މެސީ ގެންނަން ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ

Aug 9, 2021, 6:29 AM
މެސީ ގެންނަން ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ

ޕެރިސް (އޮގަސްޓް 9) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ގެންނަން ޕީއެސްޖީން ކުރާ މަސައްކަތުގެ ތެރެއިން އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިއްޔެ ބޭއްވި ބާސެލޯނާގައި އޭނާގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މެސީ ވަނީ ޕީއެސްޖީ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. އެކަަމަކު، އެއްވެސް ކަމެއް ރަސްމީކޮށް ފައިނަލް ނުވާކަމަށް ވެސް މެސީ ބުނެފައިވެ އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ މިހާރު ވަނީ ޕީއެސްޖީއާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފަ އެވެ. އިނގިރޭސި ނޫހެއް ކަމަށްވާ ތި އެތުލެޓިކް އިން ރިޕޯޓްކުރާ ގޮތުގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު، މެސީ އަށް ބޯނަހެއްގެ ގޮތުގައި 21 މިލިއަން ޕައުންޑް (29 މިލިއަން ޑޮލަރު) ދޭނެ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ އެކި މީޑިއާތަކުން އަންނަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ތެރެއިން އަމަލުކުރާނަމަ ޕީއެސްޖީ އަށް މެސީ ލައްވައި ބޮޑު ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނީ އެ ކްލަބްގެ ޖުމްލަ މުސާރައިގެ ތަފްސީލް އާންމުކުރުމަށް ފަހު ކަމަށް ބުނެފަ އެވެ.

މި ވަގުތު ވެސް ޕީއެސްޖީގައި ބޮޑު މުސާރަ ލިބޭ ގިނަ ކުޅުންތެރިން ތިބިއިރު އެ ކްލަބްގެ މާލީ ކަންތައްތައް ބަލަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެފްއެފްޕީ އަކީ ވަކި ކްލަބެއްގެ މަންފާ އަށް އަދި ބައެއް ކްލަބްތަކަށް އަދަބުދޭން އޮންނަ ކަމެއް ކަމަށް ބުނެ ޔުއެފާ އަށް އަމާޒުވާ ފާޑުކިޔުންތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ވަރަށް އަަވަހަށް ރަސްމީކޮށް އެ މައްސަަލަ ޔުއެފާ އަށް ހުށަހަޅަން ވެސް ސްޕެއިނުގެ ގާނޫނީ ވަކީލުންގެ ޓީމަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީގެ ޑީލް ރަޖިސްޓްރީކުރުމުގެ ކުރިން ޕީއެސްޖީން ވަނީ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ނިންމައިފަ އެވެ.

އެ ގޮތުން މިހާތަނަށް ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންނަށް ބަލާއިރު، އަބްދޫ ޑިއާލޯ، ތިލޯ ކެރާ، އިދްރީސާ ގޭއި އަދި ރަފީނިއާ އަލްކަންޓާރާ އަދި ސާޖިއޯ ރިކޯ ހިމެނެ އެވެ. އޭގެ އިތުރުން ވެސް މަޝްހޫރު ކުޅުންތެރިންތަކެއް ދޫކޮށްލުމުގެ ފުރުސަތު ބޮޑެެވެ. އެ ކުޅުންތެރިންގެ ތެރޭގައި މައުރޯ އިކާޑީ އާއި އެންޑަ ހެރޭރާ އަދި ކޭލޯ ނަވާސް ހިމެނެ އެވެ.

ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ ކީލިއަން އެމްބާޕޭ ދޫކޮށްނުލައި މެސީ ގެނެވޭނެ ގޮތެއް ހޯދުމަށެެވެ. އެމްބާޕޭ މި ވަގުތު ޕީއެސްޖީއާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެމްބާޕޭ، ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، ޕީއެސްޖީން އަންނަނީ އޭނާގެ އެއްބަސްވުން އާ ކުރަން މަސައްކަތް ކުރަމުންނެވެ. ޕީއެސްޖީއާ އެކު އެމްބާޕޭ ކޮންޓްރެކްޓް އާ ނުކޮށްފިނަމަ އަންނަ ޖެނުއަރީ މަހު އެމްބާޕޭ ބޭނުން ޓީމަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ. އެއީ އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި އެ ޓީމަކާ ގުޅޭގޮތަށެވެ.

މެސީގެ ސޮއި ހޯދިއްޖެނަމަ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ވިޔަފާރި ވަރަށް ފުރިހަމަވާނެ އެވެ. ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާ ބާޒާރު ފެށި ފަހުން ވަނީ ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އާއި އޭސީ މިލާންގެ ޖިއަންލުއީޖީ ޑޮންނަރުންމާ، ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އަދި އިންޓަ މިލާނުގެ އަޝްރަފް ހަކީމީގެ ސޮއި ހޯދައިފަ އެވެ. މީގެ ތެރެއިން 70 މިލިއަން ޑޮލަރަށް ގަތް ހަކީމީ ފިޔަވައި ދެން ތިބި ކުޅުންތެރިންގެ ސޮއި ހޯދީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox