ޒުވާން މަސްވެރިޔާ އާ އެކު މިފަހަރު ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް!

ޒުވާން މަސްވެރިޔާ އާ އެކު މިފަހަރު ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް!

ޒުވާން މަސްވެރިޔާ ނުވަތަ ހަސަން ސާޖިން ފޮންޏަކަށް ނޫނެވެ. ކުރިއަށް އޮތް ދޮޅު އަހަރަށް ކޮއްތު ހަރަދު ހިސާބުކޮށް، ފޮށި ތަންމަތި ބަނދެ ރިޔާ ހެޔޮވަރުކޮށް އޭނާ ތައްޔާރުވަމުން އެދަނީ ތާރީހީ ދަތުރަކަށެވެ. އެ ދަތުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އޭނާ އަރާނެ އެވެ. ރީތި ފަޅެއް ގިރި އެއް އޮތަސް ފީނާނެ އެވެ. ރަށްރަށުގެ މަސްވެރިންނާ އެކު މަހަށް ދާނެ އެވެ. ދަނޑުވެރިންނާ އެކު ދަނޑަށް ދާނެ އެވެ. އެއިން ކޮންމެ ރަށަކުން ނާއުންމީދާއި އުންމީދުގެ މަންޒަރުތަކާއި ވާހަކަތައް ކެމެރާއަށް ނަގައި އެ ތަކެތި މިލިއަނުން މީހުން ބަލާ އޭނާގެ ސޯޝަލް މީޑިއާ ފީޑުތަކަށް އަޅާނެ އެވެ. "ޑިސްކަވާ މޯލްޑިވްސް ވިތު ޒުވާން މަސްވެރިޔާ" ގެ މި ދަތުރެއްގައި މުޅި ރާއްޖެ އޭނާ "ޑިސްކަވާ" ކުރާނެ އެވެ.

އުމުރުން ތޭވީހަކަށް އަހަރު ވީ އިރު، ހިތުލި ހުރިހާ ކަމެއް ހާސިލުކޮށް، ފުޅާ މަސްވެރިކަމުގެ ދާއިރާގައި ބްރޭންޑެއްގެ ގޮތުގައި ފައި ހަރުކޮށްގެން ހުރި މި ޗެމްޕިއަނެއް މި ދައްކާ ވާހަކަ އަކީ "ފޮންޏެ"ކޭ ހީވިޔަސް، އޭގައި ބަރުދަން ހުރިކަން މިހާތަނަށް ވެސް އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ. އެހެންވީމާ މި ދަތުރެއް ހަގީގަތަކަށް ހަދަން ހިފާފައި ސާޖިން ބުނާ ބަހަކާމެދު ޝައްކެއް ނެތެވެ.

Advertisement
ސާޖިން މޫދު އަޑީގައި ދިވެހި ދިދަ އާއި އެކު: އޭނާ ދަނީ ރާއްޖޭގެ އެެއްކޮޅުން އަނެއްކޮޅަށް ދަތުރެއް ކުރަން ތައްޔާރުވަމުން
ސާޖިން މޫދު އަޑީގައި ދިވެހި ދިދަ އާއި އެކު: އޭނާ ދަނީ ރާއްޖޭގެ އެެއްކޮޅުން އަނެއްކޮޅަށް ދަތުރެއް ކުރަން ތައްޔާރުވަމުން

ސާޖިން މޫދު އަޑީގައި ދިވެހި ދިދަ އާއި އެކު: އޭނާ ދަނީ ރާއްޖޭގެ އެެއްކޮޅުން އަނެއްކޮޅަށް ދަތުރެއް ކުރަން ތައްޔާރުވަމުން

"އޭގައި އޮތީ މިހާރު މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި މިކަހަލަ ތަންތަނަށް ފޮނުވާފައި ހުރި ޕްރޮޕޯސަލްތަކަށް ޖަވާބު ލިބުނު އަވަހެއް. އަހަރެން މި މަސައްކަތް ކުރަނީ އަހަރެންނަށް ލިބިފައި އޮތް ޕްލެޓްފޯމް މެދުވެރިކޮށް ރަށްތަކާއި މީހުންގެ ދިރިއުޅުމުގެ ހާލަތަށް ކުޑަ ވިޔަސް ހެޔޮ ބަދަލެއް ގެނެވޭތޯ،" ސާޖިންގެ މި ދަތުރެއްގެ ވާހަކަ ފަށައިގަނެފައި މިހާރު ދަތުރުގެ ތައްޔާރީ އޮތް ހިސާބުގައި ރޮނގު އަޅައިދިނެވެ.

"ބޮޑު ދަތުރެއް ވީމަ، ހުރުމާއި ކެއުމާއި ދަތުރުމައްޗަށް އެކަނި ދާނެ ހަރަދު އަންދާޒާކޮށްޕަ ޕްރޮޕޯސަލް ފޮނުވަމުން މި ދަނީ."

ދާ ބާރު މިނުގައި ރަށަކަށް ފަހު ރަށެއް ނަގައިގެން ފޭބުމަށްވުރެ އޭނާގެ މި ދަތުރާ ގުޅިފައިވާ ޕްލޭންތައް މާ ވަރުގަދަ ކަމަށް ސާޖިން ބުންޏެވެ. ރަށް ތަކަށް އޭނާ ދަތުރު ކުރަނީ އެރަށްރަށުގެ މީހުންނާ އެކު އެމީހުންގެ ދިރިއުޅުން އުޅެ ތަޖުރިބާ ކުރުމަށެވެ. މީހުންނަށް ދިމާވެފައިވާ އުނދަގޫތަކާއި ރަށްރަށުގައި ހުރި ދަތި ކަންކަން ފާހަގަކޮށް އެކަންކަން ފެންނަ ފަށަށް ތިލަކޮށްދިނުމަށެވެ. ފޮރުވިފައިވާ ރީތި ދިރިއުޅުންތަކާއި ހިތްގައިމު ރާއްޖޭގެ ރީތި ކުލަތައް އޭނާގެ "ވާޗުއަލް" އަތް ފޯރި ހިސާބަކަށް ގެންގޮސް ދިނުމަށެވެ.

"އަހަރެން ގަބޫލުކުރަނީ، ރަށަކަށް އަރާލާ އެންމެ ދުވަހަކުން ދެ ދުވަހަކުން މިކަހަލަ ކަންކަން ނޭނގޭނެ ކަމަށް. އެހެންވީމާ ބޭނުންވަނީ މަސްވެރި ރަށެއް ވެއްޖިއްޔާ އެރަށެއްގެ މަސްވެރިންނާއެކު މަހަށް ވެސް ދާން. އެރަށުގެ ދަނޑުވެރިންނާ އެކު ދަނޑަށް ވެސް ދާން. ފީނާނެ ރީތި ސްޕޮޓެއް އޮވެއްޖިއްޔާ ފީނާ ހަދާލަން. އޭރުން މީހުންނާއި ވެއްޓާއި ދިރިއުޅުމާ ކަނެކްޓް ވާން،" ސާޖިން ބުންޏެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox