ޕާސްޕޯޓު ދޫކޮށްލުމުން ޖާބިރު ރާއްޖެއިން ބޭރަށް

މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު: އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން. -- ފޮޓޯ/މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު: އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން. -- ފޮޓޯ/މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލުމާ އެކު ރާއްޖެ އިން ބޭރަށް މިއަދު ފުރާވަޑައިގެންފި އެވެ.

ވިޔަފާރިވެރިޔާ ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ, މުވައްޒަފަކަށް ދޭން ޖެހޭ ފައިސާގެ މައްސަލައެއްގަ އެވެ.

ޖާބިރު "އަދަދު"އަށް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ މީހަކަށް ދައްކަން އޮތް ފައިސާކޮޅު ދައްކައި މައްސަލަ ހައްލުވުމުން ކަމަށެވެ. އޭނާ ވަޑައިގަންނަވަނީ އެމެރިކާގެ ނިއު ޔޯކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މާބޮޑު މައްސަލައެއް ނޫން [ކޯޓުގައި] އެއީ, އަޅުގަނޑުގެ ޕާސްޕޯޓް ލިބިއްޖެ," ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ ޕާސްޕޯޓް ދޫކޮށްފައިވާ ކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު (ހަނަފީ) ކަށަވަރުކޮށްދެއްވި އެވެ. ކޯޓުން ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލީ ވަކި މުއްދަތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޖާބިރު މި ފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އޮށޯވެ އޮންނަވައި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު ކިނބިގަސްދޮށުގެ ކައިރީގައި ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ. މަޖިލިސް ކައިރިއަށް ވަޑައިގަތީ ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ނުހިނގާތީ ކަމަަށާއި މައުމޫނާ މެދު ނުރުހުން އޮތީ އޭނާގެ އަތުން ނެންގެވި ލޯނެއް އަނބުރާ ނުދައްކަވާ މައްސަލައިގައި ކަމަށް ވިދާޅުވި އެވެ.

ޖާބިރު ތުހުމަތު ކުރައްވާ އަދި ފުލުހަށް ވެސް މައްސަލަ ހުށަހެޅި ލޯނެއް ނަންގަވާފައި ނުވާނެ ކަމަށް ވިދާޅުވެ ޖާބިރުގެ ވާހަކަ މައުމޫންގެ ފަރާތްޕުޅުން ވަނީ ދޮގުކޮށްފަ އެވެ.

މަޖިލީސް ޖަލްސާތަކުގައި ވެސް އަޑުގަދަކުރައްވައި ބައެއް ފަހަރު އިހްތިޖާޖްކުރައްވާ ޖާބިރުގެ އަމަލުތަކުން މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމުގެ ކަންބޮޑުވުން ސުލޫކީ ކޮމިޓީގެ މުގައްރިރު ޔާސިރު އަބްދުއްލަތީފް ވަނީ ފާޅުކުރައްވައިފަ އެވެ.

އެކަމަކު މެމްބަރެއްގެ މައްސަލަ ކޮމިޓީއަށް ބެލޭނީ ހުށަހެޅުމުން ކަަމަށާއި މިހާތަނަށް މައްސަލަ ހުށަހަޅާފައި ނުވާ ކަަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox