އަފީފްގެ މައްސަލަ ބަލަން ޗެއާޕާސަން، ޕީޖީ ގުރޫޕަށް ހުށަހަޅުއްވައިފި

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިހާރު އެމްޑީޕީގެ މެމްބަރެއް ކަމެއް ވެސް ޔަގީން ނުވާކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ދެއްކެވި ވާހަކައެއް ބަލައި ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތުމުން އެކަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަށް ހުށަހަޅުއްވާފައިވާ ކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އުފެދިފައިވާ ކޯޅުމުގެ ސަބަބުން ޕާޓީގެ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ.

އެގޮތުން، އެމްޑީޕީގެ ފަލްސަފާތައް މުގުރާލައި ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތައް ބޭނުންވާ ގޮތަށް ކަމުގެ ތުހުމަތުތައް ދަނީ އަމާޒުވަމުންނެވެ.

Advertisement

މިފަހުން އަމިއްލަ ޓީވީ ޗެނަލެއްގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަފީފް ވެސް ވަނީ އެފަދަ ތުހުމަތުތެއް ރައީސް ސޯލިހަށް ކުރައްވައިފަ އެވެ.

އެގޮތުން، އަފީފް ވިދާޅުވީ ރައީސް ސޯލިހު މަސައްކަތްކުރައްވާ ގޮތުން އެމަނިކުފާނަކީ އަދާލަތު ޕާޓީގެ މެމްބަރެއްތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

އެއާއެކު، އޭނާގެ މައްސަލަ ބަލަން ރައީސް ސޯލިހު އެދިވަޑައިގެންފައިވާކަމަށް އަފީފް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އަފީފް ފަދަ އެމްޑީޕީގެ ސީނިއާ ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވެމުން އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބަލަން ޕާޓީގެ ޗެއާޕާސަނު އަރިހުގައި ދެންނެވި ކަމަށެވެ.

އެއީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެގޮތަށް އަމަލުކުރުމުން ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭތީ ކަމަށް ވިދާޅުވެ އެކަން ރައީސް ދިފާއުކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން ހަސަން ލަތީފް މިއަދު "އަދަދު"އަށް ވިދާޅުވީ އަފީފް ދެއްކެވި ވާހަކައާ ގުޅިގެން ރައީސް ސޯލިހު ގުޅުއްވި ކަމަށެވެ. އަދި އެއީ ރަނގަޅުކަމެއް ނޫން ކަމަށާއި ޕާޓީގެ ތެރެއިން އަފީފަށް ފިޔަވަޅެއް ނާޅާނެތޯ ރައީސް އެއްސެވި ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ރައީސްގެ ކޯލަށްފަހު އަފީފަށް ގުޅުއްވައި، އެމަނިކުފާނު ފާޅުކުރެއްވި ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

އަދި އަފީފްއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމުން، މެމްބަރުންގެ މައްސަލަ ބެލުން ހަމަޖެހިފައި އޮންނަނީ ޕީޖީ ގުރޫޕުން ކަމުން އެ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ގުޅުއްވައި އެދިވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވި އެވެ.

"ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑު ގާތު ރައީސް ނަޝީދު ވިޔަސް އަދި ރައީސް ސޯލިހު ވިޔަސް ކަމެއް އެދިވަޑައިގެންފިއްޔާ އިދާރީ ގޮތުން އަޅުގަނޑު ކުރާނަން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތަށް އަފީފްގެ މައްސަލަ ޕީޖީ ގުރޫޕުން ބަލާ ކަމެއް އާޒިމް ފޯނަށް ޖަވާބު ނުދެއްވާތީ އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox