ކެލިފޯނިއާގެ ޖަންގަލިތަކުގައި ވެސް ރޯވެ އަނދަނީ!

ކެލިފޯނިއާގެ ޖަންގަލީގައި ރޯވެފައި. މިއީ އެ ސްޓޭޓުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ބޮޑު އަލިފާންގަނޑު. -- ފޮޓޯ: އޭއެފްޕީ

ކެލިފޯނިއާގެ ޖަންގަލީގައި ރޯވެފައި. މިއީ އެ ސްޓޭޓުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ބޮޑު އަލިފާންގަނޑު. -- ފޮޓޯ: އޭއެފްޕީ

ގްރީންވިލް، އެމެރިކާ (އޯގަސްޓު 9) - އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ އުތުރުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑަކީ އެ ސްޓޭޓުގެ ތާރީހުގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ބޮޑު އަލިފާންގަނޑު ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.

އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުން ދާތީ އެތައް ހާސް ބަޔަކު ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައި ވާއިރު، މިހާތަނަށް ތިން މީހަކު ގެއްލިފައި ވެ އެވެ.

އާދީއްތަ ދުވަހު އެކަނިވެސް 463،477 އޭކަރު ބިން އެނދި އެވެ. އެއްކޮށް އަނދާފައިވާ ސަރަހައްދު ލޮސް އެންޖެލެސް އަށް ވުރެ ބޮޑެވެ.

ކެލިފޯނިއާގެ ޖަންގަލީގެ އެކި ހިސާބުތަކުގައި މި ވަގުތު 11 އަލިފާންގަނޑު ރޯވެފައި ވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަލިފާންގަނޑަކީ "ޑިކްސީ" އެވެ.

އަލިފާންގަނޑުގައި ގްރީންވިލް އަވަށް އެއްކޮށް އަނދާފައި ވާއިރު، އެ ތަނުގައި ދިރިއުޅުނު މީހުން ވަނީ އެހެން ހިސާބެއްގައި ހުރި ވަގުތީ ހިޔާއަކަށް ބަދަލުވެފަ އެވެ.

ގްރީންވިލްގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް މޫސުމީ ބަދަލުގެ ސަބަބުން ޖަންގަލީގައި ރޯވާ ހުޅުތައް ބޮޑުވެފައި ހަލުވިކަމާއެކު މާ ބޮޑު ސަރަހައްދަކަށް ފެތުރޭ ކަމަށް ފާހަގަކުރެއްވި އެވެ.

ދުނިޔެ ހޫނުވެ، ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމަށް އެންމެ އެކަށޭނަ މާހައުލު އުފެދެ އެވެ. ފަހަކަށް އައިސް އެފަދަ އަލިފާންގަނޑުތަކުގައި ލިބޭ ގެއްލުން ދަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑުވަމުންނެވެ.

"ޑިކްސީ" އަލިފާންގަނޑުގައި ތިން ފަޔާފައިޓަރުންނަށް އަނިޔާވެފައި ވާއިރު މިހާތަނަށް ކޮންޓްރޯލް ކުރެވުނީ އެންމެ 21 ޕަސެންޓެވެ. ޖުލައި 13 ވަނަ ދުވަހު ރޯވި އެ އަލިފާންގަނޑު ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ވެސް ނިއްވާލެވޭނެ ކަމުގެ އުއްމީދެއް ނެތެވެ.

ވައި މަޑުވުމުގެ ސަބަބުން ހުޅުގަނޑު ފެތުރޭ ސްޕީޑް މަޑުވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވާނެ ކަމަށް ބެލެވޭތީ އިތުރު އަލިފާންގަނޑުތައް ރޯވުމުގެ ފުރުސަތު އެބަ އޮތެވެ.

ކެލިފޯނިއާގެ އިތުރުން ތުރުކީ އާއި ގްރީސްގެ ޖަންގަލިތަކުގައި ވެސް މި ވަގުތު ދަނީ ރޯވެ އަނދަމުންނެވެ. އެ ދެ ގައުމުގައި ވެސް އެތައް ހާށް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައި ވާއިރު، ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox