މޫސުމީ ބަދަލުގެ ނުރައްކާ ބޮޑު ގައުމުތަކުން ގޮވާލީ "މުސްތަގްބަލް ސަލާމަތް ކުރުމަށް"!

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށަށް ރާޅު ޖަހަނީ.-- ފޮޓޯ: މުހާ/ ދަ ގާޑިއަން

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށަށް ރާޅު ޖަހަނީ.-- ފޮޓޯ: މުހާ/ ދަ ގާޑިއަން

ނިއު ޔޯކް، އެމެރިކާ (އޯގަސްޓު 10) - މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރުގެ ނުރައްކާ އެންމެ ބޮޑު ކުދި ޖަޒީރާ ގައުމުތަކުން އދ. އިން ހޯމަ ދުވަހު އާއްމު ކުރި ރިޕޯޓުގެ ހޯދުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ގައުމުތަކުގެ "މުސްތަގްބަލް ސަލާމަތް ކުރުމަށް" ދުނިޔެއަށް ގޮވާލައިފި އެވެ.

އިންޓަގަވަމެންޓަލް ޕެނެލް އޮން ކްލައިމެޓް ޗޭންޖްގެ ވޯކިން ގްރޫޕުގެ ރިޕޯޓުގައި ބުނީ ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް ދުނިޔެ ހޫނުވަމުންދާ ކަމަށާއި އޭގެ ސަބަބުން މި ގަރުނު ނިމޭއިރު ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށެވެ. އަދި ކުރިން ކޮންމެ 100 އަހަރަކުން ދިމާވާ ތިމާވެށީގެ ކާރިސާތައް އަހަރަކު އެއް ފަހަރު ދިމާވެދާނެ ކަމަށެވެ.

އެންޓީގުއާ އާއި ބާބޭޑޯސްގެ ސަފީރު އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓް (އެއޯސިސް) ގެ ލީޑް ކްލައިމެޓް ނެގޯޝީއޭޓަރު ޑަޔޭން ބްލެކް ލައިން ވިދާޅުވީ ރިޕޯޓުގައި ލަފާކޮށްފައިވާ ކަންކަން ދިމާވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

"މިއަދު ފެންނަން އޮތް ހަގީގަތަކީ 1.5 ޑިގްރީ ސެލްސިއަސް އަށް ދުނިޔެ ހޫނުވަމުންދާ ކަން އަދި ކަނޑުގެ ލޮނުގަނޑު 0.5 މީޓަރަށް އުފުލެމުންދާ ކަން. އެކަމަކު ދުނިޔެ ހޫނުވުން ދެ ޑިގްރީ ސެލްސިއަސް އަށް އެރިޔަ ނުދީ ހިފަހައްޓައިފި ނަމަ ކުރިމަގުގައި ލޮނުގަނޑު ތިން މީޓަރަށް ނާރާ އޮވެދާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ހިމެނޭ ގޮތަށް އެއޯސިސްގައި 30 މެމްބަރު ގައުމު އޮވެ އެވެ. އެ ގައުމުތަކުގެ ތެރެއިން ދިވެހި ރާއްޖެ އަކީ އެންމެ ބިން ތިރި އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމެވެ.

އެއޯސިސް އިން ބުނީ ގައުމުތަކުން 2015 ވަނަ އަހަރު ސޮއިކުރި ޕެރިސް އެއްބަސްވުމާ އެއް ގޮތަށް ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދިނުމަށް ގައުމުތަކަށް މަސައްކަތް ކުރަން މަޖުބޫރުވެފައިވާ ކަން ރިޕޯޓުން އެނގޭ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ބެލެވެނީ 2030 ގަ އެވެ. އެއީ މީގެ ތިން އަހަރު ކުރިން އަންދާޒާ ކުރި ވަރަށް ވުރެ 10 އަހަރު އަވަހެވެ.

ރިޕޯޓުގައި ބުނެފައި ވަނީ އެ މިންވަރަށް ދުނިޔެ ހޫނުވުމުން އިންސާނުންނަށް ނުރައްކާ އެބަ އޮތް ކަމަށެވެ. އެގޮތުން އާދަޔާ ހިލާފު މޫސުމީ ކާރިސާތައް ދިމާވުން އިތުރުވާނެ ކަމަށާއި ގުދުރަތީ ގޮތުން އަލިފާން ރޯވުމާއި، ތޫފާންތަކާއި، ވާރޭނުވެހުން އަދި ފެންބޮޑުވުން ފަދަ ކަންކަން ގިނަ ވާނެ ކަމުގެ އިންޒާރު ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox