އިޒްރޭލުގައި ވެކްސިން ނުޖަހާ މީހުންނަށް ރެޕިޑް ޓެސްޓު ސްޓޭޝަންތަކެއް ގާއިމްކޮށްފި

ގުދުސްގައި ތުއްތު ކުއްޖަކު ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ.-- ފޮޓޯ: އޭއެފްޕީ

ގުދުސްގައި ތުއްތު ކުއްޖަކު ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ.-- ފޮޓޯ: އޭއެފްޕީ

ގުދުސް (އޯގަސްޓު 9) - އިޒްރޭލުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އިތުރު ލޮކްޑައުނަކަށް ނުގޮސްވޭތޯ ބެލުމަށް 120 ރެޕިޑް ޓެސްޓު ސްޓޭޝަން ގާއިމްކޮށްފި އެވެ.

އިޒްރޭލުގެ ގައުމީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މޭގެން ޑޭވިޑް އެޑޮމް އެމެޖެންސީ ސާވިސް އިން ބުނީ އެ ސްޓޭޝަންތައް ހުޅުވީ ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.

ޓެސްޓިން ސެންޓަރުތައް ހުޅުވީ ވެކްސިން ނުޖަހާ ތިބި މީހުންނަށެވެ. އެ ސްޓޭޝަންތަކުން ހަދާ ޓެސްޓުގެ ނަތީޖާ 15 މިނެޓު ތެރޭ ލިބޭނެ އެވެ.

އާދީއްތަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. ބައެއް ހިދުމަތްތައް ބޭނުން ކުރުމަށް 24 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާ ދައްކަން ޖެހެ އެވެ.

އޯގަސްޓު 20 ވަނަ ދުވަހުން ފެށިގެން އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިން ވެސް އާއްމު ބައެއް ތަންތަނަށް ވައްދާނީ 24 ގަޑިއިރު ހަމަނުވާ ނެގެޓިވް ނަތީޖާއަކާ އެކު އެވެ.

ފާއިތުވި ހަފްތާގައި ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 3،000 ކޭސް ދަނީ ފެންނަމުންނެވެ. މިއީ މިދިޔަ އޭޕްރިލް މަހަށް ފަހު އަދަދުތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެންމެ ކާމިޔާބުކަމާ އެކު ވެކްސިން ޕްރޮގްރާމް ހިންގަމުންދާ އިޒްރޭލުގައި ދުވާލަކު 10،000 ކޭސް އިން 100 އަށް ވުރެ މަދު ކޭސް އަށް މީގެ ކުރިން ދަށްކުރި އެވެ.

އަލަށް ގާއިމްކުރި ރެޕިޑް ޓެސްޓިން ސްޓޭޝަންތަކުގައި ޓެސްޓެއް ހަދައިދޭނީ 16 ޑޮލަރަށެވެ. ނެގެޓިން ނަތީޖާ ލިބޭ މީހުންނަށް 24 ގަޑިއިރުގެ "ހެލްތު ޕާސް" ލިބޭނެ އެވެ.

"ލޮކްޑައުން ކުރާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން. އެ ހިސާބަށް ނުދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ހެލްތު މިނިސްޓަރު ނިޓްޒާން ހޮރޮވިޓްޒް ވިދާޅުވި އެވެ.

ނުވަ މިލިއަން މީހުންގެ އާބާދީއެއް އޮތް އިޒްރޭލުން މިދިޔަ ޑިސެމްބަރު މަހު ވެކްސިން ޕްރޮގްރާމް ފެށީ ފައިޒާއާ އެކު އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ.

އެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ފައިޒާގެ އެތައް މިލިއަން ޑޯޒެއް ލިބުނު އެއް ގައުމަކީ އިޒްރޭލެވެ. ބަދަލުގައި އިޒްރޭލުން ވަނީ އެ ވެކްސިނުން ކުރާ އަސަރާ ގުޅޭ ބަޔޯމެޑިކަލް ޑޭޓާ ފައިޒާއަށް ފޯރުކޮށްދީފަ އެވެ.

ވެކްސިން ދޭން ފެށުމުން ކޭސްތައް މަދުވި ނަމަވެސް، ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ވެކްސިން ނުޖަހާ ތިބި މީހުންގެ މެދުގައި ވަނީ ކޭސްތައް އިތުރުވެފަ އެވެ. އޭގެ އިތުރުން ހަ މަހަށް ވުރެ ކުރިން ވެކްސިން ޖެހި މީހުންގެ މެދުގައި ވެސް ބަލި ފެތުރެ އެވެ.

އިޒްރޭލުން މިހާރު އުޅެނީ ބޫސްޓާ ޝޮޓު ދިނުމުގެ ކެމްޕެއިން ފަށައިގެންނެވެ. އެއާއެކު ވެކްސިން ނުޖަހާ މީހުން ހެލްތު ޕާސް ވެސް ދައްކަން ޖެހޭނެ އެވެ.

ކޮވިޑާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް މިދިޔަ ޖޫން މަހު އުވާލި ނަމަވެސް ކޭސްތައް އިތުރުވާން ފެށުމުން ޖުލައި މަހު އަނެއްކާ ބައެއް ފިޔަވަޅުތައް ތަންފީޒު ކުރަން ފެށި އެވެ.

މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން 100 މީހުންނަށް ވުރެ ގިނަ މީހުން ތިބި ތަނަކަށް ވެކްސިން ނުޖަހާ ހުރި މީހަކަށް ވަދެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ނަތީޖާ ދައްކައިގެންނެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން 2،886 ކޭސް ފެނުނެވެ. މި ވަގުތު ހޮސްޕިޓަލުގައި ތިބި 602 މީހުންގެ ތެރެއިން 348 މީހުންގެ ހާލު ދެރަ އެވެ.

އިޒްރޭލުން ޖުމްލަ 900،000 ކޭސް މިހާތަނަށް ފެނިފައި ވާއިރު، މި ބަލީގައި މަރުވެފައި ވަނީ 6،500 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox