ކައިވެނިކުރާށެވެ!

ކައިވެނިކުރާށެވެ!

އެންމެ ފުރަތަމަ އިންސާނާގެ ގޮތުގައި މަށިގަނޑަކުން އާދަމްގެފާނު ހެއްދެވި ގޮތާ ހިލާފަށް މުޅިން އެހެން ބާވަތެއްގެ އެއްޗަކުން އާދަމްގެފާނާ އެއްވެސް ގުޅުމެއް ނުވާ ގޮތުގައި ހައްވާގެފާނު ހެއްދެވުމަށް މާތް ﷲ ކުޅަދުންވަންތަ އެވެ. އެކަމަކު މާތް ﷲ ހައްވާގެފާނު ހެއްދެވީ އާދަމްގެފާނުގެ ކަށިކޮޅަކުންނެވެ. އެކަމުގެ ޒަރީއާއިން ފިރިހެންނުންނަކީ އަންހެނުންނަށް ލެނބޭ އަދި އަންހެނުންނަކީ ފިރިހެނުންނަށް ލެނބޭ ބަޔެއްކަމުގައި ވާނެ ފަދައިން ފުރިހަމަ ނިއުމަތެއްގެ ގޮތުގައި ދެ ޖިންސުގެ ދަމާބާރުގެ ތަބީއަތް އެކަލާނގެ ލެއްވި އެވެ. އެހެން ޖިންސަކުން އެއްވެސް މީހަކު ނަހައްދަވައި ހުސް ފިރިހެނުން ނުވަތަ ހަމައެކަނި އަންހެނުން މި ބިމުގައި އިންސާނުންގެ ގޮތުގައި ލެއްވުމަށް މާތް ﷲ ކުޅަދުންވަންތަ އެވެ. އެކަމަކު މާތް ﷲ އިރާދަކުރެއްވީ އެގޮތަކަށް ނޫނެވެ. ދެ ޖިންސުގެ ދަމާބާރާއެކު އިންސާނީ ދަރިފަސްކޮޅު ފޯދި ދުނިޔޭގެ އެކި ބައްރުގައި އެކިކުލައިން އާބާދުވެފައިވާ ރީތި މަންޒަރު މިގޮތުގައި މާ ފުރިހަމަ ނޫންތޯ އެވެ.

އަންހެނުންނާއި ފިރިހެނުންނަކީ އެކަތީގެ ދެ އަރިމައްޗެވެ. އެއްފޮތީގެ ދެފުށެވެ. މާތް ﷲ އާދަމްގެފާނާ އެކުއެކީ ހައްވާގެފާނު ހައްދަވައި، އެއީ ދެ ބައިވެރިންގެ ގޮތުގައި ލެއްވިކަމީ އަހަރެމެން މުސްލިމުން އެކަމަށްޓަކައި ނިކަން އިސްކޮށް ހަޔާތުގެ އެންމެ ކުރީކޮޅުން ފެށިގެން ވިސްނާ ފިކުރުހިންގާން ޖެހޭ ކަމެކެވެ.

"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކަ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވި އެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ. - ރޫމް ސޫރަތުގެ 21 -

އެއްވެސް އެހެން ފަރާތަކަށް ބޭނުން ނުވުމާއި އެގޮތުގައި ފުދިވޮޑިގެންވުމާއެކު އެހެން ހުރިހާ އެއްޗަކުން ހުސްދުރުވެވޮޑިގެން ވުމަކީ މާތް ﷲ ގެ އެއްކައުވަންތަކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެކަމަކު މިބިންމަތީގައި ހަލީފާއިންގެ ގޮތުގައި ލެއްވި އިންސާނާއަށް ބައިވެރިން ބޭނުންވެ އެވެ. އެންމެ އިންސާނެއްގެ ބަދަލުގައި ދުނިޔޭގެ ހަލީފާއިން ކަމުގައި ދެ ޖިންސުން ގިނަގުނަ އިންސާނުން ލެއްވީ އިންސާނުންނަކީ އެކަކު އަނެކަކަށް ބޭނުންވާނެ ބައިވެރިންގެ ގޮތުގައި އެކުގައި ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދައިގަތުމަށެވެ. ދުނިޔަވީ ތަރައްގީތަކާއި ތަހުޒީބުގެ މަގުތައް ފެށޭ ހިސާބަކީ ތިމާގެ ނަފުސާއި ތިމާގެ ޒާތީ ދިރިއުޅުމެވެ. އެދިރިއުޅުމުގެ ތަރައްގީއާއި ތަމައްދުނަށް ބައިވެރިޔަކު ބޭނުންވާނެ އެވެ.

ތިން މީހުން ތެރެއިން އެކަކު މާތް ނަބިއްޔާއަށް ދެންނެވީ ތިމަންނާ މީހަކާ ނީނދެ ހުންނާނީކަމަށެވެ. އަނެކަކު ދެންނެވީ ރޭގަނޑުގައި ނުނިދާ ނަމާދުކުރާނީ ކަމަށެވެ. ތިންވަނަ މީހާ ދެންނެވީ ހުރިހާ ދުވަހަކު ރޯދައަށް ހުންނާނީ ކަމަށެވެ. އެކަމާ ގުޅިގެން މާތް ނަބިއްޔާ އެކަމާ ނުހުރުންތެރިކަން ފާޅުކުރެއްވި އެވެ. ހަދީސް ކުރެއްވި އެވެ. ތިމަންކަލޭގެފާނު ހުރިހާ ދުވަހަކު ރޯދައެއް ނުހިއްޕަވަމެވެ. އަދި ރޭއަޅުކަން ކުރައްވަމެވެ. އެކަމަކު ރޭގަނޑު އަވަހާރަފުޅު ލައްޕަވަމެވެ. އަދި ކައިވެނިކުރައްވަމެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާމެދު ނުރުހިއްޖެ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.

ވަރަށް ސާފެވެ. އަޅުކަމަށްޓަކައި ވެސް ކައިވެނިކުރުން ދޫކޮށްލުމަކީ މާތް ނަބިއްޔާ ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ. ވީއިރު އެހެން އެއްވެސް ސަބަބަކަށްޓަކައި އެކަން ދޫކޮށްލުމަކީ ރަނގަޅުކަމަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. ކައިވެނިކޮށް އާއިލާ ބިނާކުރުމަކީ ނަބިއްޔުންނާއި ރަސޫލުންގެ ދިރިއުޅުމުގެ ފަލްސަފާގެ މުހިންމު ބައެކެވެ. ރަޢުދު ސޫރަތުގެ 38 ވަނަ އާޔަތުގައި ވެ އެވެ.

”ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ."

"އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާ އެވެ. ނުވަތަ ތިންމީހުނާ އެވެ. ނުވަތަ ހަތަރުމީހުނާ އެވެ. ފަހެ އަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާ އެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ." - ނިސާއު ސޫރަތުގެ 3 ވަނަ އާޔަތް -

އަޅުކަންކުރުން ސަބަބަކަށް ހަދައި ކައިވެންޏާ ދުރަށް ދިއުން އެއީ މާތް ނަބިއްޔާ ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ. ސަބަބަކަށްޓަކައި ކަމަކާ ދުރުވުމަށް އެޔަށްވުރެ ހެޔޮ އެހެން ސަބަބެއް ނުވެސް އޮތީހެވެ. މިކަން މިހެން އޮތްއިރު، ތިމާގެ އިއްފަތްތެރިކަން އެކަމަކާ ނުލައި ސަލާމަތްނުކުރެވޭނެ ހާލަތުގައި ތިބި ޒުވާނުންނަށް ގަދަބަސްފުޅުން މާތް ނަބިއްޔާ ވަނީ އިރުޝާދުދެއްވާފަ އެވެ.

"އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ އެކަމަށް ކެރިކުޅަދާނަވެގެންވާ މީހުން ކައިވެނިކުރާހުށިކަމެވެ. ފަހެ އެގޮތް ލޮލަށާއި ލަދުވެތި ގުނަވަނަށް މާ ރައްކާތެރިވެފައި އިއްފަތްތެރި އެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާ މީހުން ރޯދަހިފާށެވެ. ފަހެ ރޯދައަކީ އައްޑަނައެކެވެ."

މިއިރުޝާދަށް ތިންފަހަރަށް ވިސްނާލަން އަޅުގަނޑު ނަސޭހަތްތެރިވަމެވެ. ފުރަތަމައަށް ވިސްނާލަންވީ ލޮލާއި ގުނަވަނުގެ އިއްފަތްތެރިކަމާއި ރައްކާތެރިކަމަށްޓަކައި ކަމުގެ މުހިންމުކަމެވެ. ދެވަނަ ފަހަރަށް ވިސްނާންވީ ކަމަކީ މި ހަދީސްގައި މާތް ނަބިއްޔާ ޒުވާނުންނަށް އިރުޝާދު އެ ދެއްވަނީ ނަފްސާނީ ވަރަށް މުހިންމު ހައްގެއް ނަފުސުގެ މައްޗަށް އަދާކޮށްދިނުމަށެވެ. އެއީ ޖިންސީ އުފާ ލިބިގަތުމުގެ ހައްގެވެ. އެއީ ނަފުސުގެ ހައްގެކެވެ. އެ ހައްގުން ނަފުސު މަހުރޫމުކުރުމަކީ ނަފްސަށް ދެވޭ އަނިޔާއެކެވެ. އިސްވެ ބަޔާންކުރެވުނު ނިސާއު ސޫރަތުގެ 3 ވަނަ އާޔަތުގެ ނިމުމުގައި "އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ." އޮތް ބަސްފުޅުން މުރާދުވެވެނީ ހަމައެކަނި އަނބީންނާމެދު އަދުލުވެރި ނުވެވިގެން ނުކުންނަ އަނިޔާގެ ވާހަކަ އެކަނިކަމުގައި އަޅުގަނޑަކަށް ލަފައެއް ނުވެ އެވެ. އާޔަތް ފެށުމުގައި "ކައިވެނިކުރާށެވެ." އޮތް އަމުރުފުޅާ ހަމައަށް އެ އާޔަތުގެ ނިމުމުގެ އޮތް ބަސްފުޅުން އިޝާރާތް ލިބޭކަމުގައި އަޅުގަނޑު ދެކެމެވެ.

ބައެއް ޒުވާނުން ބުނެ އެވެ. އަދި ތައްޔާރެއް ނޫނެވެ. ފުދުންތެރިއެއް ނޫނެވެ. މި މުސާރައިން ކައިވެނިކޮށްގެން އުޅެވޭނެ ގޮތެއް ނެތެވެ. ކައިވެނި ނުކުރެވި މިހާތަނަށް ހުރީ އެކަމަށް ކެރިކުޅަދާނަ ނުވެގެންކަމުގެ ބަހަނާއަކީ މަގުބޫލު ސަބަބެއްގެ ގޮތުގައި ބަލައިގަނެވުނީހީ މާތް ނަބިއްޔާ އިރުޝާދުދެއްވި ފަދައިން އެ ޒުވާނުން ރޯދަ ހިފަމުންދާނަމަތާ އެވެ.

ކޮންމެ ކަމަކީ ވެސް ކުރީމާ ކުރެވޭ ކަންކަމެވެ. ގޮތް ފެންނާނީ އުޅެގަތީމަ އެވެ. އުންމީދުކުރި ކިތައް ކަންތައް މާބޮޑު ތަނަވަސްކަމަކާ ނުލައި ހާސިލުވެއްޖެ ތޯ އެވެ. ކަންކަން ކުރަން އުޅުމުން ކަންކަން މެދުވެރިކުރައްވައި ފަސޭހަކޮށްދެއްވަނީ މާތް ﷲ އެވެ. ހަދީސްގައި ވެ އެވެ. ތިން މީހެއްގެ ކަންކަން މާތް ﷲ ފަސޭހަކޮށްދެއްވާނެ އެވެ. ﷲ ގެ މަގުގައި ޖިހާދުކުރާ މީހާއާއި އަދާކުރުމުގެ ނިޔަތް އޮވެގެން ސާހިބުމީހާއަށް ލާރިދައްކައިގެން މިނިވަންވުމަށް އެއްބަސްވެގެން އުޅޭ އަޅުމީހާއާއި އިއްފަތްތެރިކަމަށް އެދިގެން ކައިވެނިކުރާ މީހާ އެވެ.

ނޫރު ސޫރަތުގެ 32 ވަނަ އާޔަތަށް ވިސްނާ ފިކުރުކުރާށެވެ.

"އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެ އެވެ. އެ މީހުންނަކީ ފަގީރުން ކަމުގައިވާނަމަ، އެކަލާނގެ ދީލަތިވަންތަކަމުން، އެކަލާނގެ އެމީހުން މުއްސަނދިކުރައްވައިފާނެ އެވެ. ﷲ އީ ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox