ހަމަލާ ބަދަލުކޮށް އިޒްރޭލާއި ލުބްނާނުގެ މަޝްރަހު ހޫނުވެއްޖެ

އުތުރު އިޒްރޭލުގެ އަވަށެއްގައި ގާއިމްކޮށްފައި ހުރި ޓޭންކަރަކުން ލުބްނާނަށް އަމާޒުކޮށް ހަމަލާ ދެނީ.-- ފޮޓޯ: އޭއެފްޕީ

އުތުރު އިޒްރޭލުގެ އަވަށެއްގައި ގާއިމްކޮށްފައި ހުރި ޓޭންކަރަކުން ލުބްނާނަށް އަމާޒުކޮށް ހަމަލާ ދެނީ.-- ފޮޓޯ: އޭއެފްޕީ

ބެއިރޫތު، ލުބްނާން (އޯގަސްޓު 7) - އިރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ހިޒްބުﷲ ގްރޫޕުން ހުކުރު ދުވަހު އިޒްރޭލަށް ރޮކެޓު ހަމަލާ ފޮނުވުމުން، އިޒްރޭލުން ރައްދުގައި ހަމަލާ ދީފި އެވެ.

މި ހަފްތާގައި ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލު ކުރުމަށް ފަހު އިޒްރޭލުން ވަނީ ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލުބްނާނަށް ވައިގެ ހަމަލާ ފޮނުވާފަ އެވެ.

ހިޒްބުﷲ އިން ވެސް ވަނީ 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޒްރޭލުގެ ސަރަހައްދަށް އަމާޒުކޮށް ސީދާ ރޮކެޓު ހަމަލާތައް ފޮނުވާފަ އެވެ.

މައްސަލަ ހޫނުވެފައި މި ވަނީ މިދިޔަ ހަފްތާގައި ގަލްފް އޮފް އޮމާންގައި އޮތް އިޒްރޭލް ބިލިއަނަރެއްގެ ބޯޓަށް ހަމަލާ ދިނީ އިރާނުން ކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ހުކުރު ދުވަހު ހަމަލާ ބަދަލު ކުރުމަށް ފަހު އިޒްރޭލުން ބުނީ "ހަނގުރާމައެއް ފަށަށް ބޭނުން ނުވާ" ކަމަށެވެ. އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުން ބުނީ ބޯޑަރު ސަރަހައްދު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ލުބްނާނަށް ގޮވާލީ ހަމަލާތައް ހުއްޓުމަށް ފަހު ހާލަތު ކޮންޓްރޯލް ކުރުމަށެވެ. ހިޒްބުﷲ އަކީ ލުބްނާންގައި ސިޔާސީ ނުފޫޒު ވަރުގަދަ ބަޔެކެވެ. އެ ގައުމުގައި ވަގުތީ ސަރުކާރަކުން ވެރިކަން ކުރާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ވަނީ އެމެރިކާއިން ލުބްނާނަށް ޕްރެޝަރު ކުރުމަށް ގޮވާލާފަ އެވެ.

ހިޒްބުﷲ އިން ގިނަ އަދަދެއްގެ ރޮކެޓު ހަމަލާ ފޮނުވީ ދެ ގައުމުން ވެސް ދައުވާ ކުރާ ޝިބާ ފާމްސް ބޯޑަރު ޑިސްޓްރިކްޓުގައި އިޒްރޭލު ސިފައިން ތިބި ހުސް ބިމަކަށެވެ.

ހަމަލާ ދިނީ 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުން ދެކުނު ލުބްނާނަށް ވައިގެ ހަމަލާތަކެއް ދިނުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް އެ ގްރޫޕުން ބުންޏެވެ.

އިޒްރޭލުން ބުނީ ޝިބާ ފާމްސްއަށް 19 ރޮކެޓު ހަމަލާ ފޮނުވި ކަމަށެވެ. އޭގެ ތެރެއިން ހަ ރޮކެޓު ވެއްޓުނީ ބޯޑަރު ހުރަސްކޮށް އިޒްރޭލަށެވެ.

ލުބްނާނުން ގަބޫލު ކުރާ ގޮތުގައި ޝިބާ ފާމްސް ޑިސްޓްރިކްޓަކީ އެ ގައުމުގެ ބަޔެކެވެ. ނަމަވެސް އދ. އިން ދެކޭ ގޮތުގައި އެއީ ސީރިއާގެ ގޯލަން ހައިޓްސްގެ ބަޔެކެވެ.

ގޯލަން ހައިޓްސްއަކީ 1967 ވަނަ އަހަރު އިޒްރޭލުން ހިފުމަށް ފަހު 1981 ގައި ވެރިވެގަނެފައިވާ ބިމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox