އިރާން މައްސަލާގައި އެމެރިކާގެ ޖާސޫސީ ވެރިޔާ އިޒްރޭލަށް

އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީގެ ވެރިޔާ ވިލިއަމް ބާންސް.-- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީގެ ވެރިޔާ ވިލިއަމް ބާންސް.-- ފޮޓޯ: އޭއެފްޕީ

ގުދުސް (އޯގަސްޓު 10) - އިރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ނުތަނަވަސްކަން އިތުރުވެފައި ވާތީ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރެވޭނެ ކަމުގެ އުއްމީދު ކުޑަވެފައި ވަނިކޮށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ ވެރިޔާ ވިލިއަމް ބާންސް އިޒްރޭލަށް ވަޑައިގެންފި އެވެ.

ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ ތަރުޖަމާނަކު ވަނީ ސީއައިއޭގެ ވެރިޔާ އާއި އިޒްރޭލާ ދެމެދު ކުރާ މަޝްވަރާތަކުގެ ތަފްސީލް ދޭން ދެކޮޅު ހައްދަވާފަ އެވެ.

ނަމަވެސް ވައްލާ ނިއުސް ވެބްސައިޓުން ބުނީ މަޝްވަރާތަކުގެ ތެރޭގައި ހިމެނެނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، އެ ސަރަހައްދުގެ އިރާނުން ހިންގާ ހަރަކާތްތައް ކަމަށެވެ. ބެނެޓް އާއި އިޒްރޭލުގެ ޖާސޫސީ ވެރިޔާ ޑޭވިޑް ބާނިއާ އާއެކު މަޝްވަރާ ކުރައްވާނެ އެވެ.

އޭގެ އިތުރުން އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރިއަށް ބާންސް ވަޑައިގެން ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް އާއި ފަލަސްތީނުގެ ޖާސޫސީ ވެރިޔާ މާޖިދް ފަރަޖް އާއެކު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އެ ނޫހުން ބުނެ އެވެ.

ބާންސްގެ މިފަދަ ދަތުރެއް ކުރައްވަމުން ދާއިރު ތަޖުރިބާކާރުން ބުނަނީ އިރާނާއި އިޒްރޭލާ ދެމެދު "ހިޔަނި ހަނގުރާމައެއް" ފަށާފައިވާ ކަމަށެވެ. އެގޮތުން އެއް ގައުމުން އަނެއް ގައުމުގެ ބޯޓު ފަހަރަށް ސިއްރުގައި ހަމަލާދެމުންދާ ކަމަށް ބެލެވިފައި ވެ އެވެ.

މިދިޔަ މަހު އޮމާންގެ އައްސޭރިފަށާ ކައިރީގައި އޮތް އިޒްރޭލް ބިލިއަނަރެއްގެ ބޯޓު އެމްޓީ މާސާ ސްޓްރީޓަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ދެ ކްރޫ މެމްބަރުން މަރުވި އެވެ.

މިދިޔަ ހުކުރު ދުވަހު ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުން ތުހުމަތު ކުރެއްވި ގޮތުގައި ހަމަލާގެ ފަހަތުގައި ވަނީ އިޒްރޭލް އެވެ. އެމެރިކާ ސިފައިން ވަނީ އެ ހަމަލާގައި ބޭނުން ކުރި ޑްރޯންތައް އުފެއްދީ އިރާނުގައި ކަން ހާމަވާ ލިޔުންތަކެއް އާއްމުކޮށްފަ އެވެ. ނަމަވެސް އިރާނުން އެ ތުހުމަތު ދޮގުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox