އަލީ ވަހީދު ކުރިމަތީ ކޯޓުތަކުން ކުޑަކަކޫ ޖަހައިގެން ނުވާނެ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ނިންމުން ފަނޑިޔާރު ސުއޫދު އިއްވަވަނީ: ކޯޓުތަކުން ވަކި މީހަކަށްވުމުން ޝަރީއަތް ހިންގަން ހުރަސް އެޅިޔަދީގެން ނުވާނެ ކަމަށް ވިދާޅުވި

ސުޕްރީމް ކޯޓުގެ ނިންމުން ފަނޑިޔާރު ސުއޫދު އިއްވަވަނީ: ކޯޓުތަކުން ވަކި މީހަކަށްވުމުން ޝަރީއަތް ހިންގަން ހުރަސް އެޅިޔަދީގެން ނުވާނެ ކަމަށް ވިދާޅުވި

ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޝަރީއަތްތައް ހިންގަން ޖެހުމުން، އޭނާގެ ކުރިމަތީ ކޯޓުތަކުން ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

އަލީ ވަހީދުގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް، އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިވަނީ ބޮޑެތި ތުހުމަތުތަކެއް އޮތުމުން ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކުރުމާއެކު އެވެ.

ބޭސްފަރުވާއަށް ދިޔުމަށް ހުއްދަދީ، އަލީ ވަހީދުގެ ޕާސްޕޯޓް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކުރެއްވީ އޭނާގެ މައްޗަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޖާމިނުވުމުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.

އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދައުލަތުން ދިޔަ އެވެ. ނަމަވެސް، އެ ދެ ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ އަލީ ވަހީދަށް ޗިޓް ރައްދުނުވާ ކަމަށް ބުނެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ.

އޭރު އަލީ ވަހީދު އުޅޭނޫޅޭ ތަނެއް އެއްވެސް ކޯޓަކަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، އޭގެފަހުން އަލީ ވަހީދު ވަނީ ކުރިމިނަލް ކޯޓާ މުއާމަލާތްތަކެއްކޮށް އޭނާ ދިރިއުޅޭ އެޑްރެހާއި ގުޅޭނެ ނަންބަރުތަކާއި އީމެއިލް ހިއްސާކޮށްފަ އެވެ.

އަލީ ވަހީދުގެ އެދުމަށް ކުރިމިނަލް ކޯޓުން ނިންމީ އޭނާ ރާއްޖެ ނުގެނެސް، ރާއްޖޭން ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށެވެ. މި އިންތިޒާމް ކުރިމިނަލް ކޯޓުގެ މީހަކަށް ހަމަޖައްސައިދިން މިއީ ފުރަތަމަ ފަހަރެވެ.

އެކަމަށް ދައުލަތުން އިއުތިރާޒުކުރި ނަމަވެސް، އިނގިރޭސިވި ލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުވެގެން ދެ އަޑުއެހުމެއްގައި ބައިވެރިވި އެވެ. އެހެންވެ، އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ. އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވުމަށް އީމެއިލް މެދުވެރިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވި އެވެ. އެ ޗިޓް އަލީ ވަހީދަށް ރައްދުވެފައިވީ ނަމަވެސް، ސުޕްރީމް ކޯޓާ އޭނާ އެއްވެސް މުއާމަލާތެއްކޮށްފައެއް ނުވެ އެވެ. އަދި މިއަދަށް ތާވަލުކުރި އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ވެސް ނުވެ އެވެ.

މިއަދުގެ އަޑުއެހުމުގައި އަލީ ވަހީދަށް ހާއްސަކޮށްފައިވާ ގޮނޑި: އޭނާ ހާޒިރެއް ނުވި
މިއަދުގެ އަޑުއެހުމުގައި އަލީ ވަހީދަށް ހާއްސަކޮށްފައިވާ ގޮނޑި: އޭނާ ހާޒިރެއް ނުވި

މިއަދުގެ އަޑުއެހުމުގައި އަލީ ވަހީދަށް ހާއްސަކޮށްފައިވާ ގޮނޑި: އޭނާ ހާޒިރެއް ނުވި

އެހެންވެ، ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެއީ އެ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ ދަށުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށް، އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުން ނިންމެވީ، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ފަނޑިޔާރުންގެ ނިންމުން އިއްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އާއި ގާނޫނުތައް ދިފާއުކޮށް ހިންގުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެކެވެ. އަދި ކޯޓުތަކުގެ ނިންމުންތަކާއި އެންގުންތައް ކަމޭހިތުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

"ވަކި މީހެއް ފަރަގު ނުވެ، އަދި ފަރަގު ކުރުމެއް ނެތި ހަމަހަމަކަމާއެކު،" ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުގެ އަމުރުތައް ތަންފީޒުވުން ބިނާވެފައި އޮންނަނީ އަދުލްއިންސާފު ލިބޭނެ ކަމަށް އަދި ކޯޓުތަކުގެ އެންގުންތަކަށް އެންމެން ވެސް ބޯލަނބާނެ ކަމަށް ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަމުގެ މައްޗަށް ކަމަށެވެ.

"އެ އިތުބާރު ގެއްލިއްޖެނަމަ ދައުލަތް ވުޖޫދުވެފައި އޮތުމުގެ މައިގަނޑު އެއް ރުކުން ނެތިގެންދާނެ، ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށްވާނަމަ ނުވަތަ ވަކި މީހަކަށް ވީމާ ކޯޓުތަކުން ވަކި ގޮތަކަށް ކަންތައްތައް ކުރާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނަމަ ކޯޓުތައް ހުރުމާމެދު ސުވާލު އުފެދޭނެ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ކަންކަމުން ކޯޓުތައް ދިފާއު ކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅުތައް އަޅާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަލީ ވަހީދަށް ސުޕްރީމް ކޯޓުގެ ޗިޓް ލިބި ހާޒިރުނުވުން ފިޔަވަޅު ނޭޅުމަކީ ކޯޓުތަކުގެ ބާރުވެރިކަމާމެދު ސުވާލު އުފެދި އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް ޕީޖީ ހުސެއިން ޝަމީމް ވެސް ވަޑައިގެންނެވި
މިއަދުގެ އަޑުއެހުމަށް ޕީޖީ ހުސެއިން ޝަމީމް ވެސް ވަޑައިގެންނެވި

މިއަދުގެ އަޑުއެހުމަށް ޕީޖީ ހުސެއިން ޝަމީމް ވެސް ވަޑައިގެންނެވި

"އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކަށް މިކަމުގައި ކަމެއް ނުކުރެވި ޝަރީއަތް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ގާނޫނީ ވެރިކަން ނުހިނގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް،" ސުއޫދު ވިދާޅުވި އެވެ.

އެހެންކަމުން އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރަން ޖެހުމުން ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއް ނެތް ތަންތަން ކަމަށް ދޭހަވާ ގޮތަށް ގާނޫނާއި ގަވައިދުތައް މާނަކޮށް އިޖުރާއީ ބާގަނޑުތައް ފޭކޮށްގެން ނުވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އަދި ގާނޫނުގެ ދިގު އަތް ބައެއް މީހުންނާމެދު ނުފޯރާ ކަމަށް ދޭހަވާ ގޮތަށް އެއްވެސް ކޯޓަކުން ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށްފަހު، އަލީ ވަހީދުގެ ޝަރީއަތާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އޮތް މައްސަލަ ކުރިއަށް ގެންދަން ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

އެގޮތުން އެ މައްސަލާގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް އަންގާނެ ކަމަށް ފަނޑިޔާރު ސުއޫދު މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގެ ބެންޗު: އަލީ ވަހީދު ދެ މަހަށް ޖަލަށްލާން ހުކުމްކުރި
މިއަދުގެ އަޑުއެހުމުގެ ބެންޗު: އަލީ ވަހީދު ދެ މަހަށް ޖަލަށްލާން ހުކުމްކުރި

މިއަދުގެ އަޑުއެހުމުގެ ބެންޗު: އަލީ ވަހީދު ދެ މަހަށް ޖަލަށްލާން ހުކުމްކުރި

ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް، "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ބޭސްފަރުވާގެ އެއްވެސް ކަމެއް މިވަގުތު ނުހިނގަ އެވެ.

އަލީ ވަހީދު ކޯޓަށް ފޮނުވާފައިވަނީ އިނގިރޭސި ވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައިވާ ގޮތުން މައިބަދައިގައި ރިއްސާތީ، އަލީ ވަހީދު ދެ ފަހަރެއްގެ މަތިން އެ ކްލިނިކަށް ދައްކާފައިވެ އެވެ. އަދި އެތަނުން އޭނާގެ އެމްއާރުއައި ވެސް ހަދާފައިވާ ކަމަށެވެ. އެ ލިއުމުން އެނގޭ ގޮތުގައި ބޭރަށް ވަޑައިގަތް ފަހުން އޭނާ މައިބަދައިގެ ސާޖަރީއެއް ކުރައްވައިފައެއް ނުވެ އެވެ. އަދި އެފަދަ ސާޖަރީއެއް ކުރަން އެ ލިއުމުގައި ޑޮކްޓަރުން ލަފާދެއްވައިފައެއް ވެސް ނުވެ އެވެ.

އަލީ ވަހީދަށް ޑޮކްޓަރުން ލަފާދެއްވީ ކަސްރަތުކުރުމަށާއި އެކަން މެދުނުކެނޑި ކުރިއަށް ގެންދެވުމަށެވެ.

އެކަމަކު ހަ މަސް ފަހުން އިތުރު ޓެސްޓްތަކަކާއި އެސެސްމެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 25 ގައި ދޫކުރި އެ ލިއުމުގައި ޑޮކްޓަރުން ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox