މޫސުމީ ބަދަލާ ގުޅޭ އދ. ގެ ރިޕޯޓު ފެނި ގައުމުތައް ސިހިއްޖެ!

ގްރީސްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގްރީސްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (އޯގަސްޓު 9) - މޫސުމީ ބަދަލުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތު ބަޔާންކޮށް އދ. އިން ހޯމަ ދުވަހު އާއްމު ކުރި ރިޕޯޓާ އެކު ދުނިޔޭގެ ލީޑަރުންނާއި ތިމާވެށި އެކްޓިވިސްޓުން ކަންބޮޑުވުމާއި ހިތާމަ ފާޅުކޮށްފި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޑެޕިއުޓީ ކްލައިމެޓް ޗީފް، ފްރޭންސް ޓިމާމޭންސް ވިދާޅުވީ އިންޓަގަވަމެންޓަލް ޕެނެލް އޮން ކްލައިމެޓް ޗޭންޖްގެ ވޯކިން ގްރޫޕުގެ ރިޕޯޓުން އެނގުނީ "މޫސުމީ ބަދަލުގެ ނުރައްކާ ކުޑަ ކުރަން އަދި މާ ބޮޑަށް ވަގުތު ކުޑަތަން ނުވާ" ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން 2030 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ ފިިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް އިތުރުވާނެ އެވެ. އެއީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އަވަސް މުއްދަތެކެވެ.

ހިފެހެއްޓުމެއް ނެތި ހޫނުވަމުން ދާ ނަމަ ގަނޑުފެން ވިރި ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާ އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މޫސުމީ ކާރިސަތައް ދިމާވުން އަވަސްވެ، އޭގެ އަސަރު ވަރުގަދަވާނެ އެވެ. ކޮންމެ 100 އަހަރުން ދިމާވާ ކާރިސާތައް ގަރުނު ނިމޭއިރު އަހަރަކު އެއް ފަހަރު ދިމާވެދާނެ އެވެ.

ވިހަ ގޭސް ބޭރު ކުރުން މަދު ކުރި ނަމަވެސް ލޮނުގަނޑު އުފުލެމުން ދާނެ އެވެ. މިހާރު ކުރިއަށް ދާ ރޭޓުގައި ދާ ނަމަ ގަރުނު ނިމޭއިރު ދެ މީޓަރަށް އަދި 2150 ފަސް މީޓަރަށް ލޮނުގަނޑު އުފުލޭނެ އެވެ. އެންމެ ރަނގަޅު ހާލަތުގައި ވެސް 0.5 މީޓަރަށް އުފުލޭނެ ކަމަށް ރިޕޯޓުގައި ވެ އެވެ.

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ރިޕޯޓު ފެނިފައި "ހަމަ ބިމަށް ތިރިވެވިއްޖެ" ކަމަށެވެ. އދ. ގެ މޫސުމީ ބަދަލާ ގުޅޭ ކޮޕް26 ބައްދަލުވުން އަންނަ ނޮވެމްބަރު މަހު އޮންނާނީ އިނގިރޭސި ވިލާތުގަ އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މިއަދު އައިޕީސީސީން ނެރުނު ރިޕޯޓަކީ ދުނިޔެއިން މިހާރުން މިހާރަށް އަވަސް ފިޔަވަޅު އެޅުމަށް ނިދިން ހޭލައްވާލި ރަނގަބީލެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 3،500 ސަފްހާގެ ރިޕޯޓުން ޔަގީން ވަނީ މޫސުމީ ބަދަލުގެ ނުރައްކާ އެންމެ ބޮޑު ގައުމުތައް އޮތީ ނެތިދިޔުމުގެ ތުންފަތް މަތީގައި ކަމަށެވެ.

ގްލޯބަލް ޖަސްޓިސް ނައުގެ ހެޑް އޮފް ޕޮލިސީ ޑޮރޮތީ ގެރޭރޯ ވިދާޅުވީ އެ ރިޕޯޓަކީ އަވަސް ފިޔަވަޅު ނާޅައިފި ނަމަ ދުނިޔޭގެ މުސްތަގްބަލް އޮންނާނެ ގޮތުގެ ބިރުވެރިކަން ބުނެދޭ އިންޒާރެއް ކަމަށެވެ.

ގިނަ ލީޑަރުންނާއި އެކްޓިވިސްޓުން ސިފަ ކުރި ގޮތުގައި އައިޕީސީސީގެ ރިޕޯޓަކީ ތެޔޮ ނުވަތަ ފޮސިލް ފިޔުލް އަށް ބަރޯސާވެފައިވާ ދުނިޔޭގެ އިގްތިސާދު މުޅިން ބަދަލު ކުރަން ޖެހޭ ކަން އަންގައިދޭ އެންގުމެކެވެ.

ޒުވާން އެކްޓިވިސްޓް ގްރެޓާ ތަންބާގް ވިދާޅުވީ އެ ރިޕޯޓަކީ "ދުނިޔޭގެ ހާލަތުގެ ކުޑަ ހުލާސާއެއް" ކަމަށެވެ.

"އޭގެން އަހަރުމެން ކުރަންވީ ކަމެއް ބުނެ ނުދޭ،" އޭނާ ޓްވިޓާގައި ލިޔުނެވެ.

"ހިތްވަރު ގަދަކޮށް މި ރިޕޯޓުތަކުގައިވާ ސައިންސްގެ ހެކީގެ އަލީގައި އަމަލު ކުރުން އޮތީ އަހަރުމެންގެ އަތް މަތީގައި،" ފަސްދޮޅަސް ހަ ގައުމަކުން 234 ސައިންސްވެރިން ބައިވެރިވެގެން ކުރި މަސައްކަތާ ގުޅޭ ގޮތުން ގްރެޓާ ވިދާޅުވި އެވެ.

އަންނަ ނޮވެމްބަރު މަހު އިނގިރޭސި ވިލާތުގައި އޮންނަ ކޮޕް26 ސަމިޓުގެ ބޭނުމަކީ ވެސް ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ތިރީގައި ހިފެހެއްޓުމަށް ގައުމުތަކުން ކުރާނެ ކަންކަން ކަނޑައެޅުމެވެ. ދެހާސް ފަނަރަ ވަނަ އަހަރު ސޮއިކުރި ޕެރސް އެގްރީމެންޓުގެ ދަށުން 196 ގައުމަކުން ވަނީ އެ ލަނޑުދަނޑިއަށް މަސައްކަތް ކުރަން އެއްބަސްވެފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އަމަލީ ސިފައެއް ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox