މީހަކު ޖާމިނުކޮށް އަންމަޓީ ބަންދުން ދޫކޮށްލުމަށް އެދިއްޖެ

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަންމަޓީ: އޭނާ ބަންދުން ދޫކޮށްލުމަށް ވަނީ އެދިފައި

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަންމަޓީ: އޭނާ ބަންދުން ދޫކޮށްލުމަށް ވަނީ އެދިފައި

ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)ގެ މައްޗަށް އެހެން މީހަކު ޖާމިނުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

އަންމަޓީ ބަންދުގައި ހުރީ އޭނާއަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި، ހައިކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.

ތަހުގީގަށް އަންމަޓީ ރާއްޖެ ގެނައީ ލަންކާގައި އުޅެނިކޮށެވެ. އޭގެ ފަހުން އޭނާ ބަންދުގައި ހުރިއިރު ދައުވާ އުފުލުމަށް ފަހު ވެސް އޭނާގެ ބަންދަށް މުއްދަތު ޖަހަމުން ދިޔަ އެވެ. އަދި ފަހުން ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުކުރި އެވެ. އެ އަމުރު އެހެން އޮއްވައި، އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އަމުރު ކުރެއްވި އެވެ.

އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމީ އަންމަޓީގައި ބަންދުކޮށްފައި ބަހައްޓަން ޖެހޭ މީހެއް ކަމަށެވެ. އެހެންވެ، އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.

އެ އަމުރުގެ ދަށުން ބަންދުގައި ހުރި އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލާޒިމްކުރާތީ، ދައުލަތުން މިއަދު ވަނީ އެކަމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިފައިވަނީ އަންމަޓީ ބަންދުކުރުމަށް ނެރެފައިވާ އަމުރު ދެމެހެއްޓުމަށެވެ. އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތައް ދެމިއެބައޮތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް ވިދާޅުވި އެވެ.

އޭގެ ސަބަބެއް ކަމަށް ވިދާޅުވީ، އަންމަޓީގެ މައްޗަށް ހެކި އެބަހުރި ކަމާއި އަދި އޭނާއަކީ ޝަރީއަތަށް ފިލައިގެން ގޮސްދާނެ މީހެއް ކަމަށެވެ. ވަކީލް ވިދާޅުވި ގޮތުގައި އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ނަމަވެސް، އޭނާއަކީ ވަލުދޮރާށިން ވެސް ފިލައިގެން ގޮސްދާނެ މީހެއް ކަމަށެވެ. އެކަން އޭނާ ކުރިން އަމަލުކޮށްފައިވާ ގޮތުން އެނގޭ ކަމަށެވެ.

އަންމަޓީގެ ވަކީލް މުހުތާޒު މުހުސިން އެދިވަޑައިގެންފައިވަނީ އިތުރު ޝަރުތަކެއް މަތިކޮށްފައި ނަމަވެސް އަންމަޓީ ދޫކޮށްލުމަށެވެ. ޝަރުތުތައް ގިނަ ކުރުމަށްފަހު އަންމަޓީ ދޫކޮށްލެވިދާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވެސް ފާހަގަކުރައްވާފައިވާކަން އޭނާ ވިދާޅުވި އެވެ. އެގޮތުން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނޫނީ ކަފާލާތުގެ ދަށުން މީހަކު ޖާމިނުވެގެން ދޫކޮށްދިނުމަށް ވެސް ވަކީލް އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް އިއުތިރާޒު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަރުތުތަކެއްކޮށް އަންމަޓީ ދޫކޮށްލުމަށް ވެސް ދައުލަތުން އިއުތިރާޒު ކުރަނީ އޭނާ ފިލައިދާނެ ކަމުގެ އިހުތިމާލު ވަރަށް ބޮޑަށް އޮތުމުންނެވެ. އޭރަށް ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އަންމަޓީ ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އެހާ ބޮޑަށް އޮތީ ކީއްވެގެންތޯ އާއި ވަލުދޮރާށިން ފިލައިގެން ދެވިދާނެ ކަމުގެ ކިހާ ފުރުސަތުތަކެއް އެބައޮތްތޯ ވެސް ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އަންމަޓީއަކީ މީގެކުރިން ތަހުގީގަށް ފިލައިގެން އުޅުނު މީހެއް ކަމަށާއި އޭނާ ރާއްޖެ ގެނެވުނީ ވެސް ލަންކާއިން ޑީޕޯޓްކޮށްލުމުން އެ ނޫން ގޮތެއް އޭނާއަށް ނެތުމުން ކަމަށެވެ.

އެހެންކަމުން އަންމަޓީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަމަލުތައް ބަހައްޓާ މީހެއް ނޫންކަން އޭނާގެ ކުރީގެ އަމަލުތަކުން އެނގޭ ކަމަށާއި އެކަމަށް ރިއާޔަތްކޮށް ވެސް އަންމަޓީ ދޫކޮށްލައިގެން ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ ދެ ފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް އަންމަޓީގެ ބަންދާމެދު މާދަމާ ގޮތެއް ނިންމަވައި، އިއުލާން ކުރައްވާނެ ކަމަށެވެ.

ސީލައިފް ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އަންމަޓީގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 42 ދައުވާގެ ތެރެއިން ހަތަރު ދައުވާއެއް ދައުލަތުން ވަނީ އިއްވައިފަ އެވެ. އެ ހަތަރު ދައުވާއަށް ވެސް އަންމަޓީ އިންކާރު ކުރުމުން ދައުލަތުން ވަނީ ދައުވާތައް ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ.

މި މައްސަލާގެ ޝަރީއަތް ކުރިއަށް ދަނީ 42 ދައުވާ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2015ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި އެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox