އުނދަގޫވިޔަސް މެސީ ނެތި ބާސެލޯނާ ކުރިއަށްދާން ޖެހޭ: ކޫމަން

Aug 9, 2021, 7:04 AM
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ރޭގެ މެޗަށް ފަހު ވާހަަކަ ދައްކަނީ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ރޭގެ މެޗަށް ފަހު ވާހަަކަ ދައްކަނީ.

ބާސެލޯނާ (އޮގަސްޓް 9) - ލިއޮނަލް މެސީ ފަދަ އާދަޔާހިލާފު ކުޅުންތެރިއަކު ނުލައި ކުރިއަށްދާން އުނދަގޫވާނެ ކަމަށާއި އެކަމަކު އޭނާ ނެތި ކުރިއަށް ދިއުން ނޫން ގޮތެއް މިހާރު ނެތް ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ބުނެފަ އެވެ.

މެސީ ކްލަބް ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާނުކުރިތާ މާގިނައިރެއް ނުވެ ބާސެލޯނާ އިން ވަނީ ރޭ ގެމްޕާ ޓްރޮފީ މެޗުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެފަ އެވެ. ބާސެލޯނާ އިން ވަނީ އެ މެޗުގައި ސާޖިއޯ ބުސްކެޓްސްގެ ކެޕްޓަން ކަމުގައި 3-0 އިން މޮޅުވެފަ އެވެ.

ޔުވެންޓަސް ކޮޅަށް ބާސެލޯނާގެ ލަނޑުތައް ޖެހީ މެމްފިސް ޑިޕާއި އާއި މާޓިން ބްރައިތުވެއިޓް އަދި ރިކުއީ ޕުއީގް އެެވެ. މި މެޗުގެ 10 ވަނަ މިނިޓްގައި ބާސެލޯނާގެ ސަޕޯޓަރުން ވަނީ މެސީ އަށް ސަޕޯޓް އޮތްކަން ދައްކުވައިދީ ޝުއޫރުފާޅުކޮށްފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުނީ މެސީ ކްލަބް ދޫކޮށްލުމަކީ ކްލަބާ ގުޅޭ އެންމެނަށް ވެސް ގަބޫލުކުރަން އުނދަގޫ ކަމެއް ކަމަށެވެ.

"އެކަމަކު އަހަރެމެންނަށް އުނދަގޫވިޔަސް މީގެ މިހާރު ކުރިއަށް ދިއުން ނޫން ގޮތެއް ނެތް. ހާލަތު ބަދަލުކުރެވެން ނެތީމަ އަހަރެމެން ކުރިއަށް ވިސްނައިގެން މި ދަނީ،" ކޫމަން ބުންޏެވެ.

މެސީ ފަދަ ކުޅުންތެރިއަކު ނެތްތަން ފޫބެއްދޭނެ އިތުރު ކުޅުންތެރިއަކު ނުހޯދޭނެ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ. އަދި މިގެ އެންމެ އެދެވިގެންވާ ގޮތަކީ ބާސެލޯނާ ޓީމެއްގެ ގޮތުގައި މޮޅަށް ކުޅެގެން ސަޕޯޓަރުން ހިތްހަމަޖައްސައިދިނުން ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

ޔުވެންޓަސް ކޮޅަށް ގޯލު ޖެހުމަށް ފަހު ޑިޕާއި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކޫމަން ވަނީ އެ ޓީމުގެ އެޓޭކްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކްލަބްގައި ކުރިން ތިބި ބައެއް ކުޅުންތެރިންނާއި އެހެން ބައެއް މަގާމުތަކުގައި ތިބި ކުޅުންތެރިންތަކެއް ޓީމާ ވަކިވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. ބާސެލޯނާ އިން ދޫކޮށްލަން މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ބްރައިތުވެއިޓާއި މިރަލެމް ޕިޔަނިޗް އަދި ސެމިއުލް އުމްޓީޓީ ހިމެނެ އެވެ.

ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާގެ އެޓޭކް އެންމެ ބޮޑަށް ބަރޯސާވާނެ ދެ ކުޅުންތެރިއަކީ މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ޑިޕާއިގެ އިތުރުން ސާޖިއޯ އަގުއޭރޯ އަށެވެ. ކޫމަން ހުރީ އެ ދެ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.

"ޕްރީ ސީޒަނުގައި މެމްފިސްގެ ފަރާތުން ފެންނަ ތަފާތު ސީޒަނުގައި ވެސް ތަކުރާރުވާނެ ކަމަށް މި ބަލަނީ. އަގުއޭރޯ ވެސް އެއްކޮށް ފިޓްވުމުން ރަނގަޅުވާނެ،" ކޫމަން ބުންޏެވެ.

އޮޮލިމްޕިކްސްގައި ވާދަކުރި ސްޕެއިން ޓީމުގައި ހިމެނޭ ބާސެލޯނާގެ ޕެޑްރީ އާއި އެރިކް ގާސިއާ އަލުން ޓީމާ ގުޅޭނީ ކުރު ޗުއްޓީއެއް ހޭދަކުރުމަށް ފަހު ކަމަށް ކޫމަން ވަނީ ބުނެފަ އެވެ. ޕެޑްރީ ވަނީ މިދިޔަ ސީޒަން ހިމެނޭ ގޮތަށް ބާސެލޯނާ އާއި ސްޕެއިނަށް ޖުމްލަ އެކު 70 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. މި ފަހަރުގެ ޔޫރޯގައި ކުޅުނު ޕެޑްރީ އޮލިމްޕިކް ޓީމަށް ނެގުމުން ކޫމަން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox