ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތުގައި ހައިޝަމް ދިނީ އުއްމީދެއް

Aug 9, 2021, 4:33 PM
މާލޭގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ހައިޝަމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މާލޭގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ހައިޝަމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ތުރުކީ ޖޫނިއާ އޯޕަން މުބާރާތުގައި މިއަދު މެންދުރު ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ވ. ކެޔޮދޫ އަށް އުފަން އުމުރުން 17 އަހަރުގެ ހައިޝަމް އިބްރާހިމް އަލީ، ރާއްޖޭގެ ގައުމީ ލެވަލްގެ ބޮޑު މުބާރާތެއްގައި ކުޅެފައި ނުވެ އެވެ. ބެޑްމިންޓަންގެ ބޮޑު މުބާރާތަކުން އޭނާ އަށް ލިބިފައިވާ ހަމައެކަނި ތަޖުރިބާ އަކީ ރާއްޖޭގެ އިންޓަ ސްކޫލް ލެވަލެވެ. ބައިނަލްއަގުވާމީ ލެވަލްގައި ހައިޝަމް ކުޅުނު ފުރަތަމަ މެޗުގައި މިއަދު ދެއްކި ހިތްވަރުން ބެޑްމިންޓަނުން ކުރިއަށްދާނެ އާ ޒުވާން ކުޅުންތެރިއެއް ފެނުނީ އެވެ.

މިއީ ހައިޝަމް އަށް ރިވައިވަލް ސްޕޯޓްސް ކްލަބުން ފަހިކޮށްދިން ފުރުސަތެކެވެ. އެ ކްލަބްގެ އެންމެ ބޮޑު އެއް އަމާޒަކީ ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ އަށް ކާމިޔާބު ހޯދޭނެ ފަދަ ކުޅުންތެރިން އުފެއްދުމެވެ.

ތުރުކީ ޖޫނިއާ އޯޕަން މުބާރާތުގައި މިއަދު ހައިޝަމް ކުޅުނީ ފިރިހެން ސިންގަލްސް އިވެންޓްގައި ތުރުކީގެ ހަނީފީ މުޓްލޫއާ އެވެ. އޭނާ އަކީ މިދިޔަ ހަފްތާގައި ތުރުކީގެ 17 އަހަރުން ދަށުގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ވާދަކޮށް މި ލެވަލްގެ މުބާރާތްތަކުގައި ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ.

މެޗު ފަށައިގެން ފުރަތަމަ ދެ ސެޓުގައި ހަނީފީ ވަނީ ލީޑެއް ނަގައިފަ އެވެ. އެކަމަކު ހައިޝަމް ހިތްވަރު ދައްކައި ހަތަރު ޕޮއިންޓްގެ ފަރަގެއް ނައްތާލައި 5-5 އިން އެއްވަރުކުރި އެވެ. އެ ގޮތަށް އެއްވަރުކޮށް ދިއުމަށް ފަހު 10 ވަނަ ޕޮއިންޓާ ހަމައިން ހަނީފީ ލީޑުފުޅާކުރި އެވެ. އެ ވަރުން ވެސް ދޫދިނުމެއް ނެތި ހައިޝަމް ދިޔައީ ހިތްވަރު ދައްކަމުންނެވެ. އެކަމަކު، މުހިއްމު ވަގުތުގައި ރަނގަޅު ލެވަލްގައި ކުޅެފައި ހުރުމުގެ ތަޖުރިބާގެ ބޭނުންކޮށް ހަނީފީ ފުރަތަމަ ސެޓު ގެންދިޔައީ 21-15 އިންނެވެ.

ފުރަތަމަ ސެޓު ނިސްބަތުން ވާދަވެރިކޮށް ދިއުމުން ދެ ވަނަ ސެޓުގައި އެއް ލެވަލެއްގައި ކުޅުން ދެމެހެއްޓުން ހައިޝަމް އަށް ފަސޭހަނުވި އެވެ. މި ލެވަލްގައި މެޗު މަދުވުމުގެ މައްސަލަ ދިމާވީ އެވެ. އޭގެ ފައިދާ ހަނީފީ ރަނގަޅަށް ނެގި އެވެ. އޭނާ ވަނީ މި ސެޓު ފަސޭހަކަމާ އެކު 21-07 އިން ގެންގޮސްފަ އެވެ.

މެޗާ ބެހޭގޮތުން "އަދަދު" އަށް ހައިޝަމް ބުނީ ހަގީގަތުގައި ދޮޅު މަސް ދުވަހުގެ ޕްރެކްޓިހަށް ފަހު އައިސް މި ސްކޯ އާއި ކުޅުން އެންމެ ގޯހެއް ނޫން ކަމަށެވެ.

"ގައުމުން ބޭރަށް ފުރަތަމަ ފަހަރަށް މި ގޮތަށް ކުޅެން އައީމަ ހާސްވާ ކަހަލަ ކަންކަން ކުރިމަތިވާނެ. އުއްމީދަކީ ކުރިއަށް ހުރި މަސްތަކުގައި މި އަށް ވުރެ ރަނގަޅަށް މަސައްކަތް ކޮށްގެން އިމްޕްރޫވް ކުރުން،" ހައިޝަމް ބުންޏެވެ.

މާލޭގައި ބޭއްވި ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން ހައިޝަމް (ވ) އާއި ކޯޗު އަފްޝީން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ތުރުކީ މުބާރާތުގައި ހައިޝަމްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ ރިވައިވަލްގެ އެސިސްޓަންޓް ކޯޗު ހަސަން އަފްޝީން އެވެ.

އަފްޝީން "އަދަދު" އަށް ބުނީ ހައިޝަމްގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތް ކަމަށް ވުމުން މެޗަށް އެރިއިރު ވެސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައި ކަމަށެެވެ. އެކަމަކު އެ ގޮތަށް އަރައި ވެސް ފުރަތަމަ ސެޓުގައި ދެއްކި ހިތްވަރު އަފްޝީން ވަނީ ފާހަގަކޮށްފަ އެވެ.

"ދެ ވަނަ ސެޓު ދަށްވީ ފުރަތަމަ ސެޓު ވަރަށް ރަނގަޅަށް ގޮސްފައި ބަލިވީމަ. ޖުމްލަކޮށް ހައިޝަމް ޕްރެކްޓިހުގައި ހެދި އެއްޗެހި ބޭނުންކުރި. ޝަޓްލް އަށް ހުއްޓި ނުހުރެ ކޯޓު މަތީގައި މޫވްކުރި،" އަފްޝީން ބުންޏެވެ.

މިދިޔަ އަހަރު ސްކޫލް ނިމުނު ގޮތަށް ހައިޝަމް ވަނީ ރިވައިވަލް އިން ފެށި ސްކޮލަޝިޕް ޕްރޮގްރާމްގައި ބައިވެރިވެ ފުލް ޓައިމް ކުޅުންތެރިއެއްގެ ގޮތުގައި ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމާ އެކު ފަރިތަކުރަން ފަށައިފަ އެވެ.

އެކަމަކު، ކޮވިޑް-19ގެ ސަބަބުން ކޯޓަށް އައިސް ދެމެހެއްޓެނިވި ގޮތެއްގައި ޓްރެއިނިން ކުރިއަށް ގެންދަން ފުރުސަތެއް ނުލިބެ އެވެ. ހުއްޓަ ހުއްޓާފައި ކޯޓް ޕްރެކްޓިސްތައް ފަށަން ޖެހުމުން ކުޅުމުގެ ފެންވަރު ކުރިއަރުވަން އުނދަގޫތަކެއް ދިމާވާނެ އެވެ.

ރިވައިވަލްގެ ވިސްނުމަކީ ހައިޝަމް އަށް މި ލިބޭ ފަދަ ފުރުސަތުތައް ހުނަރުވެރި އެހެން ކުޅުންތެރިންތަކަކަށް ވެސް ހޯދައިދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox