މަކުނުދޫ އިން "ފަސް ޖީލު" ގެ ފޮޓޯ ގަނޑެއް

މަކުނުދޫ އިން "ފަސް ޖީލު" ގެ ފޮޓޯ ގަނޑެއް

ފޮޓޯ އިން ތި ފެންނަނީ ހދ. މަކުނުދޫ ގުލްއަލާގޭ އާއިޝަތު ހަސަން (ހިކިދޮން އައިސަ) އެވެ. އުމުރުން މިހާރު 86 އަހަރުގެ އައިސަ އަކީ މަކުނުދޫގެ އެންމެ ދުވަސްވީ އެކެކެވެ. އޭނާގެ އުފަން ނުވަ ދަރިންނަށް ލިބުނު 40 މާމަ ދަރިންނާއި އެ ސާޅީސް ދަރިންނަށް ލިބުނު 74 މުނިމާމަ ކިޔާ ކުދިންނާއި މި ފަހުން ލިބުނު ހޫރު މާމަ ކިޔާ ދެ ކުދިންނާ އެކު ހިކިދޮން އައިސަގެ ޖުމްލަ 125 ދަރިން އެބަ ތިއްބެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ 124 ދަރިންނެވެ.

ހިކިދޮން އައިސަ އަދި ވެސް މަސައްކަތްކުރެ އެވެ. ބޮނބި ތެޅުމާއި، ރޯނުވެށުމާއި، މަދުފެޅުން ފަދަ ގިނަ މަސައްކަތްތަކެއް އަދި ވެސް ކޮށް އުޅެ އެވެ. އޭނާގެ މުރާލި ދިރިއުޅުމާއި އުމުރާއި ނުބައްދަލު ރޫފަ އާއި ރީތި ކަމަކީ ރަށުގެ މީހުން ދައްކައި އުޅޭ ވާހަކަ އެކެވެ.

Advertisement
ހިކި ދޮން އައިސަ އޭނާގެ ހަތަރު ޖީލުިގެ ދަރިންނާ އެކު: ވާސި ފޮޓޯސް
ހިކި ދޮން އައިސަ އޭނާގެ ހަތަރު ޖީލުިގެ ދަރިންނާ އެކު: ވާސި ފޮޓޯސް

ހިކި ދޮން އައިސަ އޭނާގެ ހަތަރު ޖީލުިގެ ދަރިންނާ އެކު: ވާސި ފޮޓޯސް

މަކުނުދޫ އަށް ނިސްބަތްވާ ފޭސްބުކް ޕޭޖް، "ވާސި ފޮޓޯސް" އިން އިއްޔެ މި ފޮޓޯތައް ހިއްސާކުރުމާ އެކު އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ލިބުނެވެ.

ވާސި ފޮޓޯ އަކީ، މަކުނުދޫ ސްކޫލުގެ ލީޑިން ޓީޗަރު މުހައްމަދު ވާސިފް، އަމިއްލަ ޝައުގުވެރިކަމުގައި ނަގާ ރީތި ފޮޓޯ ތައް ހިއްސާކުރުމަށް ހިންގާ ސޯސަލް މީޑިއާ ޕޭޖެވެ.

ހިކި ދޮން އައިސަގެ ފޮޓޯ ޝޫޓަކީ އައިސަގެ އާއިލާގެ މީހުންގެ އެދުމަށް ވާސިފް ނަގައި ދިން ޝޫޓެކެވެ. އެއީ އެ އާއިލާ އިން ކޮންމެހެން އައިސަގެ ރީތި ފޮޓޯތަކެއް އޭނާއަށް ލިބިފައި ތިބި ހަތަރު ޖީލުގެ ދަރިންނާއެކު ނަގަން ބޭނުންވެގެން އެކަމަށް ނެގި ފޮޓޯތަކެކެވެ.

ވާސި ފޮޓޯސް
ވާސި ފޮޓޯސް

ވާސި ފޮޓޯސް

"އެ މާމަ އަކީ އަޅުގަނޑުމެން ސްކޫލުގެ ޓީޗަރެއްގެ ވެސް މުނި މާމަ. އެ ޓީޗަރާއި އާއިލާގެ ވެސް ވަރަށް ބޮޑު އެދުމަކަށް ވީ ހުރިހާ ދަރިން އެއްތަން ނުވިޔަސް، ފަސް ޖީލު ފެންނަ ރީތި ފޮޓޯ ތަކެއް ފަހަށް ރައްކާކުރަން ނެގުމަކީ. އެގޮތުން ނެގި ފޮޓޯތަކެއް މިއީ." ވާސިފް ބުންޏެވެ.

ހިކިދޮން އައިސް އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ޔަސްފާ އަބްދުލް ޣަނީގެ ވެސް މާމަ އެވެ.

ވާސިފް ސަރ؛ ހަމައެކަނި ފޮޓޯގްރަފީ އެއްނޫން، ރައްކާކުރަނީ ފަހުގެ ޖީލަށް ހަނދާންތަކެއް!

ވާސިފްގެ ފޮޓޯ ނެގުމުގެ މި ޝައުގުވެރިކަމެއް ފެށިގެން އައީ 2008 ވަނަ އަހަރު މަކުނުދޫ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ އާ ގުޅުނު ހިސާބުންނެވެ. މީގެ އެތައް އަހަރެއް ކުރިން ސްކޫލުގައި ކިޔެވި ދަރިވަރުން ތަކެއްގެ ފޮޓޯތައް ފެނުނު ހިސާބުން އޭނާ ބޭނުންވީ އެފަދަ މިހާރު ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ އެފަދަ ފޮޓޯތަކެއް ނަގައިގެން ފަހަށް ފެންނަން ހުންނާނެ ގޮތަށް ފޮޓޯ އާކައިވް އެއް ހަދާށެވެ.

ވާސިފް ކުޑަ ކުއްޖަކު ލައްވައި ފޮޓޯ އެއް ނަގުވަނީ: އޭނާ ގެ އަޒުމަކީ ސްކޫލު ކުދިންގެ ވީހާވެސް ގިނަ ހަނދާންތަކެއް ފެންނަ ގޮތަށް ފަހަށް ރައްކާކުރުން
ވާސިފް ކުޑަ ކުއްޖަކު ލައްވައި ފޮޓޯ އެއް ނަގުވަނީ: އޭނާ ގެ އަޒުމަކީ ސްކޫލު ކުދިންގެ ވީހާވެސް ގިނަ ހަނދާންތަކެއް ފެންނަ ގޮތަށް ފަހަށް ރައްކާކުރުން

ވާސިފް ކުޑަ ކުއްޖަކު ލައްވައި ފޮޓޯ އެއް ނަގުވަނީ: އޭނާ ގެ އަޒުމަކީ ސްކޫލު ކުދިންގެ ވީހާވެސް ގިނަ ހަނދާންތަކެއް ފެންނަ ގޮތަށް ފަހަށް ރައްކާކުރުން

"އޭރުއްސުރެ 2008 ގެ ބެޗުން ފެށިގެން އެކި ގްރޭޑް ތަކުގެ ފޮޓޯ އާއި ސްކޫލުގައި ބާއްވާ އެކި ހަރަކާތްތަކުގެ ފޮޓޯތައް ހުންނާނެ ނަގާފައި،" ވާސިފް ބުންޏެވެ.

"މީގެ ކުރިން ފޮޓޯ ނަގައި އުޅުނީ މުޅިން ވެސް ފޯނުން. އެކަމަކު މިހާރު، މި އަހަރު ތެރޭގައި ކެމެރާއެއް ވެސް ގަނެފިން."

އެންމެ ރީތި މަސައްކަތްތަކުގެ ތެރެއިން މަކުނުދޫ "އީދު ބޮނޑި"

"އީދުބޮނޑި" ފޮޓޯ ޝޫޓްގެ މަންޒަރެއް / ވާސި ފޮޓޯސް
"އީދުބޮނޑި" ފޮޓޯ ޝޫޓްގެ މަންޒަރެއް / ވާސި ފޮޓޯސް

"އީދުބޮނޑި" ފޮޓޯ ޝޫޓްގެ މަންޒަރެއް / ވާސި ފޮޓޯސް

"އީދު ބޮނޑި ޕްރޮޖެކްޓަކީ އީދާ ގުޅޭ ފޮޓޯކޮޅެއް ނަގަން ބޭނުންވެގެން އެވާހަކަ ބުނުމުން ސްކޫލުގެ ޓީޗަރަކު ދިން ހިޔާލަކަށް ބިނާކޮށް، ސްކޫލާ ވެސް ގުޅިގެން ކުރި ވަރަށް ބޮޑު މަސައްކަތެއް،"

އީދުގެ ފޮޓޯ ކޮޅެއް ނަގަން ކޮންމެހެން ބޭނުންވެގެން ފާޅުކުރި ޝުއޫރަށް އެކުގައި މަސައްކަތްކުރާ ޓީޗަރަކު ދިން ހިޔާލަކާ އެކު ސްކޫލުގެ އެހެން 10 ވަރަކަށް ޓީޗަރުންނާ އެކު ވާސިފް ހެދީ ގްރޫޕެކެވެ. ދެން އެ ގްރޫޕުގައި ތިބީ އެކަމަށް ޝައުގު ހުރި އާންމު ދެތިން މީހެކެވެ. ގްރޫޕް މަޝްވަރާ އަށް ފަހު މަކުނުދޫގެ އެންމެ ޒަމާންވީ "އީދު ބޮނޑި" ރަސަމް ވީހާ ވެސް އަސްލު ފެންނަ ގޮތަށް ފޮޓޯ ނަގަން ސްޓޯރީ އެއް ވެސް ތައްޔާރުކުރި އެވެ.

އެ ޝޫޓަށް ސްޓޯރީ ތައްޔާރުކުރީ ރަށު ސްކޫލުގެ ދިވެހި ޓީޗަރެވެ.

"އީދުބޮނޑި" ފޮޓޯ ޝޫޓްގެ މަންޒަރެއް / ވާސި ފޮޓޯސް
"އީދުބޮނޑި" ފޮޓޯ ޝޫޓްގެ މަންޒަރެއް / ވާސި ފޮޓޯސް

"އީދުބޮނޑި" ފޮޓޯ ޝޫޓްގެ މަންޒަރެއް / ވާސި ފޮޓޯސް

ޖުމްލަ 18 ފޮޓޯ އިން ކިޔައިދީފައި އެވަނީ ކާބަފައިންނާ ހަމައިން ފެށިގެން މަކުނުދޫގައި އީދު ބޮނޑި ހެދުމުގެ ރަސަމް ފެށިގެން އަސްލު އެކަން ކުރިއަށް ދާގޮތެވެ.

އެ ޝޫޓަށް ސްޓޯރީ ލިޔެދީފައި ވަނީ މަކުނުދޫ ސްކޫލުގެ ދިވެހި ޓީޗަރެވެ.

"އަޅުގަނޑުމެން ގްރޫޕެއް ހެދީ ގާތްގަނޑަކަށް ދިހަ ވަރަކަށް ޓީޗަރުން ތިބި. ދެން ސްކޫލުގެ އޭރުގެ ގްރޭޑް ދިހައެއްގެ ކުދިން އެތިބީ އެއަށް ޝޫޓްކޮށްފަ މުޅިން ވެސް. ބޮނޑި ހެދުމަކީ މަކުނުދޫގެ ވަރަށް ޒަމާންވީ ސަގާފަތެއްގެ ތެރެއިން އައިސްފައި އޮތް ކަމެއް. އެހެންވީމަ އަޅުގަނޑުމެން ބޭނުންވީ ތަންކޮޅެއް ޑީޓެއިލްކޮށް އޭތި ގެނެސްދޭން،" ވާސިފް ބުންޏެވެ.

"އޭގެ ފަހުން ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން ތާރީހު ދައްކުވައިދޭ ފޮޓޯތަކެއް ނަގަން. އެކަމަކު އެފަހުން އެކި ކަންކަމާ ހެދި ނުވެފަ އޮތީ."

އެ ޝޫޓްގެ ފޮޓޯތައް ވެސް ނަގާފައި ވަނީ އައި ފޯނަކުންނެވެ.

"އީދު ބޮނޑި" ފޮޓޯ އަލްބަމް ވެސް ގިނަ ބަޔަކަށް ރީތި ވި އެވެ. އެއީ ވާސިފް ގެ ވެސް އެފަދަ ފުރަތަމަ މަސައްކަތަށް ވުމުން އެ ޕްރޮޖެކްޓް އޭނާ އަށް ވެސް ހާއްސަ އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox