ތަހުގީގަށް 3 އަހަރު: ކޮމިޝަނުން ބުނަނީ ރިލްވާން ގެއްލުވާލި ޖަރީމާގެ އެންމެން ޒިންމާކުރުވާނެ ކަމަށް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ހޯދަން އަޑުއުފުލި މުޒާހަރާއެއްގެ ޕޯސްޓަރުތަކެއް: އޭނާ ގެއްލުވާލިތާ ހަތް އަހަރު މިއަދަށް ފުރޭނެ-- ފޮޓޯ: ސޯޝަލް މީޑިއާ

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ހޯދަން އަޑުއުފުލި މުޒާހަރާއެއްގެ ޕޯސްޓަރުތަކެއް: އޭނާ ގެއްލުވާލިތާ ހަތް އަހަރު މިއަދަށް ފުރޭނެ-- ފޮޓޯ: ސޯޝަލް މީޑިއާ

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ ޖަރީމާގައި ކުޑަކޮށް ވެސް ބައިވެރިވެފައިވާ ނަމަ އެ މީހަކު ޒިންމާކުރުވައި އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް މަރު ކޮމިޝަނުން މިއަދު ދީފި އެވެ.

އިންސާފަށް ވާސިލްވާނެ ކަމަށް އެ ކޮމިޝަނުން ދެމުން އަންނަ ޔަގީންކަން މި ތަކުރާރުކުރީ، ރިލްވާން ވަގަށް ނެގިތާ ހަތް އަހަރު މިއަދަށް ފުރުމާ ދިމާކޮށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންސާފު ނުލިބުނު މި މައްސަލަ ތަހުގީގުކޮށް އާއިލާ އަށް އިންސާފު ހޯދައިދޭން އެކުލަވާލި މަރު ކޮމިޝަނުން ވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަތާ މިއީ ތިން ވަނަ އަހަރެވެ.

އެކަމަކު މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ވެސް މައްސަލައިގައި މާބޮޑު ކުރިއެރުންތަކެއް ހޯދިފައިވާ ކަން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

ރިލްވާން ގެއްލުވާލި މައްސަލައިގައި އިންސާފު ދިގުލައިގެންދާތީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ވެސް ހިތްހަމަނުޖެހިގެން ޝަކުވާތައް ދަނީ ކުރަމުންނެވެ.

މަރު ކޮމިޝަނުގެ ބަޔާނުގައި ބުނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގުގެ މައިގަނޑު އަމާޒަކީ، އޭނާ ގެއްލުވާލުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ޖަރީމާ ހިންގުމުގައި ކުޑަނަމަވެސް ބައިވެރިވުމެއް އޮތް މީހެއް ނަމަ، އެ މީހަކު ޝަރީއަތުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އަދި އެ މީހަކު އެ ކުށުގައި ބައިވެރިވެފައިވާ މިންވަރަކާ ގުޅިގެން ޒިންމާ ކުރުވައި، އިންސާފު ހޯދައިދިނުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި ތަހުގީގު ކުރިޔަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައި ވީނަމަވެސް، ކޮމިޝަނުން މި އަންނަނީ އެ ހުރަސްތަކުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަމުން. -- ކޮމިޝަން

ހެކިބަސް ދޭން ބިރުން އުޅޭތީ ހައްލު ހޯދަނީ

ރިލްވާން މައްސަލައިގެ ތަހުގީގަށް ކުރިމަތިވެފައިވާ ހުރަސްތައް ހިއްސާ ކުރަމުން ބަޔާނުގައި ބުނެފައިވަނީ މައްސަލައިގެ ބާވަތުން ހެކިބަސް ދޭން މީހުން ޖެހިލުން ވާ ކަމަށެވެ. އެކަން ހައްލު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންނާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"އޭގެ ސަބަބުން، ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުވެ މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމަށް ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށް ކޮމިޝަނުން ދެކެން،" ބަޔާނުގައިވެ އެވެ.

މި ޕްރޮގްރާމް ކުރިޔަށް މި ގެންދަނީ، ރާއްޖޭގެ އިޖުތިމާއީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިއާޔަތް ކުރެވި، ރާއްޖެފަދަ ގައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން

މަރުގެ މައްސަލަތަކާއި ޓެރަރިޒަމް ފަދަ ހެއްކަށް ބަރޯސާވާން ޖެހޭ ބޮޑެތި މައްސަލަތަކުގައި ހެކި ބަސް ދޭ މީހުންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ރާއްޖެއަށް މުހިންމު ވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ހެކިބަސް ދޭން މީހުންނަށް ރައްކާތެރިކަން ޔަގީންވާ މާހައުލެއް އޮތްކަން ކަށަވަރު ވާން ޖެހޭ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"އޭގެ ނަތީޖާއަކަށް ވާނީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް މިފަދަ ކުށްތަކުގެ ހަގީގަތް ހޯދުމަށް ފަސޭހަވެ، ކުށްވެރިންނަށް ކުށްކުރުމަށް ޖެހިލުންވެ، ކުށްކުރުން މުޖުތަމައުގައި މަދުކުރެވި، މިފަދަ ކުށްތައް ތަހުގީގުކޮށް ޝަރީއަތް ހިންގުމަށް ދައުލަތުން ކުރަމުން ގެންދާ ހޭދަ ކުޑަކުރެވި، އަމާން ރައްކާތެރި މުޖުތަމައެއް ގާއިމުކުރެވިގެން ދިއުން،" ބަޔާނުގައިވެ އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގެ މައުލޫމާތު އެނގޭ އެއްވެސް މީހެއް ވާނަމަ އެ ކޮމިޝަނަށް އެންގުމަށް މިއަދު ވެސް ބަޔާނުގައި އެދިފައިވެ އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާއާ ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފެއްތީ ކަމަށެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox