންޓާ ފޯ ނިއާ އާތު އޮބްޖެކްޓް ސްޓަޑީޒްގެ ސައިންޓިސްޓު ޑޭވިޑް ފާނޯޗިއާ ވިދާޅުވީ އޮސިރިސް ރެކްސްގެ އެހީގައި ލިބޭ މައުލޫމާތު ވަރަށް މުހިއްމު ކަމަށެވެ.

ނާސާގެ އޮސިރިސް ރެކްސް ޖައްވީ އުޅަނދު.--
ނާސާގެ އޮސިރިސް ރެކްސް ޖައްވީ އުޅަނދު.--

ނާސާގެ އޮސިރިސް ރެކްސް ޖައްވީ އުޅަނދު.

"މީގެ ކުރިން ދުވަހަކު ވެސް ގިނިހިލަ ދަތުރު ކުރާނެ ކަމަށް ބެލެވޭ ގޮތް މިހާ ޔަގީންކަމާ އެކު ދެނެގަނެވިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެނޫ ގިނިހިލަ ދުނިޔެއަށް ވެއްޓުމުގެ ކުޑަ ފުރުސަތެއް އެބަ އޮތް ކަމަށެވެ. ނަމަވެސް އެއީ "ވަރަށް ކުޑަ" ފުރުސަތެއްކަން ފާހަގަކޮށް، އެކަމާ ވިސްނަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ސައިންޓިސްޓުންގެ ހޯދުންތަކުން މިހާތަނަށް ބެލެވޭ ގޮތުގައި 2021 ވަނަ އަހަރާއި 2300 ވަނަ އަހަރާ ދެމެދުގެ އަހަރެއްގައި އެ ގިނިހިލަ ދުނިޔެއަށް ވެއްޓުމަށް އޮތް ފުރުސަތަކީ އެންމެ 0.057 ޕަސެންޓުގެ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox