އައްޑޫ ގޯތިތައް ބަދަލުކުރުން ކޯޓުން މަޑުޖައްސުވައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ސަރަހައްދު: ނަގަން ނިންމާފައި ވަނީ 35 ގޯތި -- ފޮޓޯ: އަދަދު ފައިލް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ސަރަހައްދު: ނަގަން ނިންމާފައި ވަނީ 35 ގޯތި -- ފޮޓޯ: އަދަދު ފައިލް

އައްޑޫ އިކުއެޓޯރިއަލް ސަރަހައްދުން ދޫކޮށްފައިވާ 35 ގޯއްޗެއް, އެ ގޯތިތަކުގެ ވެރިންގެ ރުހުމެއް ނެތި އަތުލި މައްސަލާގައި ކޯޓުން ވަގުތީ އަމުރެއް ނެރެދީފި އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ނެރެފައިވަނީ ކޯޓުން މައްސަލާގައި ގޮތެއް ނިންމެންދެން ގޯތިތައް ހުސްކުރުން މަޑުޖައްސާލުމަށެވެ.

ގޯތިތައް ހުސްކުރުން ކޯޓުން ހުއްޓުވާފައި މިވަނީ އެކަން އައްޑޫ ސިޓީ ކައުންސިލުން ކުރަމުންދަނިކޮށެވެ. އަދި، ގޯތިތައް ދޫކޮށްލަން ދެކޮޅު ހަދާ މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅަން އެ ކައުންސިލުން ނިންމާފައިވަނިކޮށެވެ.

Advertisement

މި ޖުލައި 15، ގައި ގޯތިތަކުގެ ވެރިންނަށް ކައުންސިލުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރުމަށް ބޭނުންވާތީ އެ ސަރަހައްދުން ދީފައިވާ 3000 އަކަފޫޓުގެ ގޯތި ހަމަ އެވަރުގެ އެހެން ގޯއްޗަކާ ބަދަލުކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ނިންމާފައިވަނީ ކުރިން ހޮސްޕިޓަލް އަޅަން ނިންމާފައި އޮތް ބިން ކަމަށްވާ ސްޓޭޑިއަމް ސަރަހައްދުން ބަދަލު ގޯތިތައް ދޫކުރުމަށެވެ. އެ ގޯތިތަކަށް ހަވާލުވުމަށް ވެސް ކައުންސިލުން ހުޅުވާލާފައިވެ އެވެ.

ނަމަވެސް، އައްޑޫ ކައުންސިލުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ގޯތިތައް ދައުލަތަށް ނަގާފައިވާ ކަމަށް ބުނެ ފޮނުވި ސިޓީގައި ކައުންސިލުން ބުނެފައި ވަނީ ގޯތި ނަގަނީ ހުރިހާ ރައްޔިތުންގެ ލާބައަށްޓަކައި ކަމަށެވެ.

"މިގޮތަށް ކައުންސިލުން ބަދަލު ކުރުމަށް ނިންމެވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިންގާނެ ސަރަހައްދެއް ކަމުގައިވާތީ އާއި ހޮސްޕިޓަލުގެ ބޭނުމަށް މި ސަރަހައްދުން އިތުރަށް ބިން ބޭނުންވާތީ އަދި މި ސަރަހައްދު ގުޅިފައި ވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާ ކަމުގައިވާތީ،" އެ ސިޓީތަކުގައި ބުނެފައިވެ އެވެ.

ނަމަވެސް، ބައެއް ގާނޫނީ މާހިރުން ވިދާޅުވަނީ ވެރިމީހާގެ ރުހުމެއް ނެތި އެގޮތަށް ބިމެއް އަތުލުމަކީ ގާނޫނީ ވަރަށް ބޮޑު ކުށެއް ކަމަށެވެ. އެގޮތުން، ގާނޫނީ އެހީ ހިލޭ ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ފާމްގެ ރައީސް މަރިޔަމް ޝުނާނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ފޮނުވި ސިޓީތައް ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި 40 ވަނަ މާއްދާއާ ހިލާފު ކަމަށެވެ.

"މީހެއްގެ ރުހުން ނެތި މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނީ އަދި މުއާމަލާތް ކުރުން ހުއްޓުވޭނީ ހަމައެކަނި ކޯޓަކުން ކުރާ ހުކުމަކުން،" ސޯޝަލް މީޑިއާގައި ޝުނާނާ ލިޔުއްވާފައިވެ އެވެ. "ސިޓީއެއް ފޮނުވައިގެން މީހެއްގެ ރުހުން ނެތި އެމީހެއްގެ މުދަލެއް ދައުލަތަށް ނުވެސް ނެގޭނެ އަދި މުއާމަލާތް ކުރުން ވެސް ނުހުއްޓުވޭނެ."

ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބުނެފައި ވަނީ "މީސްމީހުންގެ ގޯއްޗަކީ ނިގުޅައިގަނެވިގެންވާނެ ތަކެއްޗެއް ނޫން" ކަމަށެވެ. އަދި ބުނެފައި ވަނީ އާންމުވެގެންވާ މަންފާއަކަށްޓަކައި ނަމަވެސް ގާނޫނުގައިވާ ގޮތަށް އަދި "ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ" ކަމަށެވެ.

މައްސަލައިގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެ ގޯތިތައް ދައުލަތަށް ނެގުމަށް އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ތާއީދު ކުރާ ކަމަށެވެ. ނަމަވެސް ކައުންސިލުން އެ ކުރި ކަންތަކުގެ ގާނޫނީ ސައްހަކަމާމެދު ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox