މާތް ﷲ ގެ މިންވަރުފުޅާމެދު ރުހިގެން ވަމެވެ.

މާތް ﷲ ގެ މިންވަރުފުޅާމެދު ރުހިގެން ވަމެވެ.

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ޢަބްސް ވަންހައިގެ މަހުޖަނަކު، އޭނާގެ ޖަމަލެއް ގެއްލިގެން އެ ޖަމަލު ހޯދުމަށްޓަކައި ނިކުތެވެ. ޖަމަލުގެ ފިޔަވަޅުތައް ބަލަމުން، ޖަމަލު ދިޔަ މަގުން އޭނާ ދިޔަ އެވެ. ޖަމަލު ފެންނާނެ ކަމުގެ އުންމީދުގަ އެވެ. އެ ކަމުގައި އޭނާ ތިން ރޭ ތިން ދުވާ ހޭދަކުރި އެވެ. އޭނާއަކީ ވަރަށް މުއްސަނދި މަހުޖަނެއް ކަމުގައި ވި އެވެ. އޭނާގެ މިލްމުގައި ވަރަށް ގިނަ މުދަލާއި ޖަމަލާއި ގެރިއާއި ބަކަރި ވެސް ވި އެވެ. އަދި އޭނާއަށް ވަރަށް ގިނަ ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ލިބިފައި ވި އެވެ. އޭނާގެ މި ހުރިހައި މުދަލަކާއި އަނބި ދަރީން ވަނީ އޭނާގެ މިލްކުގައިވާ ވަރަށް ބޮޑު ބިމެއްގަ އެވެ. އެ ބިމުގައި އޭނާގެ އަނބި ދަރީންނަށް ނުހަނު ރީތި ގެދޮރު ހަދާފައި ވެ އެވެ. އެ ބިން ވަނީ، ޢަބްސް ވަންހައިގެ މީހުންގެ ސަހަރުގެތެރޭގައިވާ ވާދީއެއްގެ އައްސޭރީގަ އެވެ. އެ ތާނގައި ނުހަނު އުފަލާއި އަރާމުގައި އެ މީހުން ދިރިއުޅެމުންދިޔައިރު، އެ މީހުންނާއި އެ މީހުންނަށް ލިބިފައިވާ ނިޢުމަތްތައް ފަނާކޮށްލާނޭ މުޞީބާތެއް ދުވަހަކުވެސް ކުރިމަތިވެދާނޭ ކަމަކަށް އެމީހުންނަކު ހިޔެއްނުކުރެ އެވެ.

މަހުޖަނު އޭނާގެ ޖަމަލު ހޯދަން ނިކުތްފަހުން އެއްރެއަކު އޭނާގެ އަނބި ދަރީން ނިދާފައި ތިއްބާ، ވަރުގަދަ ޠޫފާނެއް އައިސް، ވަރަށް ބޯކޮށް ވާރޭވެހުނެވެ. އެ ކަމުގެ ސަބަބުން ވާދީ ތެރޭގައި ވަރުގަދަ ސައިލެއް އުފެދުނެވެ. އެ ސައިލު ވަރަށް ބާރަށް ދެމެމުންދިޔަ އެވެ. ފަރުބަދަތަކުގެ ބޮޑެތި ހިލަތައް ވެސް އޭގެ ވަރުގަދަ އޮއިވަރުގައި ދަމަމުން ގެންދިޔައީ، ކުދިކުދި ވެލިފުއްތަކެއް ހެންނެވެ. ކުއްލިއަކަށް އައި އެ ޠޫފާނުގެ ތެރޭގައި، މަހުޖަނުގެ ގެދޮރާއި މުދަލާއި އަނބި ދަރީންނާއި އޭނާގެ މިލްކުގައިވާ ހުރިހައި އެއްޗެއް ހަލާކުވެގެންދިޔަ އެވެ. އިއްޔެ އެ މީހުން އުފަލާއި އަރާމުގައި ދިރިއުޅުނު ބިމަކީ، ދުވަހަކު ވެސް ބަޔަކު ދިރިއުޅެފައިނުވާ ފަދަ ފަޅު ތަނަކަށް ވެގެންދިޔަ އެވެ.

މަހުޖަނު އޭނާ ހޯދަންދިޔަ ޖަމަލާއިގެން އޭނާގެ ގެދޮރަށް އެނބުރި ދިޔައިރު، މުޅި އެ ސަރަޙައްދު ވަނީ ޚަރާބުވެފަ އެވެ. އެ ތަން ވަނީ ފަޅު ސަރަޙައްދަކަށް ބަދަލުވެފަ އެވެ. އެއީ ދުވަހަކު ވެސް ބަޔަކު ދިރިއުޅުނު ސަރަޙައްދެއް ކަމުގެ ހިލަމެއް ވެސް އެތާކު ނެތެވެ. މަހުޖަނުގެ އަނބި ދަރީންނާއި މުދަލާއި ގެދޮރާއި އޭނާގެ މިލްކިއްޔާތުގެ ތެރެއިން އެއްވެސް އެއްޗެއް އެ ތަނުން ނުފެނުމުން، އޭނާ ވަރަށް ބޮޑަށް ދެރަވި އެވެ. ލައިގެން ހުރި ފޭރާން ފިޔަވައި، އުނުއޮރިޔާން ނިވާކުރާނެ އެއްޗެއް ވެސް އޭނާގެ އަތަކު ނެތެވެ. އޭނާއަށް ކުރިމަތިވި މި ބޮޑު މުޞީބާތުގެ ހިތާމައިގައި ގޮތް ހުސްވެފައި ހުއްޓާ، މުޞީބާތުގެ މައްޗަށް މުޞީބާތް އިތުރުވި އެވެ. އޭނާގެ ޖަމަލު އެސޮރުގެ ނިގުލުން ޖެހި ވަރުގަދަ އެތިފަހަރަކުން އޭނާގެ ދެލޯ ކަނުކޮށްލުމުންނެވެ!

ދެންފަހެ، އޭނާ އެ ފަޅު ތާނގައި، ދާނެ ނުދާނެ ވަކި ތަނެއް ނޭނގި ހުރެ، މާތް ﷲ ގެ ރަޙުމަތްފުޅަށް އުންމީދުކުރި އެވެ. އަދި ކޮންމެވެސް މީހަކު އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދިނުން އެދި އާދޭހުގެ އަޑު އުފުލި އެވެ. އޭނާ އެ ޙާލުގައި ހުއްޓައި، ދަތުރުކުރަމުންދިޔަ ޢައުރާބީއަކަށް ފެނުނެވެ. (ޢައުރާބީ އަކީ، ޢަރަބީންގެ ރަށްފުށު މީހާ އެވެ.) ދެން އެ އަޢުރާބީ، އޭނާ ގޮވައިގެން ދިމަޝްޤަށް ދިޔަ އެވެ. އޭނާއަށް ބައިތުލްމާލުން މަދަދު ހޯދައިދިނުމުގެ ނިޔަތުގައި، އޭރު ހުންނެވި ޚަލީފާ އަލްވަލީދު ބްނު ޢަބްދުލްމަލިކުގެ އަރިއަހަށް އޭނާ ގޮވައިގެންދިޔަ އެވެ. އަދި އޭނާއަށާއި އޭނާގެ އަހުލުންނަށް ކުރިމަތިވި މުޞީބާތުގެ ވާހަކަ، ޚަލީފާގެ އަރިއަހުގައި ދެންނެވި އެވެ. އެހިނދު، ޚަލީފާ އޭނާއާމެދު ސަހަރޯވެރިވެވަޑައިގެން އެއްސެވި އެވެ.

"ތިޔަ ކުރިމަތިވި މުޞީބާތުން ނަޖާވިއިރު، ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟"

އޭނާ ދެންނެވި އެވެ.

"ތިމަންގެ ޙާލު ރަނގަޅެވެ! މާތް ﷲ ގެ މިންވަރުފުޅާމެދު ރުހިގެން ވަމެވެ!"

ޙާލުގައި ޖެހިފައިވާ މީހާ މިހެން ދެންނެވުމުން، މާތް ﷲ ގެ މިންވަރުފުޅަށާއި، އެކަލާނގެ ރަޙުމަތްފުޅަށް އޭނާ އީމާންވާ ވަރުގެ ބޮޑުކަން، ޚަލީފާއަށް އެނގިވަޑައިގަތެވެ. ފުރިހަމަ މުސްލިމުންގެ ގޮތަކީ، އެއީ އެވެ. ޚަލީފާގެ އަރިއަހުގައި އޭނާ ދެންނެވި އެ ބަހަކީ، ކަންކަމާމެދު ފިކުރުބޮޑުވާ މީހުންނަށް އޮތް ޢިބްރަތެކެވެ. ހާސްވާ މީހުންނަށް އޮތް ޙިކުމަތެކެވެ. މާޔޫސްވާ މީހުންނަށް އޮތް ނަސޭހަތެކެވެ. ހުރިހައި ކަމެއްމެ ހިނގަމުންދާނީ، ކަށަކުޅަދުންވަންތަ މާތް ﷲ މިންވަރުކުރައްވައި އިރާދަކުރައްވާފައިވާ ގޮތަށެވެ. ތިމާގެ ޙާލަތާމެދު ހިތްހަމަޖެހުން ޙާޞިލުކުރުމަށްޓަކައި އީމާންވާންޖެހޭ ޙަޤީޤަތަކީ އެއީ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox