ދައުވާނުކުރަން ޕީޖީން ނިންމި ކަމަށް މަހްލޫފް ވިދާޅުވި ވާހަކަ ދޮގުކޮށްފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: މިނިސްޓަރު މަހުލޫފް ކުރައްވާ ތުހުމަތުތައް ޕީޖީން ދޮގު ކުރޭ-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: މިނިސްޓަރު މަހުލޫފް ކުރައްވާ ތުހުމަތުތައް ޕީޖީން ދޮގު ކުރޭ-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުގެ މައްސަލަ ބަލާ ޓީމުން ނިންމުމުން ނުފޫޒު ފޯރުވުމުގެ ގޮތުން އެ މައްސަލަ އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ތުހުމަތު ޕީޖީ އޮފީހުން ދޮގުކޮށްފި އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައިދޭން އެދުނީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގަށް ފަހު އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ މަހްލޫފް ރޭ ވިދާޅުވީ ޕީޖީ އޮފީހުގައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ނަގާފައި އޮތް ކޮމިޓީން ނިންމީ އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ ނިންމުމާ އެކު އެ ކޮމިޓީގެ އަތުން މައްސަލަ އަތުލާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ތުހުމަތާ ގުޅޭގޮތުން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "އަދަދު" އަށް މިއަދު ވިދާޅުވި ގޮތުގައި، މަހުލޫފްގެ މައްޗަށް ދައުވާ ނުކުރަން ނުނިންމާ ކަމަށާއި އަދި އެ މައްސަލަ ބަލާ ވަކީލުން ވެސް ބަދަލު ނުވާ ކަމަށެވެ.

"މައްސަލަ ކުރިއަށް ގެންދެވެނީ ޕްރޮސިކިއުޝަން އިން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް،" ޝަފީއު ވިދާޅުވި އެވެ.

މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ ދައުވާ އުފުލައިފި ނަމަ އޭނާ މަގާމުުން ދުރަށް ވަޑައިގަންނަވާނެ ކަަމަށެވެ. އެކަމަކު އެގޮތަށް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ސަބަބެއް މިހާރު ނެތް ކަމަށް ރޭ ވިދާޅުވި އެވެ.

"ކުރިން ނިންމައިގެން ހުރީ ޕީޖީ އޮފީހުން ގޮތެއް ނިންމީމާ އިސްތިއުފާ ދޭން. އެކަމަކު މިހާ ގޯސްކޮށް ޕީޖީ އޮފީސް ތެރެއިން ވެސް ކަންކަން ކުރިއަށް ދާތީ, ދައުވާ ކުރިއަސް ދެން އަޅުގަނޑު އިސްތިއުފާ ދިނުމާ މެދު އިތުރަށް ވިސްނާނަން," މަހްލޫފް ވިދާޅުވި އެވެ.

"ހަޑިކޮށް އެއްބަޔަކު ކުޅޭއިރު އެހާ ފަސޭހަކޮށް މަގުކޮށާދޭކަށް ނެތިން."

މަހްލޫފް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން މަތިކޮށްފައިވާ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕީޖީ އޮފީހުން އަމިއްލައަށް ހަދައިގެން ތިބި އުސޫލްތަކާ އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ކުރިއަށް ގެންދާ ނަމަ މަގާމުގައި ނުހުންނަވާނެ އެވެ.

އެކަމަކު ގޯސްތަކެއް ހެދުމުން ނިންމެވުން ބަދަލުކުރައްވާފައިވާތީ ދެން ގޮތެއް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަަމަށް ވިދާޅުވި އެވެ.

މަހްލޫފްގެ މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް އެންމެ ފަހުން ވިދާޅުވެފައި ވަނީ މެއި ހަ ވަނަ ދުވަހުގެ ޓެރަރިސްޓު ހަމަލާއާ ގުޅިގެން މި ވަގުތު ފޯކަސްގައި އެކަން ނެތް ކަމަށާއި އެކަމަކު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖޫން 9 ވަނަ ދުވަހު އެވެ. އަދި އެ ދުވަހުން ފެށިގެން ރައީސް ވަނީ މަހުލޫފު ވަޒީފާ އިން ސަސްޕެންޑް ކުރައްވައިފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox