ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ނިއު ޔޯކްގެ ގަވަރުނަރު އިސްތިއުފާ ދެއްވައިފި

ނިއު ޔޯކްގެ ގަވަރަނަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެންޑްރޫ ކޫމޯ ވަޑައިގަންނަވަނީ.-- ފޮޓޯ: ރޮއިޓާޒް

ނިއު ޔޯކްގެ ގަވަރަނަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެންޑްރޫ ކޫމޯ ވަޑައިގަންނަވަނީ.-- ފޮޓޯ: ރޮއިޓާޒް

ނިއު ޔޯކް، އެމެރިކާ (އޯގަސްޓު 11) - ޖިންސީ ފުރައްސާރައިގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ އަށް ޑިމޮކްރެޓިކް ޕާޓީން ޕްރެޝަރު ކުރިމަތިވެ، އިސްތިއުފާ ދެއްވައިފި އެވެ.

ކޫމޯއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައި ވަނީ 11 އަންހެނުންނެވެ. އެ މައްސަލާގައި އުމުރުން 63 އަހަރުގެ ކޫމޯ މަގާމުން ދުރުކުރާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ އިތުރުން ނިއު ޔޯކްގެ އުމުރުން ދުވަސްވީ މީހުން ތިބޭ ފެސިލިޓީތަކުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދުތައް އޮޅުވާލި ކަމަށް ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.

ނަމަވެސް މީގެ އަހަރެއްހާ ކުރިން ނިއު ޔޯކްގެ ރައްޔިތުން ކޫމޯ އަށް ތައުރީފުކޮށްފައި ވަނީ ކޮވިޑް ބަލިމަޑުކަން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ކޫމޯ އަކީ ނިއު ޔޯކްގެ ބޮޑު ސިޔާސީ "ޝާހީ އާއިލާއަކަށް" ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ބައްޕަ މާރިއޯ ވަނީ ތިން ފަހަރެއްގެ މަތިން އެ ސްޓޭޓުގެ ގަވަރުނަރުކަން ކުރައްވާފަ އެވެ. އޭގެ އިތުރުން އޭނާގެ ބޭބެ ކްރިސް އަކީ ސީއެންއެންގެ މަޝްހޫރު ޕްރެޒެންޓަރެކެވެ.

އެކަމަކު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއެކު ކޫމޯ ނިންމަވާފައި ވަނީ އިސްތިއުފާ ދެއްވުމަށެވެ.

"މިހާރު ކަންކަން ގޮސްފައި އޮތް ހިސާބަށް ބަލާއިރު ފެންނަ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެއްފަރާތަކަށް ޖެހިފައި ސަރުކާރުގެ މަސައްކަތަށް ފުރުސަތު ދިނުން،" ޓީވީން ވަގުތުން ދެއްކި ބަޔާނެއްގައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިސްތިއުފާ އަށް އަމަލު ކުރަން ފަށާނީ ކުރިއަށް އޮތް 14 ދުވަސް ފަހުން،"

ކޫމޯގެ ބަދަލުގައި ދެން ގަވަރުނަރުގެ މަގާމަށް ވަޑައިގަންނަވާނީ ލެފްޓިނެންޓް ގަވަރުނަރު ކެތީ ހޮޗުލް އެވެ. އޭނާ ވެގެން ދާނީ އެމެރިކާގެ ހަތަރު ވަނަ އަށް އެންމެ އާބާދީ ބޮޑު ސްޓޭޓުގެ އެންމެ ފުރަތަމަ އަންހެން ގަވަރުނަރަށެވެ.

ކޫމޯއާ ދެކޮޅަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އާއްމުވީ ނިއު ޔޯކް ސްޓޭޓުގެ އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓެއްގަ އެވެ. ކޫމޯ ވަނީ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ނަމަވެސް އޭނާގެ އަމަލުތަކުގެ ސަބަބުން އަސަރުކޮށްފައިވާ އަންހެނުންގެ ކިބައިން ވަރަށް ބޮޑަށް ކޫމޯ މައާފަށް އެދިވަޑައިގެންނެވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް މިދިޔަ ހަފްތާގައި ވަނީ ކޫމޯގެ އިސްތިއުފާ އަށް ގޮވާލައްވާފަ އެވެ.

ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމަށް ކޫމޯ އިންތިހާބުވެވަޑައިގެންނެވީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 އަދި 2018 ގައި ވެސް އަލުން އިންތިހާބުވެވަޑައިގެންނެވި އެވެ.

އޭގެ ކުރިން އޭނާ ވަނީ ނިއު ޔޯކްގެ އެޓާނީ ޖެނެރަލް ކަމާއި ރައީސް ބިލް ކްލިންޓަންގެ ސަރުކާރުގެ ސެކެޓްރީ އޮފް ހައުސިން އެންޑް އާބަން ޑެވެލޮޕްމަންޓްކަން ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox