ޓީޗަރުންގެ މުސާރަ އަންނަ އަހަރު ބޮޑުކޮށްދޭނަން: ރައީސް

ރައީސް ސޯލިހް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ އެކު: ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ސްކޫލްތަކުން ކުރި މަސައްކަތް ރައީސް ފާހަގަކުރެއްވި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައީސް ސޯލިހް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ އެކު: ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ސްކޫލްތަކުން ކުރި މަސައްކަތް ރައީސް ފާހަގަކުރެއްވި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދެއްވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ތަހުނިޔާ ދަރިވަރުންނާއި ޓީޗަރުން އަދި މުޅި ތައުލީމީ ދާއިރާ އަށް ފޮނުއްވައި ދެއްކެވި ވާހަކަފުޅުގައި, ކޮވިޑުގެ ދަތި ދޮޅު އަހަރުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުމަށް ތައުލީމީ ދާއިރާ އިން ކޮށްދިން މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމީ ނިޒާމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވުނީ ތައުލީމީ ދާއިރާގެ ބުރަ މަސައްކަތްތަކުން ކަމަށެވެ. އޭގެ ތެރޭގައި ޓީޗަރުން ކޮށްދެއްވި އަގު ނުކުރެވޭ މަސައްކަތާއި ދަރިވަރުންނަށްޓަކައި ހޭދަކުރައްވި ވަގުތު ރައީސް ފާހަގަކުރެއްވި އެވެ.

މި ވަގުތާއި މަސައްކަތްތަކާއި އެކަށީގެންވާ މުސާރަ އާއި އިނާޔަތްތަކެއް ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ.

ރަށްރަށުގައި ބައެއް މާއްދާތައް ކިޔަވައިދޭން ދިވެހި ޓީޗަރުން ނުލިބޭ މައްސަލަ ހައްލުކުރަން, ރައީސް ވިދާޅުވި ގޮތުގައި, އެލަވަންސެއް ހަމަޖައްސައިގެން ވެސް ފުރުސަތު ތަނަވަސްކޮށްދެއްވަން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓީޗަރުން ގެންދަވަނީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށްވާ މީހުން ބިނާކޮށްދިނުމުގެ އަމަލީ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވަމުންނެވެ. ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރެވޭނެތީވެ ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަކީ ބޭނުންތެރި ކަމެއް ކަަމަށް ވިދާޅުވި އެވެ.

މިވަގުތު ދިމާވެފައިވާ ބޮޑު ދެ މައްސަލައިގެ ގޮތުގައި އޮތް ހަރުކަށި ފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމްގެ ތެރެއިން ކަން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ދަރިވަރުން ސްކޫލަށް ގެންދިޔައަސް ކޮވިޑުން މުޅިން ފިލައިގެން ދިޔައީ ކަމަށް ނިންމައިގެން ނުވާނެ އެވެ. ދަރިވަރުންގެ ރައްކާތެރި ކަމަށް އިސްކަން ދެއްވަން އިލްތިމާސްކުރެއްވި އެވެ.

އެއާއެކު އާއްމު ހާލަތަށް ރުޖޫއަވެވޭނީ ކޮވިޑް ވެކްސިން ޖަހައިގެން ކަމަށްވާތީ އެއްބާރުލުންދީ އެންމެން ވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރަން އެދިވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox