ގްރީލިޝް ދެކޭ ގޮތުގައި ސިޓީ އަކީ އިނގިރޭސި އެއް ވަނަ ކްލަބް

Aug 5, 2021, 8:19 PM
ިސިޓީ އަށް ސޮއިކުރުމަށް ފަހު ގްރީލިޝް ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ިސިޓީ އަށް ސޮއިކުރުމަށް ފަހު ގްރީލިޝް ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮގަސްޓް 6) - މެންޗެސްޓާ ސިޓީ އަކީ އިނގިރޭސި އެއް ވަނަ ކްލަބް ކަމަށް އެ ޓީމާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރި އިންގްލެންޑް ގައުމީ ޓީމުގެ ތަރި ޖެކް ގްރީލިޝް ބުނެފި އެވެ.

އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ގްރީލިޝް މިރޭ ވަނީ ސިޓީއާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ގްރީލިޝް، 25، ގަންނަން ސިޓީން ވަނީ 100 މިލިއަން ޕައުންޑް (130 މިިލިއަން ޑޮލަރު)ގެ ފީއެއް އޭނާ ކުޅެމުން އައި އެސްޓަން ވިލާ އަށް ދައްކައިފަ އެވެ. މިއާ އެކު 2016 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ޔުވެންޓަސް އަށް 89 މިިލިއަން ޕައުންޑް (123 މިލިއަން ޑޮލަރު) ދީފައި ގަތް ޕައުލް ޕޮގްބާ، އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ލިސްޓުގެ ދެ ވަނަ އަށް ވެއްޓުނީ އެވެ.

ސިޓީ އަށް ސޮއިކުރުމަށް ފަހު ގްރީލިޝް ބުނީ ސިޓީ ކަހަލަ ވަރުގަދަ ޓީމަކަށް ކުޅުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

"ސިޓީ އަކީ މި ގައުމުގެ (އިނގިރޭސި) އެއް ވަނަ ޓީމު. މި ޓީމުގައި ހުރި ކޯޗަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު (ޕެޕް ގާޑިއޯލާ) ކަމަށް ގިނަ ބަޔަކު އެއްބަސްވާ ކޯޗެއް. މި ޓީމަށް އައި އެންމެ ބޮޑު ސަބަބަކީ ކެރިއަރުގައި ކާމިޔާބީތަކެއް ހޯދަން. މިއީ ރަނގަޅު ނިންމުމެއް. ކެރިއަރުގައި ކުރިއަށްދިއުމުގައި މުހިއްމު ވަގުތުގައި ރަނގަޅު ނިންމަން ޖެހޭ. މިއީ އެ ފަދަ ވަގުތެއް،" ގްރީލިޝް ބުންޏެވެ.

ގްރީލިޝް އަކީ މިދިޔަ ދެ އަހަރަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި އެއް ކުޅުންތެރިޔާ އެވެ. ސިޓީ ޖޯޒީގައި ގްރީލިޝް ކުޅޭ ފުރަތަމަ މެޗަކީ ހޮނިހިރު ދުވަހުގެރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ސިޓީން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ވުމުގެ ފުރުސަތު ބޮޑެވެ.

ގްރީލިޝްގެ ސޮއި ހޯދުމުގައި ޑިބްރޭނާ މުހިއްމު ރޯލެއް ކުޅުނު

ސިޓީ އަށް ސޮއިކުރުމަށް ފަހު އެ ކްލަބްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުގައި ގްރީލިޝް ވަނީ ސިޓީގެ މިޑްފީލްޑަރު ބެލްޖިއަމްގެ ކެވިން ޑިބްރޭނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ގްރީލިޝް ވަނީ ޑިބްރޭނާ އަކީ އޭނާގެ ނަޒަރުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެފަ އެވެ.

ނޭޝަންސް ލީގުގައި ބެލްޖިއަމާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން ޑިބްރޭނާ (ކ) އާއި ގްރީލިޝް.

ބެލްޖިއަމްގެ ނޫހަކުން މީގެ ދެ ދުވަސް ކުރިން އާންމުކޮށްފައިވާ ރިޕޯޓަކަށް ބަލާއިރު، ގްރީލިޝްގެ ސޮއި ސިޓީ އަށް ހޯދައިދޭން ޑިބްރޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އެ ގޮތުން މި މަސައްކަތް ފެށުނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމާއި އިންގްލެންޑް ކުޅުނު މެޗެއްގެ ތެރެއިންނެވެ. ބެލްޖިއަމް 2-0 އިން އެ މެޗުން މޮޅުވި ނަމަވެސް ގްރީލިޝްގެ ފަރާތުން ފެނުނު މޮޅު ކުޅުމާ އެކު ޑިބްރޭނާ ވަނީ ގްރީލިޝް ސިޓީ އަށް އަންނަން މެޗަށް ފަހު ދައުވަތުދީފަ އެވެ.

އެ މެޗަށް ފަހު ގްރީލިޝް އާއި ޑިބްރޭނާ ގަވާއިދުން ފޯނުން ވާހަކަ ދައްކަމުން ދިޔަ ކަމަށް ބެލްޖިއަމްގެ އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ. އަދި ޑިބްރޭނާ ވަނީ ގްރީލިޝް ސިޓީއާ ގުޅެން ޝައުގުވެރިވާކަން ސިޓީގެ ކޯޗު ގާޑިއޯލާ އާއި ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް އަށް އަންގައިފަ އެވެ.

އޭގެ ފަހުން ޑިބްރޭނާ ވަނީ އެކި އިންޓަވިއުތަކުގައި ގްރީލިޝް އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ގްރީލިޝް ވެސް ވަނީ އެސްޓަން ވިލާ ޓީވީ އަށް މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ޑިބްރޭނާ ފަދަ ކުޅުންތެރިންނާ އެކު ކުޅެލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެސްޓަން ވިލާގެ އެކަޑަމީން ތަމްރީންވި ގްރީލިޝް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ނޮޓްސް ކައުންޓީ އަށް ކުޅެފަ އެވެ. ޒުވާން އުމުރުގައި އެސްޓަން ވިލާ ސީނިއާ ޓީމަށް ވެސް ކުޅެން ފެށި ގްރީލިޝް ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 295 މެޗުން 43 ގޯލު ޖަހައި 59 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox