ހަތް އަހަރު؛ ކަރުނައެއް ނުހިކުނު، އިންސާފެއް ނުލިބުނު

ރިލްވާން ގެއްލުވާލިތާ ހަތް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ދައްތަ ފަޒުނާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރަނީ: އެ ހަފްލާވީ ހިތާމަވެރި ހަފްލާއަކަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރިލްވާން ގެއްލުވާލިތާ ހަތް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ދައްތަ ފަޒުނާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރަނީ: އެ ހަފްލާވީ ހިތާމަވެރި ހަފްލާއަކަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

"ރިލްވާނަށް ވީ ކިހިނެއްހޭ!" "އިންސާފު ލިބޭނީ ކޮން އިރަކުންހޭ!"

މިއަދު ހަވީރު ޖޭޒް ކެފޭއަށް އެއްވެ ތިބި ކޮންމެ މީހެއްގެ ވެސް ހިތުގައި އޮތީ މި ސުވާލުތަކެވެ. މޫނުމަތީ ފެންނަން ހުރީ އެ ހިތްދަތިކަމާއި މާޔޫސްކަމެވެ.

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާ އާއި ރަހުމަތްތެރިން އެ ތަނަށް އެއްވެ ތިބީ އޭނާ ގެއްލުނުތާ ހަތް އަހަރުވުމުން، ރިލްވާންގެ ހަނދާން އާ ކުރުމަށާއި އޭނާއަށް އިންސާފު ހޯދުމަށް ގޮވާލާށެވެ.

މާޔޫސްކަން ވެރިވެފައި އޮތް އެ އެއްވުމަށް މަޖިލިސް މެންބަރުން ކަަމަށްވާ މުހައްމަދު ވަހީދާއި ހިސާން ހުސައިންގެ ޖީހާން މަހުމޫދު އަދި އިމްތިޔާޒް ފަހުމީ ވަޑައިގެންނެވި އެވެ.

މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވެސް ވަޑައިގެންނެވި އެވެ. ދެން ތިބީ އެކުވެރިންނާއި އާއިލާގެ އިތުރުން ދެތިން ނޫސްވެރިންނެވެ.

ހަވީރު 4:40 ކަންހާއިރު އިވެންޓް ފެށީ ކްލަބް ހައުސްއިން ލައިވް ވެސް ކުރަމުންނެވެ. އޭރު ސްޓޭޖް މަތީ ރިލްވާންގެ ތިން ދައްތައިން ތިއްބެވެ.

މައިކްގައި ހިފާލުމަށްފަހު ރިލްވާންގެ ދައްތަ ފަޒްނާ ބުނި ގޮތުގައި އޭނާއަށް ވާހަކަ ދައްކަން ވެސް އުނދަގުލެވެ.

"މިއަދަކީ އަޅުގަނޑުމެންގެ ކޮއްކޮ..." އެ ހިސާބަށް ބުނެވުމާއެކު ފަޒްނާއަށް ގިސްލެވި ރޮވިއްޖެ އެވެ. ހިތްވަރުކޮށްފައި އަލުން ވާހަކަ ދައްކަން ފެށުނީ ވަރަށް އުނދަގުލުންނެވެ.

ރިލްވާންގެ ދައްތަ ފަޒްނާ ވާހަކަ ދައްކަނީ: ގިސްލަމުން އޭނާ ބުނީ އިންސާފު ނުލިބޭ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

"ބުނެލަން ހަތް އަހަރަކީ ވަރަށް ކުޑަ އަދަދެއް. އެކަމަކު އެއީ 2،555 ދުވަސް އިންސާފަށް އެދި އާދޭސް ކުރާތާ. އަދިވެސް މިކަމުގައި ކޮޅެއް މެދެއް ނުފެނޭ. އެންމެ ފުރަތަމަ ދުވަހު ކުރި ސުވާލުތަކަށް ޖަވާބެއް ނުލިބޭ،" ގިސްލުމާއެކު ފަޒުނާ ބުންޏެވެ.

ކީއްވެހޭ ރިލްވާން؟ ފަންޑު ކުރީ ކޮން ބައެއްހޭ؟ އެކަން ކުރީ ކޮން ބައެއް ހޭ،" ފަޒުނާގެ އުދާސްތަކަކީ މިއީ އެވެ.

އަސަރާއެކު ފަޒްނާ ބުނީ އެންމެ ކުޑަމިނުން ރިލްވާންގެ މަރުވެފައިވާ މަސްގަނޑު ވެސް ނުފެނުނު ކަމަށެވެ. އޭގެ ސަބަބުން މަރުވާ މީހުންނަށް ދިރިތިބީން ކޮށްދޭން ޖެހޭ ކަންކަން ވެސް ރިލްވާންގެ މައްޗަށް ކޮށް ނުދެވޭ ކަމަށް ދައްތަ ބުންޏެވެ.

ހަތް އަހަރުވީއިރު ރިލްވާންގެ މައްސަލައަށް އިންސާފެއް ނުލިބި އޮތް ނަމަވެސް، ރިޔާސީ ކޮމިޝަނަށް އެކަން ތަހުގީގު ކުރަން ގޮންޖެހުންތައް ހުރިކަން ފަޒުނާ ވެސް ގަބޫލު ކުރެ އެވެ.

"މައްސަލާގައި ހެކިބަސް ދޭން ބައެއް މީހުން ޖެހިލުންވާކަން ވެސް އެނގޭ،" އޭނާ ބުންޏެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރުމުން ހަނު ހުންނެވުމުން ނުސީދާ ގޮތަކަށް ފަޒްނާ ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

އޭނާ ބުނީ ހަނު ހުރީމައި އެ ހިސާބުން ނިމޭ ގޮތަށް އޮންނަ އުސޫލު ބަދަލުވާން ޖެހޭ ކަމަށެވެ.

ރިލްވާންގެ ދައްތައިން: ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އެދުނު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ރިލްވާންގެ ދައްތައިން: ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އެދުނު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރިލްވާންގެ ދައްތައިން: ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އެދުނު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އެ ހަފްލާގައި އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު ވިދާޅުވީ ރިލްވާންގެ މައްސަލާގައި ފެންނަން އޮތް ކުރިއެރުމެއް އޮތީ އޭނާގެ އާއިލާ އާއި ރައްޓެހިން ކުރި މަސައްކަތުން ކަމަށެވެ. އެއީ ދައުލަތުން ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ވަހީދު ފާހަގަ ކުރެއްވި އެވެ.

ވަހީދު ވިދާޅުވީ ރިލްވާންގެ މައްސަލަ ފަދަ ކަންކަމަށް އިންސާފު ހޯދުމަށް ކޮމިޝަންތަކަށް ބާރު ދީ ޓެރަރިޒަމްގެ ގާނޫނު ވެސް އިތުރަށް އިސްލާހު ކޮށްފައިވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ނިސްބަތްވާ ސަރުކާރަށް ވެސް އެކަންކަން މިއޮތީ ނުބެލި. މިކަންކަމުގައި އިތުރަށް ފޮރުވަން ޖެހޭ ކަމެއް ނެތި ތެދު ހާމަ ކުރަން ޖެހޭ. ކަން ހިނގިގޮތް ހާމަ ކުރަން ގޮވާލަން،" ވަހީދު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ރިލްވާންގެ މައްސަލާގައި މުޅި ދައުލަތް ލަދު ގަންނަން ޖެހޭ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރިލްވާންގެ އެކުވެރިން ކަމަށްވާ މެމްބަރު ޖީހާނާއި ނޫސްވެރިޔާ ޒަހީނާ ރަޝީދު ވަނީ ރިލްވާންގެ މިޒާޖާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރިލްވާނަކީ މަޑުމައިތިރި މިޒާޖެއްގެ ނަމަވެސް ބަސް ބުނަން ޖެހޭ ތަނުގައި ހަރު އަޑުން ވާހަކަ ދައްކާ މީހެއް ކަމަށް އެ ދެ ބޭފުޅުން ވެސް ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް ބިދޭސީ މަސައްކަތްތެރީންގެ ހައްގުގައި ރިލްވާން ކުރި ގިނަ މަސައްކަތްތަކަށް އަލިއަޅުވާލި އެވެ.

ނޫސްވެރިޔާ ޒަހީނާ ބުނި ގޮތުގައި ރިލްވާން ގެއްލުވާލުމާ ގުޅިގެން ކުރީ ސަރުކާރުގައި އާއިލާއިން ހުރިހާ މުއައްސަސާއަކަށް ދިޔަ އެވެ. އެކަމަކު އިންސާފު ނުލިބުނީ ދައުލަތުގެ އިސްވެރިން އެކަމުގައި އިހުމާލު ވެފައިވާތީ ކަމަށް އޭނާ ބުންޏެވެ.

"އެގެން ޖެހޭ ކާކުގެ އަމުރަކަށްތޯ އެ މައްސަލަ މުއައްސަސާތަކުން ނުބެލީ،" ޒަހީނާ ބުންޏެވެ.

ރިލްވާން ގެއްލުވާލިތާ ހަތް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: އެ ހަފްލާވީ ހިތާމަވެރި ހަފްލާއަކަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރިލްވާންއަށް އިންސާފު ހޯދުމަށް އެންމެ ހަރުކޮށް އަޑުއުފުލި، ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ ދައްތަ އައިޝާ ބުނި ގޮތުގައި މިކަމުގައި އެއް މުއައްސަސާއަށް ދިއުމުން އަނެއް މުއައްސަސާގެ މަތި އެޅުވުން ފިޔަވާ އެހެން ކަމެއް ނުވާ ކަމަށެވެ.

މިހާރު މުއައްސަސާތަކަށް ބަދަލުތައް އައިސްފައިވާއިރު މިހާރު އެ ތަންތަނުގައި ތިބީ ރިލްވާނާއި ޔާމީން ދަންނަ މީހުންކަން އައިޝާ ފާހަގަކުރި އެވެ. އެހެންވީއިރު މިހާރު އިންސާފު ނުލިބެންވީ ސަބަބެއް ގަބޫލު ނުކުރާ ކަމަށް ވެސް އައިޝާ ބުންޏެވެ.

"ސުވާލަކީ ކީއްވެގެންތޯ ނުވަނީ؟ ރިޒަލްޓް ވަރަށް ބޮޑަށް ބޭނުން،" އައިޝާ ބުންޏެވެ.

ހަފްލާގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ހެކިބަސް ހޯދަން ދަތިވާ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އެ ހަފްލާގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ ވިދާޅުވީ އެ ކޮމިޝަނުން ހަވާލުވިއިރު ވެސް އެއީ ތަހުގީގު ކޮށްފައިވާ މައްސަލައަކަށް ވާތީ އާއި ކުރައިމް ސީން ވެސް ފެންނަން ނެތުމުން ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. ކުރެވެން އޮތް ކަމަކީ ހެކިތައް އެނަލައިޒް ކުރުން ކަމަށްވާއިރު ހެކި ބަސްދޭން މީހުން ޖެހިލުންވާ ކަމަށް ފަރީޝާ ކަންބޮޑުވުމާއެކު ފާހަގަ ކުރެއްވި އެވެ.

"ހެކިބަސް ދޭ މީހުން ބޭނުންވާ ރައްކާތެރިކަން ދޭ ކަހަލަ ނިޒާމެއް އޮންނަން ޖެހޭ. އެކަމަށް ބޭރުގެ އެހީތެރިކަން ވެސް ހޯދަމުން މިދަނީ،" ފަރީޝާ ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލިތާ ހަތް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: އެ ހަފްލާވީ ހިތާމަވެރި ހަފްލާއަކަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
ރިލްވާން ގެއްލުވާލިތާ ހަތް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: އެ ހަފްލާވީ ހިތާމަވެރި ހަފްލާއަކަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރިލްވާން ގެއްލުވާލިތާ ހަތް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: އެ ހަފްލާވީ ހިތާމަވެރި ހަފްލާއަކަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރިލްވާންގެ ހަނދާން އާ ކުރުމަށް ބޭއްވި ހަފްތާ ނިންމާލީ ދުއާއަކުންނެވެ.

އިސްވެ ދުއާ ކުރީ ރިލްވާންގެ ދައްތަ ޝެހެނާޒް އަދުނާނެވެ. ދުއާގައި ރިލްވާން ހެޔޮ ހާލުގައި ފެނުމާއި އޭނާއަށް އިންސާފު ލިބޭތޯ މާތްﷲ ހަސްރަތުގައި ދެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox