އެ ކިލަނބުކަމަކީ ފުލުހުންގެ މާޒީ؛ މި ފެންނަނީ ބޭނުންވި ބަދަލު

ފުލުހުންތަކެއް ޑިއުޓީގައި: ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފަށައި ބޮޑެތި ބަދަލުތަކަކާ ދިމާލަށް މުއައްސަސާ ވަނީ މިސްރާބު ޖަހާފައި. ފޮޓޯ/އަދަދު

ފުލުހުންތަކެއް ޑިއުޓީގައި: ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފަށައި ބޮޑެތި ބަދަލުތަކަކާ ދިމާލަށް މުއައްސަސާ ވަނީ މިސްރާބު ޖަހާފައި. ފޮޓޯ/އަދަދު

ބަޣާވާތާއި އަނިޔާކުރުމާއި ސިޔާސީ ނުފޫޒުން ފުރިފައި ވުމާއި ކޮރަޕްޝަނާއި ގާނޫނީ ބާރު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ގިނަ ތުހުމަތެކެވެ. ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި އިހުމާލުވެފައި ވުމެވެ. ސިޔާސީ މަންފާ ވަކި ބަޔަކަށް ހޯދައިދޭން ހެކި އުފެއްދުމާއި، ތަހުގީގުތައް އޮޅުވާލައިގެން ދައުވާކުރަން މައްސަލަތައް ފޮނުވުމުގެ ފާޑުކިއުންތަކެވެ.

މި ތުހުމަތާއި ފާޑުކިއުމަށް ޖާގަ ލިބުނީ ބައެއް ފުލުހުން ހިންގި ގޯސްތަކާ ވެސް ހެދި އެވެ. މިކަމުން އަރައިގަނެވޭނެ ގޮތެއް ނެތި ފުލުހުންގެ ހިދުމަތް ވޭތުވެދިޔަ 13 އަހަރު އޮތީ "ކިލަނބުވެފަ" އެވެ. ރައްޔިތުންގެ އިތުބާރު އޮތީ ގެއްލިފަ އެވެ.

އެކަމަކު އެ ގޯސްތަކާ އެކު ކަންކަން ހިނގަމުން އައި ސަގާފަތަކީ މިހާރު އެ މުއައްސަސާގެ ދިގު މާޒީ އެވެ؛ އިސްލާހީ ބަދަލެއްގެ މުހިއްމު ފިޔަވަޅު އަޅައިފި އެވެ.

އެއީ، ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުގެ މަތިން، ހިދުމަތަށް ގާބިލް އެކަށީގެންވާ އޮފިސަރުންނާ އެކު ފުލުުހުންގެ އިސް ސަފު، ރުކުރުވާލުމެވެ. ފުލުހުންގެ ބޯޑުން ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަން ކަށަވަރުކޮށްފި އެވެ. އެކި ތުހުމަތުތައް އެޅިފައިވާ އިސް އޮފިސަރުންތަކެއް މަގާމުން ދުރުކުރަން ނިންމައިފި އެވެ. އެކަން ތަންފީޒުކުރުން ޕޮލިސް ކޮމިޝަނަރުގެ އަތްމައްޗަށް ދޫކޮށްލައިފި އެވެ.

އެއްފަހަރާ ހަތް އޮފިސަރަކު މަގާމުން ދުރުކުރަން ނިންމުން

ފުލުހުންގެ ލީޑަޝިޕުން އެއްފަރާތްކޮށްލީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފެވެ. މީގެ އިތުރުން ހިމެނެނީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

ފުލުހުންގެ ލީޑަޝިޕުން އެއްފަރާތްކުރި އޮފިސަރުން.

އެނގިފައިވާ ގޮތުގައި މީގެތެރެއިން ބައެއް އޮފިސަރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކޮށް ސަސްޕެންޑްކުރި އެވެ. ގާނޫނީ އިމުން ބޭރުވެ ކަންކަން ކުރެއްވި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެކަމަކު ތުހުމަތުތައް ދޮގު ނަމަ، ދިފާއުވާން މި ފުލުހުންނަށް އަދި ފުރުސަތު އެބައޮތެވެ.

ފުލުހުންގެ މުއައްސަސާގައި މިފަދަ ތުހުމަތު އެޅިފައިވާ އޮފިސަރުންތަކެއްގެ މައްސަލަ ބަލައި ސާބިތުވެއްޖެ ނަމަ ވަކިކުރުމަކީ ރައްޔިތުން ކިތަންމެ ބޭނުންވިޔަސް، މިއީ ޒަމާންވީ މުއައްސަސާ އިން ދުވަހަކު ވެސް ފެނުނު މަންޒަރެއް ނޫނެވެ.

ގާނޫނާ ހިލާފުވެ، ކިތަންމެ ބޮޑު ގޯހެއް ހެދިޔަސް އަދި ބޮޑެތި ތުހުމަތުތަކެއް އެޅިފައި ތިއްބަސް މަގާމުގައި ދެމިތިބެވެ އެވެ. ބާރާއި ނުފޫޒުން ސަލާމަތްކަން ވެސް ހޯދޭގޮތަށް ނިޒާމު ރޭވިފައި އޮތީމަ އެވެ. އެކަމަށް ޖަވާބުދާރީއެއް ވެސް ނުކުރެވެ އެވެ.

އާ ގާނޫނުން ހުޅުވިފައި މިއޮތީ، އާއްމުން ބޭނުންވާ ގޮތަށް ފުލުހުންގެ މުއައްސަސާ ހަރަކާތްތެރިވާނެ ގޮތްތަކެކެވެ. އިތުބާރު އުފެއްދުމެވެ. އަދި ފާރަވެރިވެ ޖަވާބުދާރީ ކުރުވާނެ ނިޒާމެކެވެ.

ޕޮލިސް ބޯޑުގެ ނިންމުން މިއައީ އެ މަގަށެވެ.

ފުލުހަކު ޑިއުޓީގައި: ގާނޫނު އޮތީ ފުލުހުންގެ ފަރާތުން ހިނގާ ގާނޫނާ ހިލާފު އަމަލުތަކަށް ޖަވާބުދާރީކުރުވޭ ގޮތަށް.

އެ ބޯޑުން އާއްމުކޮށްފައިވާ ބަޔާނުގައި ގާނޫނާ ހަވާލާދީ ބުނެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ. އެތަނުގައި ތިބީ ނަޒާހަތްތެރި އޮފިސަރުންތޯ ކަށަވަރުކޮށްފައިވާ ކަމުގެ ޔަގީންކަން ބޯޑުން ދެ އެވެ.

ގާނޫނުގައިވާ ގޮތުން އޮފިސަރުން މަގާމުން ވަކިކުރުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކުރަން ޖެހެ އެވެ. އޭގެ ތެރޭގައި، ތައުލީމީ ފެންވަރާއި އަދާކުރަމުން އަންނަ ދައުރާއި ހިދުމަތާއި ސުލޫކާއި މަސައްކަތުގެ އަހުލާގާއި ކޮށްފައިވާ ތުހުމަތުގެ ތަބީއަތާއި އެ މައްސަލައަކާ ގުޅިގެން ލިބެން ހުރި ހެއްކާއި ގަރީނާއަކަށް ވެސް ބަލަން ޖެހެ އެވެ.

ބޯޑުން ބަލާ މައްސަލައަކާ ގުޅިގެން މައުލޫމާތަށް އެދިއްޖެ ނަމަ، އެ އޮފިސަރަކާ ބެހޭ ހުރިހާ މައުލޫމާތެއް ފުލުހުން ފޯރުކޮށްދޭން ވެސް ޖެހެ އެވެ.

ގާނޫނުގައި ބުނާގޮތުގައި އޮފިސަރު މަގާމުގައި ނުބެހެއްޓުމަށް ޕޮލިސް ބޯޑުން ނިންމަން ވާނީ، ތުހުމަތު ކުރެވޭ މައްސަލައިގެ ތަބީއަތާއި ބާވަތަށް ބަލައި އެ މައްސަލައެއްގައި ކުރާ ތުހުމަތު މަދަނީ މިންގަނޑުން ބަލާއިރު ބޯޑަށް އެކަށީގެންވާ މިންވަރަށް ފެނުން ނުވަތަ އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގާބިލްކަން ނެތް ފަރާތެއް ކަމަށް ގަބޫލުކުރެވުމުންނެވެ.

ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހުމެއް އޮތް ނަމަ އިސްތިއުނާފްކުރުމުގެ ހައްގު ގާނޫނުން އޮތީ ދީފަ އެވެ.

ފެށުމެއް: ދެން އޮތީ ޒަމާނީ ބަދަލުތަކާއި އިތުބާރު

ފުލުހުންގެ ގާނޫނު އޮތީ، ފުލުހުން ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް އިސްކަންދީ، ތައުލީމާއި ތަމްރީނު ދީ، ވާޖިބު އަދާކުރުމުގައި ގާނޫނީ ބާރުވެރިކަން ވެސް ލިބިދޭ ގޮތަށެވެ. އެންމެ މުހިއްމު ބަދަލަކީ ޖަވާބުދާރީވާ އަދި ޖަވާބުދާރީ ކުރުވޭނެ ތަނަކަށް ހެދުމެވެ. ފުލުުހުންގެ ހިދުމަތް ލާމަރުކަޒުކުރުމާއި ފިރިހެން ފުލުހުންނާ އެއް ސަފަކަށް އަންހެން ފުލުހުންނަށް ދެވޭނެ ގޮތަށް ކަންކަން މަގުފަހިކުރުމެވެ.

ހޯމް މިނިސްޓަރު އިމްރާން އާއި ޕޮލިސް ކޮމިޝަނަރު ހަމީދު: ފުލުހުންގެ ހިދުމަތުން ހެޔޮ ބަދަލު ފެންނަމުންދާ ކަމަށް ވިދާޅުވި. -- ފޮޓޯ/ޕޮލިސް

މި ކަންކަމާ އެކު ފުލުހުންގެ ގާނޫނުގައި، ޒަމާނީ ބަދަލުތަކާ އެއްގޮތަށް އެ މުއައްސަސާގެ ހިދުމަތް ބައްޓަންކޮށް، އިސްލާހަށް ގިނަ މަގުތަކެއް ކޮށައިދީފައިވެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި، އާ ގާނޫނާ އެކު ފުލުހުންގެ ހިދުމަތަށް މިއިން ދުވަހަކު ވެސް އައިސްފައި ނުވާ ފަދަ ހެޔޮ ބަދަލުތައް ފެންނާނެ އެވެ.

ފުލުހުންގެ ހިދުމަތަށް ގެންނަ އިސްލާހީ ބަދަލުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން "އަދަދު" އަށް ވިދާޅުވީ، ކޮމިޝަނަރު ވެސް އެ ފާހަގަކުރައްވާ ހެޔޮ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި އެ މުއައްސަސާ އިން ފެންނަމުންދާ ކަމަށެވެ. އެ މުއައްސަސާ ބައްޓަންކުރެވި ހިންގަނީ ގާނޫނީ ބާރުތައް އެންމެ ފުރިހަމަ އަށް އަދާނުކުރެވިއްޖެ ނަމަ ޖަވާބުދާރީ ކުރުވޭ ގޮތަށް ކަމަށާއި އެއާއެކު ފުލުހުންނަށް ތަމްރީން ދިނުމާއި ވަސީލަތްތައް ހޯދައިދިނުން ވެސް އެކުއެކީގައި ހިނގާ ކަމަށް ވިދާޅުވި އެވެ.

އެ މުއައްސަސާގައި ނެތް ކަމަކީ, މިނިސްޓަރު ވިދާޅުވި ގޮތުގައި, ފުލުހުންގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމެވެ. ސަރުކާރުގެ ބާރު ދެމަހެއްޓުމާއި އަމިއްލަ މަސްލަހަތުތައް ކުރިއަށް ނެރުމަށް ފުލުހުންނަށް ގާނޫނާއި ހިލާފު ކަންކަން ނުކުރުވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޔަގީންކަމާ އެކު ވިދާޅުވަމުން އަންނަނީ ފުލުހުންގެ މުއައްސަސާ ހިނގަނީ ފުލުހުންނަށް ފުރިހަމަ އިހްތިޔާރާއި މިނިވަންކަން އޮވެގެން ކަމެވެ.

އޭނާ ވެސް ފާހަގަކުރެއްވި ގޮތުގައި އަނިޔާވެރި އަމަލެއް ފުލުހުންގެ ފަރާތުން ހިނގިއަސް ކުރިން އޮންނަނީ ޖަވާބުދާރީ ކުރުވޭ ގޮތަކަށް ނޫނެވެ. އެކަމަކު މިފަހުން އެކަން ވެސް ހިނގާ ކަމުގެ މިސާލެއްގެ ގޮތުން ޅ. ނައިފަރާއި ދޫނިދޫގައި ފުލުހުންގެ ފަރާތުން ހިނގައިދިޔަ ކަމެއްގައި ޒިންމާކުރުވާފައިވާ ކަމަށް ވިދާޅުވި އެވެ.

"މުއައްސަސާގެ ކަންކަން އަޅުގަނޑުމެން ގެންދަނީ ވަރަށް ބެލެންސްކޮށް, އެ ބޭފުޅުންނަށް ގާނޫނީ ޒިންމާގެ ފުރިހަމަ އިހްތިޔާރުދީ, ވަސީލަތްތައް ހޯދައިދީ, ޖަވާބުދާރީ ކުރުވުމުގެ އޮނިގަނޑު ވެސް ބައްޓަންކުރަމުން. މިކަން މިގޮތަށް ކުރެވުނީމަ ފުލުހުންނަށް ލިބިދޭ ހިތްހަމަޖެހުމަކާއި އިތުބާރެއް އޮންނާނެ. އަނެއްކޮޅުން ރައްޔިތުންގެ އިތުބާރު ވެސް ބޮޑުވާނެ," އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހާ އެކު ފުލުހުންގެ އިސްވެރިންނާއި ހޯމް މިނިސްޓަރު ހަފުލާއެއްގައި: ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވާ. -- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ އާއްމު ރައްޔިތުން ފުލުހުންނާ މެދު ކުރާ އިތުބާރު ބޮޑުވަމުން އަންނަ ކަމަށް ފުލުހުންގެ ބޯޑުން މައުލޫމާތު ދީފައިވާ ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ފުލުހުންނާ މެދު ދެކެމުން އައި ބަދަލުވަމުން އަންނަ ކަމަށް ބޯޑުން ބުނަނީ އާއްމުންގެ ފަރާތުން ލިބޭ ކޮމެންޓްސްތަކަށް ބަލައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެ އަހަރު ބައިގެ ތެރޭގައި ކުރެވުނު މަސައްކަތުން ވެސް އެ ބަދަލު އަންނަ ކަން އެބަ އިހްސާސް ކުރެވޭ," އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޯޑުގެ ޒިންމާތަކާއި އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނިމިގެން ދިއުމާ އެކު ވެސް ބޮޑެތި ބަދަލުތަކެއް ފެންނާނެ އެވެ.

"މި ކަހަލަ މަސައްކަތްތަކަކީ އަހަރެއް ދެ އަހަރެއްގެ ތެރޭގައި ނަތީޖާ ނެރެވޭނެ ކަމެއް ނޫން. އެކަމަކު އެ ތަސައްވުރަށް, ވިސްނުމަށް ބަދަލު އައުން, މިއީ އަޅުގަނޑު ހިތުން އެންމެން މި އުއްމީދުކުރާ ގޮތަކީ. އެކަމުގައި ފުލުހުންގެ ތެރޭގައި ވެސް ކަންކަން ބަލައިގަންނަނީ ވަރަށް ޕޮޒިޓިވްކޮށް," މިނިސްޓަރު ވިދާޅުވި އެވެ.

"ބަދަލު އަންނަކަން އެބަ ޔަގީންވޭ. ކުރިއަށް އޮތް ތަނުގައި އެ ބަދަލު ވަރަށް ބޮޑަށް ފެންނާނެ."

ގާނޫނުގެ މަގްސަދު ހާސިލްވާނީ މި ބަދަލުންނެވެ. އެއީ ރައްޔިތުން ބިރު ގަންނަ އިތުބާރު ނުކުރެވޭ މުއައްސަސާއެއް ކަމަށް ގެންގުޅޭ ވިސްނުމުގެ މައްޗަށް ކުރި ހޯދައި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ޝަރަފުވެރި ގަދަރުވެރި ފުލުހުންގެ ހިދުމަތެއް ބިނާކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox