އަލީ ވަހީދު އަތުލުމަށް ފުލުހުންގެ އެހީތެރިކަމަށް އެދެނީ

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު: ތުހުމަތު ކުރެވެނީ މިނިސްޓްރީގެ 13 މުވައްޒަކަށް ޖިންސީ ގޯނާ ކުރި ކަމަށް -- ފޮޓޯ: އަހްމަދު ޝުރާއު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު: ތުހުމަތު ކުރެވެނީ މިނިސްޓްރީގެ 13 މުވައްޒަކަށް ޖިންސީ ގޯނާ ކުރި ކަމަށް -- ފޮޓޯ: އަހްމަދު ޝުރާއު

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހަށް ޖަލަށްލުމަށް އިއްޔެ ހުކުމް ކުރި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހޯދައި ހައްޔަރަށް ގެންދިއުމަށް ފުލުހުންގެ އެހީތެރިކަމަށް އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން މިއަދު ބުނެފި އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އަންހެން ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ލިބޭ އަލީ ވަހީދު ރާއްޖެއިން އިނގިރޭސިވިލާތަށް ފިއްލެވީ ބޭސް ފަރުވާ ކުރުމުގެ ހުއްދަ ކޯޓުން ހޯދައިގެނެވެ. އަލީ ވަހީދު ފުރުމުގެ ހުއްދަ ދިނީ އޭނާގެ ގާތް ރަހުމަތްތެރިވާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޒިންމާވާ ގޮތަށް ހަމަޖެއްސުމަށްފަހު އެވެ.

އެކަމަކު އަލީ ވަހީދު ރާއްޖެ އައުމަށް ކަނޑައަޅާފައި އޮތް މުއްދަތު ހަމަވުމުން ވެސް އޭނާ އަނބުރާ ގައުމަށް ވަޑައެއްނުގަންނަވަ އެވެ. އަދި ބޭނުންވީ އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އެ ހުއްދަ ކްރިމިނަލް ކޯޓުން އޭނާއަށް ދިނެވެ.

އަލީ ވަހީދު ދެ މަހަށް ޖަލަށްލާން އިއްޔެ ހުކުމްކޮށްފައި މި ވަނީ ކޯޓަށް ހާޒިރުނުވެ ޝަރީއަތް ކުރިއަށްގެންދަން ހުއްދަ ދިން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އިސްތިއުނާފް ކުރެއްވުމުން، އެ މައްސަލައިގެ އަޑުއެހުމަށް އޭނާ ސުޕްރީމް ކޯޓަށް ހާޒިރުނުވުމުންނެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން އަހުމަދު މި ނޫހަށް ވިދާޅުވީ އަލީ ވަހީދާމެދު އަމަލު ކުރަނީ އެހެން މީހުންނާ މެދު ވެސް އަމަލު ކުރާ ގޮތަށް "އާންމު އުސޫލުގެ ތެރެއިން" ކަމަށެވެ.

"އަލީ ވަހީދުގެ ހުކުމް ތަންފީޒު ކުރުމަށް ގެނެސްދިނުމަށް [ފުލުހުންގެ ކައިރި] އެދޭނަން،" އޭނާ ވިދާޅުވި އެވެ.

ކޯޓުގެ ހުރުމަތް ކަނޑައިގެން އަލީ ވަހީދުގެ މައްޗަށް އިއްޔެ ހުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ގާނޫނާއި ޝަރީއަތުގެ ކުރިމަތީގައި "ވަކި މީހެއް ފަރަގު ނުވެ، އަދި ފަރަގު ކުރުމެއް ނެތި ހަމަހަމަކަމާ އެކު" މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"އެ އިތުބާރު ގެއްލިއްޖެނަމަ ދައުލަތް ވުޖޫދުވެފައި އޮތުމުގެ މައިގަނޑު އެއް ރުކުން ނެތިގެންދާނެ. ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށްވާ ނަމަ ނުވަތަ ވަކި މީހަކަށް ވީމާ ކޯޓުތަކުން ވަކި ގޮތަކަށް ކަންތައްތައް ކުރާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭ ނަމަ ކޯޓުތައް ހުރުމާމެދު ސުވާލު އުފެދޭނެ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox