މެސީ ޕީއެސްޖީ އަށް، ނޭމާ މަރުހަބާ ކިޔައިފި!

Aug 10, 2021, 4:45 PM
މެސީ ޕީއެސްޖީގެ ހެޑްކުއާޓަރުގައި: މިއީ ޕީއެސްޖީ އަކީ މެސީގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ދެ ވަނަ ކްލަބް.-- ފޮޓޯ: އޭއެފްޕީ

މެސީ ޕީއެސްޖީގެ ހެޑްކުއާޓަރުގައި: މިއީ ޕީއެސްޖީ އަކީ މެސީގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ދެ ވަނަ ކްލަބް.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 10) - ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ ލިއޮނަލް މެސީގެ ސޮއި ހޯދިކަން ޕީއެސްޖީން ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިން ޕީއެސްޖީ ބްރެޒިލްގެ ތަރި ނޭމާ އޭނާ އެކުވެރިޔާ މެސީ އަށް މަރުހަބާ ކިޔައިފި އެވެ.

އުމުރުން 34 އަހަރުގެ މެސީ ޕީއެސްޖީ އަށް ބަދަލުވިކަން ރަސްމީކޮށް އެ ޓީމުން ވަނީ މިރޭ މީޑިއާ އަށް އާންމުކޮށްފަ އެވެ. އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ލިބޭނެ އެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި މެސީ ޕީއެސްޖީއާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާއިރު، އެ ޓީމަށް ކުޅޭ ކޮންމެ އަހަރަކަށް ވެސް 25 މިލިއަން ޕައުންޑް (34 މިިލިއަން ޑޮލަރު) ދޭނެ އެވެ. މިއީ ޓެކްސްގެ ބައި ފުރިހަަމަ ކުރުމަށް ފަހު މެސީ އަށް ލިބޭނެ މުސާރަ އެވެ.

މިދިޔަ ހަފްތާ އިން ފެށިގެން ނޭމާ އަންނަނީ ޕީއެސްޖީގެ ކުޅުންތެރިންނާއި ބްރެޒިލްގައި ދިރިއުޅޭ އޭނާގެ ގާތް މީހުންގެ ގާތުގައި މެސީ ޕީއެސްޖީ އަށް ސޮއިކުރާނެ ކަމަށް ބުނަމުންނެވެ. ލަލީގާ ގަވާއިދުތަކުގެ ސަބަބުން ބާސެލޯނާއާ އެކު މެސީ އަށް އާ ކޮންޓްރެކްޓެއްގައި ސޮއި ނުކުރެވޭނެކަން ޔަގީންވި ހިސާބުން ނޭމާ ވަނީ މެސީ އަށް މެސެޖްކޮށް ޕީއެސްޖީ އަށް އަންނަން ދައުވަތު ދީފަ އެވެ. މެސީ މިހާރު ޕީއެސްޖީ އަށް ބަދަލުވެފައިވާއިރު، ނޭމާ ވަނީ މެސީއާ އެއް ޓީމަކަށް އަލުން ކުޅެލަން ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެހެންވެ، އެ އުފަލުގައި ޕީއެސްޖީ އަށް ވުރެ ކުރިން ނޭމާ ވަނީ އެ ޑީލް ނިމިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ބާސެލޯނާގެ މެޗެއްގެ ތެރެއިން ނޭމާ (ކ) އާއި މެސީ.-- ފޮޓޯ: އޭއެފްޕީ

މެސީ އާއި ނޭމާ ވަނީ މީގެ ކުރިން ބާސެލޯނާ އަށް އެއްކޮށް ކުޅުނުއިރު، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން މި ދެ ކުޅުންތެރިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ތަށްޓެއް އުފުލާލީ ވެސް އެކުގައި ބާސެލޯނާ އަށް ކުޅުނުއިރު އެވެ. އެއީ 2015 ވަނަ އަހަރު އެވެ.

ނޭމާ ވަނީ 2017 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. އޭގެ ފަހުން މެސީއާ އެއް ޓީމަށް އަލުން ކުޅެން ބޭނުންވާތީ އަލުން ބާސެލޯނާ އަށް ދާން ވެސް ނޭމާ މަސައްކަތްކުރި އެވެ. އަލުން ބާސެލޯނާ އަށް ނޭމާ ވިއްކާލަން ޕީއެސްޖީން ކިޔާ ފީ އަގުބޮޑުވުމުން އެ ޓްރާންސްފާ ކުރިއަށް ނުދިޔަ އެވެ. އެންމެ ފަހުން މެސީއާ އެއް ޓީމަށް ކުޅެން ނޭމާ ކުރަމުންދިޔަ އުއްމީދުތައް ހާސިލްމިވީ ޕީއެސްޖީގަ އެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، އެ ޓީމުގައި މެސީ ބޭނުންކުރާނީ ބާސެލޯނާ އާއި އާޖެންޓީނާގައި އޭނާ ކުރިން ބޭނުންކުރި 19 ނަމްބަރު ޖޯޒީ އެވެ. މީގެ ކުރިން ބްރެޒިލްގެ މީޑިއާގައި ރިޕޯޓްކުރި ގޮތުގައި ނޭމާ ވަނީ މެސީ ބޭނުންނަމަ ޕީއެސްޖީގެ 10 ނަމްބަރު ޖޯޒީ ދޭން ހުށަހަޅައިފަ އެވެ. އެކަމަކު، މެސީ އެ ގޮތް ބޭނުމެއްނުވި އެވެ.

މެސީ ޕެރިހުގެ އެއާޕޯޓްގައި: އޭނާ ޕީއެސްޖީއާ ގުޅޭނެކަން ވަނީ ކަށަވަރުވެފައި.-- ފޮޓޯ: އޭއެފްޕީ

ޕެރިސް އެއާޕޯޓަށް މެސީގެ ޖެޓް ޖެއްސި ހިސާބުން ދުނިޔޭގެ ހުރިހާ ބޮޑެތި މީޑިއާތަކުގައި މެސީގެ ފޮޓޯތައް ދައުރުވާން ފެށި އެވެ. އޭރު، ޕެރިހުގެ އެއާޕޯޓްގައި ތިބި ޕީއެސްޖީ ސަޕޯޓަރުންނާއި ޕީއެސްޖީގެ ސްޓޭޑިއަމް ބޭރުގައި ތިބި ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރަމުން ދިޔަ އެވެ. އިއްޔެ އިން ފެށިގެން އެކި ވަގުތުތަކުގައި ޕީއެސްޖީ ސަޕޯޓަރުން ތިބީ މެސީގެ އިންތިޒާރުގައި އެއާޕޯޓާއި ސްޓޭޑިއަމް ބޭރަށް ގޮސް ގޮހެވެ.

ޕެރިހުގެ އެއާޕޯޓްގައި ހުރެ ފްރާންސްގެ ނޫސްތަކަށް މެސީގެ އޭޖެންޓް އަދި ބައްޕަ ޖޯޖް މެސީ ދިން އިންޓަވިއުއެއްގައި ބުނީ މެސީ ޕީއެސްޖީ އަށް ސޮއިކުރުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

މެސީ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރުން ޝެޑިއުލްކޮށްފައިވަނީ މާދަމާ އެވެ. މެސީގެ ޓްރާންސްފާ އިއުލާނުކުރަން އެއިފިލް ޓަވަރު ދިއްލާލުމުގެ އިންތިޒާމް ވެސް ޕީއެސްޖީން ވަނީ ހަަމަޖައްސައިފަ އެވެ.

ފްރާންސާއި އަރަބި ގައުމުތަކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ ޕީއެސްޖީ އަށް ބަދަލުވާނެކަން ރަސްމީވުމާ އެކު ކުރިއަށް އޮތް ސީޒަނުގެ ޕީއެސްޖީގެ ޖޯޒީގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox