ރައުހާގެ ފަށުވީގެ ދުނިޔެ އާއި ކިޑްނީއަކުން ކުރި ވެދުން

ރައުހާގެ ފަށުވީގެ ދުނިޔެ އާއި ކިޑްނީއަކުން ކުރި ވެދުން

މިއީ ރައުހާ އަލީ އާދަމެވެ. ސައްބީސް އަހަރުގެ މި ޒުވާނާގެ ވާހަކަ، ފަށުވި ބަރަނީގެ އޮމާންކަން ގަދަ ވިދުމާއި އޭގެ ހިތްގައިމު ކުލަތަކުން ޖަރީވެ، ފުރިހަމަ ވެގެން އަންނަ ނަލަ ކުރެހުމަކުން ފެއްޓިޔަސް، ނުވަތަ އިންސާނިއްޔަތު ކަމާއި ލޯތްބާއި ކުލުނުވެރިކަމުގެ އިންތިހާއިން ފެއްޓިޔަސް، ގޮސް ވަދެވޭނީ މި ބުނި ސިފަތަކާއި ކުލަތަކުން ފައްކާވަމުން އަންނަ އޭނާގެ ގަދަރުވެރި، ފަންނުވެރި ދިރިއުޅުމުގެ ތެރެއަށެވެ.

އޭނާގެ ރަހުމަތްތެރި މިޒާޖާއި ހިތްހެޔޮ ހިނިތުންވުމުން ފަށައިގަތް މި ވާހަކައެއް، 70 އަހަރުގެ މާމަގެ އެނދުރުވެރިކަމުގައި މީގެ 19 އަހަރު ކުރިން ދަސްކުރަން ފެށި މާޖެހުމުގެ ހުނަރާއި އާއި އޭގެ ކާމިޔާބީގައި އާދެވިފައި ހުރި ހިސާބުގެ ރޮނގު ކުރަހައިދެމުން ފެއްޓިޔަސް، އިހަށް މި ތަފްސީލެއް ބާއްވާފައި "ގާލް ފްރޮމް ތައުޒަންޑް އައިލްސް" ގެ ވާހަކަ އަހަރެން ފަށައިގަންނާނީ މިއަށްވުރެ މާ "ލޯބި"، ޝައުގުވެރި އެހެން ވާހަކަ އަކުންނެވެ.

"އަޅުގަނޑުގެ ހަޔާތުގައި އެމްބްރޮއިޑަރީ އަކީ ހުނަރެއް ނުވަތަ ހޮބީ އަކަށް ވުރެ މުހިއްމު އެއްޗެއް. ހީލިން ތެރަޕީ އޭ މީހުން ބުނެ އުޅެއެއްނުން. އެމްބްރޮއިޑަރީ އަކީ އެފަދަ ތެރަޕީ އެއް. މަންމަ އަށް ކިޑްނީ ޑޮނޭޓްކުރަން ނިންމައިގެން އެކަމަށް ތައްޔާރުވަމުން ދިޔަ ދުވަސްކޮޅު ވެސް ވަރަށް ބޮޑަށް އެެމްބްރޮއިޑް ކޮށް ހެދިން،"

Advertisement

އެމްބްރޮއިޑަރީގެ ކަވި ކަމާއި އޭގެ ފަރުވާ އޭނާގެ ހަޔާތަށް މުހިއްމުވާ ސަބަބުތައް ކިޔައިދެމުން ހަޔާތުގައި ކުރި އެންމެ އާދަޔާ ހިލާފު އެއް ތަޖުރިބާގެ ސުރުހީ ރައުހާ އަޅައިލި އެވެ.

ރައުހާ އޭނާގެ މަންމަ އާ އެކު ކިޑްނީ ޓްރާންސްޕްލާންޓަށް އަހަރު ފުރުމުގެ އުފާ ފާހަގަކުރަން ނެގި ފޮޓޯއަކަށް ހުއްޓިލައިގެން
ރައުހާ އޭނާގެ މަންމަ އާ އެކު ކިޑްނީ ޓްރާންސްޕްލާންޓަށް އަހަރު ފުރުމުގެ އުފާ ފާހަގަކުރަން ނެގި ފޮޓޯއަކަށް ހުއްޓިލައިގެން

ރައުހާ އޭނާގެ މަންމަ އާ އެކު ކިޑްނީ ޓްރާންސްޕްލާންޓަށް އަހަރު ފުރުމުގެ އުފާ ފާހަގަކުރަން ނެގި ފޮޓޯއަކަށް ހުއްޓިލައިގެން

"އެކަން ވީ ގޮތަކީ މީގެ ބާރަ އަހަރު ކުރިން މަންމަގެ އެކްސިޑެންޓެއް ވެގެން ކަކުލަށް ލިބުނު އަނިޔާ އަކާ ހެދިގެން ގިނަ އަދަދެއްގެ އެންޓިބައޮޓިކްސް ނަގަން ޖެހުނު ހިސާބުން ކިޑްނީގެ މައްސަލަތައް ދިމާވާން ފެށީ. އޭރުން ފެށިގެން 2018 އާ ހަމައަށް ބޭހުން ހިފަހައްޓާލީ. އެ ފަހުން ޖެހުނީ ޑައިލިސިސް ފަށަން. ކިޑްނީ ހަދިޔާކުރަން ބޭނުންވި ހިސާބަކީ އެއީ،" ތަފްސީލު އެނގެން ބޭނުންވެގެން އަހަރެން ކުރި ސުވާލުގެ ކުރި މަރާނުލައި ރައުހާ ކިޔައިދިނެވެ.

ރައުހާގެ މާމަ އެމްބްްރޮއިޑޮރީ މަސައްކަތެއް ކުރަނީ: ރައުހާ އަށް މާޖަހަން ދަސްވީ މާމަގެ ފަރާތުން ކަމަށް އޭނާ ބުނޭ
ރައުހާގެ މާމަ އެމްބްްރޮއިޑޮރީ މަސައްކަތެއް ކުރަނީ: ރައުހާ އަށް މާޖަހަން ދަސްވީ މާމަގެ ފަރާތުން ކަމަށް އޭނާ ބުނޭ

ރައުހާގެ މާމަ އެމްބްްރޮއިޑޮރީ މަސައްކަތެއް ކުރަނީ: ރައުހާ އަށް މާޖަހަން ދަސްވީ މާމަގެ ފަރާތުން ކަމަށް އޭނާ ބުނޭ

ބޭހުން ނުލިބުނު ފަރުވާ، އިތުރު ގޮތެއް ނެތިގެން ޑަޔަލިސިސް އިން ހޯދަން މަޖުބޫރުވެ، ރައުހާގެ މަންމަ، ލަންކާ ހޮސްޕިޓަލަށް ޑަޔަލިސިސް ހަދަން ދިޔަ ފުރަތަމަ ސެޝަން ގައި އެހީތެރިއަކަށް އޭނާ ދިޔަ އެވެ. އެދުވަހު މަންމަގެ މުލައްދަނޑިއަށް ލައްވާފައި އިން އޭވީ ފިސްޓިއުލާ އަށް އައިވީ ކެނިއުލާ ގުޅަން އައި ނަރުހަށް އެކަން ނުކުރެވި ފަނަރަ ވަރަކަށް ފަހަރު ކަށި ހަރަން ޖެހުނު އިރު މަންމަ އިހުސާސްކުރަމުން ދިޔަ ތަދު ފެނިފައި އޭނާ އަށް ހުރެވުނީ ގޮތް ހުސްވެ ފެންކަޅިވެފަ އެވެ.

"ޑަޔަލިސިސް ހަދަން ފަށައިގެން ވަރަށް ވޭނުގަ މަންމަ އުޅެން ފެށީ. އެހިސާބުން އަހަރެން ބޭނުމެއް ނުވި މަންމަގެ އުމުރު ދުވަހު އެ ވޭނުގައި އުޅުނަ ދޭކަށް،" ރައުހާ ކިޔައިދިނެވެ.

ރައުހާ އާއި އޭނާގެ މަންމަ
ރައުހާ އާއި އޭނާގެ މަންމަ

ރައުހާ އާއި އޭނާގެ މަންމަ

ރައުހާ ބުނީ އެހާ ހިސާބުން މަންމަ އަށް އޭނާގެ ކިޑްނީ އެއް ޑޮނޭޓް ކުރުމާ މެދު ވިސްނެން ފެށުނު ކަމަށެވެ. ކިޑްނީ ޑޮނޭޓް ކުރުމަކީ ކިހާ ވަރެއްގެ ކަމެއް ކަމާއި އެކަމާ ގުޅޭގޮތުން ސައިންސުން އެނގެން ހުރި ވަރަށް ގިނަ ކަންކަން ބަލައި ހޯދައިގެން ދެ ތިން ވަރަކަށް މަސް ވީ އިރު މުޅިން ތައްޔާރުވެ، އޭނާގެ ނިންމުން ޑޮކްޓަރާ ހަމައަށް ގެންދިޔަ ކަމަށެވެ. ޓެސްޓުތައް ހަދައި ނަތީޖާ ލިބުނު އިރު އޭނާ އަކީ މަންމަ އަށް ބަރާބަރު ޑޯނަރެކެވެ.

"އެ ހިސާބުން އެ ފޯކަސް ގައި ހުރީ. އެކަމަކު ކިޑްނީ ޑޮނޭޓްކުރުމުގެ ތަޖުރިބާ އަކީ މިކްސް އިހުސާސްތަކެއް ކުރުވި ތަޖުރިބާއެއް. ސަބަބަކީ ކިޑްނީ ހަދިޔާ ކުރާނަމަ ޑޯނަރަށް ހަޔާތުގެ ބާކީ އޮތް ތަނުގައި އުޅެން ޖެހޭނީ އެއް ކިޑްނީ އާ އެކު. ހާއްސަކޮށް ކިޑްނީ ބައްޔަކީ އާއިލާގައި ހުންނަ ކަމެއް ނަމަ މާ ބޮޑަށް އެކަމާ ދޭތެރޭގައި ވިސްނޭނެ. އަހަރެންގެ ކޭސްގައި، ކިޑްނީ ބައްޔަކީ އާއިލާގެ ތެރޭގައި ގިނަ ބައްޔެއް ނޫން. އެހެންވީމަ އެގޮތުން ވެސް ސޭފް. އެކަމަކު މެންޓަލީ ރެޑީ ވާން ބޭނުންވި،" ރައުހާ ބުންޏެވެ.

ރައުހާ ބުނީ މި "ތިންކިން ޕްރޮސެސް" އެއްގައި އޭނާ އަށް އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކަށް ވީ އެމްބްރޮއިޑް ކުރުން ކަމަށެވެ. އޭނާ 2019 ވަނަ އަހަރު ހެދި ޓްރާންސްޕްލާންޓަށް ދެ އަހަރު ފުރުނު އިރު ދެމައިންގެ ހާލު ވެސް ރަނގަޅެވެ. ރައުހާ އަށް، އަދި ވެސް އޭނާގެ ހުސްވަގުތުގެ އެކުވެރިއަކީީ އޭނާގެ ސްޓިޗް އާޓެވެ.

އެގާރަ އަހަރުގައި ރައުހާ ހެދި ސީނަރީ އެމްބަރޮއިޑޮރީ އާޓް ޕީސް އެއް
އެގާރަ އަހަރުގައި ރައުހާ ހެދި ސީނަރީ އެމްބަރޮއިޑޮރީ އާޓް ޕީސް އެއް

އެގާރަ އަހަރުގައި ރައުހާ ހެދި ސީނަރީ އެމްބަރޮއިޑޮރީ އާޓް ޕީސް އެއް

ރައުހާ ހަދާފައިވާ ޕެޓް އެމްބްރޮްިޑޮރީ އެއް: މިއީ އެމްބްރޮއިޑޮރީ ކުރުމުގެ ތަފާތު އުނދަގޫ ސްޓައިލެއް
ރައުހާ ހަދާފައިވާ ޕެޓް އެމްބްރޮްިޑޮރީ އެއް: މިއީ އެމްބްރޮއިޑޮރީ ކުރުމުގެ ތަފާތު އުނދަގޫ ސްޓައިލެއް

ރައުހާ ހަދާފައިވާ ޕެޓް އެމްބްރޮްިޑޮރީ އެއް: މިއީ އެމްބްރޮއިޑޮރީ ކުރުމުގެ ތަފާތު އުނދަގޫ ސްޓައިލެއް

"މި ކަރަންޓީން ތެރޭގައި އިންސްޓަގްރާމަށް އަޅުގަނޑުގެ ސްޓިޗް ވޯކްތައް ލީ. އެހާ ހިސާބުން މީހުންނަށް ވަރަށް ކަމުގޮސްގެން މަސައްކަތްތައް ވެސް ލިބެން ފެށި،" އޭނާ ބުންޏެވެ.

އެމްބްރޮއިޑޮރީ މަސައްކަތްތަކުގެ ގޮތުގައި ރައުހާގެ އިންސްޓަގްރާމުން އެ އާޓްފޯމްގެ އެކި ސްޓައިލްތައް ފެންނަން އެބަ ހުއްޓެވެ. ކެންވަސްގައި އެންބްރޮއިޑް ކުރުމާއި ޕެޓް-ސްކެޗް ހެދުން ފަދަ ރީތި މަސައްކަތްތަކެއް ފެންނަން އެބަ ހުއްޓެވެ. އެންމެ ހާއްސައީ "އައިލެންޑް ބާޒާރް" އާ ގުޅިގެން ކުރި ޕްރޮޖެކްޓް މަސައްކަތް ކަމަށް ރައުހާ ބުންޏެވެ.

"މިހާރު މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިޔަސް ވީޑިއޯ ތައް ވެސް ހަދަން. އަޅުގަނޑު މި ހަދާ ގޮތަކީ ފިޒިކަލް ކްލާސް ނަގައި ދެވެން ނެތީމަ، އެމްބްރޮއިޑޮރީ ކިޓް ވިއްކަނީ އޭގައި ކިޔުއާރް ކޯޑެއް ހަރުކޮށްފަ. އެ ކިޔު އާރް ކޯޑް ސްކޭން ކުރީމަ އަޅުގަނޑު ގެ ޓިއުޓޯރިއަލް ވީޑިއޯ ފެންނަ ގޮތަށް ހަދާފަ މި ހުންނަނީ،"

ރައުހާ ބުނީ، އޭނަގެ މަސައްކަތް ކަމުގޮސްގެން އޭނަގެ ފަރާތުން މަސައްކަތް ދަސްކުރަން ބޭނުންވެގެން މީހުން އަހާ ކަމަށެވެ. ނަމަވެސް މަންމަ އަކީ ހައިރިސްކް މީހަކަށް ވާތީއާ އެކު އަދި ފިޒިކަލް ކްލާސް ނެގެން ނެތުމުނާއި މިވަގުތު ވަޒީފާ އެއް ވެސް ނެތުމުން މީހުންނަށް އޭނާގެ އެހީތެރިކަން ފޯރުުކޮށްދެނީ ވިއްކާ ކިޓްތައް މެދުވެރިކޮށް ކަމަށް އޭނާ ބުންޏެވެ.

ރައުހާ ބުނާ ގޮތުން އޭނާ އަކީ އަބަދު ވެސް ކަންކަމާ މެދު ވަރަށް ޕޮޒިޓިވް ކޮށް ވިސްނާ "އޮޕްޓިމިސްޓް" އެކެވެ. ހަޔާތުގެ މަދު އަހަރުތަކުން ދަސްވި ފިލާވަޅުތަކާއެކު އެއްވެސް ކަމެއްގައި ހިއްވަރު ދެރަ ނުކޮށް ކުރިއަށް ދިއުމަކީ ދިރިއުޅުން ކާމިޔާބުކުރަން އޭނާ ހިފާ އަމާޒެވެ. އެއީ އެހެން ޒުވާނުންނަށް ވެސް ރައުހާ ދޭން އޮތް މެސެޖެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox