މެންޗެސްޓާ ސިޓީ ބަލިކޮށް ލެސްޓާ އިން ޗެރިޓީ ޝީލްޑް އުފުލާލައިފި

Aug 7, 2021, 6:40 PM
މެންޗެސްޓާ ސިޓީ ބަލިކޮށް ލެސްޓާ އިން ޗެރިޓީ ޝީލްޑް އުފުލާލައިފި

ލަންޑަން (އޮގަސްޓް 7) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީ އަތުން 1-0 އިން ލެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ ބަލިކޮށް އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ލެސްޓާ އިން މީގެ ކުރިން ޗެރިޓީ ޝީލްޑް އުފުލާލީ އެންމެ ފަހަރަކު އެވެ. އެއީ 1971 ވަނަ އަހަރު ލިވަޕޫލް ބަލިކޮށްފަ އެވެ. އާސެނަލް އަތުން 2014 ވަނަ އަހަރުގެ ޝީލްޑް މެޗުން ބަލިވި ފަހުން ސިޓީ ވަނީ ދެ ފަހަރެއްގެ މަތިން ޝީލްޑް އުފުލާލައިފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވައްދައިގެން މިރޭ ކުޅުނު މެޗުގައި ސިޓީން ވަނީ ގިނަ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. ފުރަތަމަ ހާފުގައި ސިޓީގެ އިލްކާއި ގުންޑޮގާން ފޮނުވާލި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.

ފުރަތަމަ ހާފުގައި ލެސްޓާ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން ލެސްޓާގެ ފޯވާޑް ޖޭމީ ވާޑީ ޖެހި ބޯޅަ ސިޓީގެ ގޯލުގައި ހުރި ގޯލްކީޕަރު ޒެކް ސްޓެފެން ވަނީ މަތަކޮށްފަ އެވެ. ސިޓީން ދެ ވަަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޖެކް ގްރީލިޝް ވަނީ ކުޅެން އަރުވައިފަ އެވެ. އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ގްރީލިޝް ސިޓީ އަށް ބަދަލުވީ މިދިޔަ ހަފްތާގަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ގްރީލިޝް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓައި ސިޓީގެ އޭރިއާތެރެއިން އެ ޓީމުގެ ނޭތަން އަކޭ ވަނީ ލެސްޓާގެ ކެލެޗީ އިހެނާޗޯ އަށް ފައުލުކޮށްފަ އެެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީ އިހެނާޗޯ ވަނީ ކާމިޔާބުކޮށްފަ އެވެ.

ކުރިން ސިޓީ އަށް ކުޅުނު އިހެނާޗޯ އަކީ 2001 ވަނަ އަހަރަށް ފަހު ޗެރިޓީ ޝީލްޑްގެ ފުރިހަމަ ވަގުތު ތެރޭ ޕެނަލްޓީއެއް ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. އިތުރު ގޯލެއް ޖަހަން ކައުންޓަ އެޓޭކުގައި ލެސްޓާ އަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުގެ ޕެޓްސަން ޑަކާ އަށް ނުކުރެވުނެވެ.

މިއީ ލެސްޓާގެ ތާރީހުގައި ލީގު ނޫން މެޗެއްގައި ސިޓީ އަތުން ހޯދި ތިން ވަނަ މޮޅެވެ. މީގެ ކުރިން މި ދެ ޓީމު ކުޅުނު ލީގު ނޫން މެޗުތަކުގައި ލެސްޓާ ދެ ފަހަރު ވެސް މޮޅުވީ އެފްއޭ ކަޕްގަ އެވެ. އެއީ 1920 އާއި 1968 ވަނަ އަހަރު އެވެ.

ކުރިން ސްވަންސީ ސިޓީ އާއި ލިވަޕޫލަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ލެސްޓާގެ މިހާރުގެ ކޯޗު ބްރެންޑަން ރޮޖާސް ހަވާލުވި ފަހުން އެ ޓީމުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox