ވައި ތަގައްޔަރު ވާތީ ފްރާންސްގެ ސަރުކާރު ރިކޯޑް އަދަދަކުން ޖޫރިމަނާކޮށްފި

ތަގައްޔަރުވެފައިވާ ވައިގެ ތެރެއިން ފްރާންސްގެ މަޝްހޫރު އައިފެލް ޓަވަރު.-- ފޮޓޯ: އޭއެފްޕީ

ތަގައްޔަރުވެފައިވާ ވައިގެ ތެރެއިން ފްރާންސްގެ މަޝްހޫރު އައިފެލް ޓަވަރު.-- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (އޯގަސްޓު 4) - ފްރާންސްގެ ވައި ތަގައްޔަރުވުމުގެ މައްސަލައަށް ހައްލެއް ގެނެވިފައި ނުވާތީ އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން ރިކޯޑު އަދަދަކުން ސަރުކާރު ޖޫރިމަނާކޮށްފި އެވެ.

ކައުންސިލް އޮފް ސްޓޭޓުން ރައީސް އިމޭނުއެލް މެކްރޯންގެ ސަރުކާރު ޖޫރިމަނާ ކުރީ 12 މިލިއަން ޑޮލަރުންނެވެ. ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލު ކުރަން އަވަސް ފިޔަވަޅު ނާޅައިފި ނަމަ ވަރަށް އަވަހަށް އަނެއްކާވެސް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ކޯޓުން ދިނެވެ.

ތިމާވެށީގެ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުގެ އަމަލުތައް އެ ކޯޓުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ބުދަ ދުވަހު ޖޫރިމަނާ ކުރިކަން އިއުލާނު ކުރުމަށް ފަހު ކޯޓުން ބުނީ ވައި ތަގައްޔަރުވުން ކޮންޓްރޯލް ކުރަން ސަރުކާރުން އެޅި މަދު ފިޔަވަޅުތައް ތަންފީޒު ކުރި ކަމާ މެދު ޝައްކު ކަމަށާއި އެއްވެސް އެދެވޭ ބަދަލެއް އައިތޯ ވެސް ބަލާފައި ނުވާ ކަމަށެވެ.

މިދިޔަ އަހަރު، އެ ކޯޓުން ބުނީ ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލު ކުރަން ސަރުކާރަށް އެންގީ 2017 ވަނަ އަހަރު ނަމަވެސް އޭގެ ފަހުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ކޯޓުގެ އެންގުމާ އެއް ގޮތަށް އަމަލު ކުރަން ހަ މަހުގެ މުއްދަތެއް ސަރުކާރަށް ދިނެވެ. އެ މުއްދަތުގައި އެކަށީގެންވާ ފިޔަވަޅު ނާޅައިފި ނަމަ، ވައިގެ ކޮލިޓީ ރަނގަޅު ވަންދެން ކޮންމެ ހަ މަހަކުން 12 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.

އޭރު ދިން ހަ މަހުގެ މުއްދަތު ހަމަވުމާއެކު ބުދަ ދުވަހު ވަނީ 12 މިލިއަން ޑޮލަރުން ސަރުކާރުން ޖޫރިމަނާކޮށްފަ އެވެ.

ކޯޓުން ބުނީ ފޮސިލް ފިޔުލް އެންދުމުން ނުކުންނަ ނައިޓްރޮޖަން އޮކްސައިޑް ގޭސް ފަސް އާބަން ސަރަހައްދެއްގެ ވައިގެ ތެރޭގައި ވަރަށް ގިނައިން ހިމެނޭ ކަމަށެވެ. އެ ސަރަހައްދުތަކަކީ ޕެރިސް، ލިޔޯން، މާސޭ، ޓޫލޫ އަދި ގްރެނޮލްބް އެވެ. އާއްމު ގޮތެއްގައި އެ ގޭސް ބޭރު ކުރަނީ ކާރުތަކުންނެވެ.

އޭގެ އިތުރުން ޕެރިސްގެ ވައިގެ ތެރޭގައި ވަރަށް މަތި މިންވަރަކަށް ޕީއެމް10 މައިކްރޯ ޕާޓިކަލް ހިމެނޭ ކަމަށް ބުންޏެވެ.

ދެހާސް ބާވީސް ވަނަ އަހަރު ފެށުމުން ވައި ތަގައްޔަރުވެފައިވާ މިންވަރު އަލުން ބަލާނެ ކަމަށާއި އޭގެ ފަހުން އަނެއްކާ ވެސް ޖޫރިމަނާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ކޯޓުން ދިނެވެ.

ކައުންސިލް އޮފް ސްޓޭޓުން ބުނީ ބުދަ ދުވަހު ކުރި ޖޫރިމަނާގެ ފައިސާ ސަރުކާރުން ދެއްކުމުން އެ އަދަދު ބަހާލާނީ ވައި ތަގައްޔަރުވުމާ ދެކޮޅަށް މަސައްކަތް ކުރާ އެކި އެޖެންސީތަކަށް ކަމަށެވެ.

އެގޮތުން މި މައްސަލަ އެންމެ ފުރަތަމަ ކޯޓަށް ވެއްދި ފްރެންޑްސް އޮފް ދަ އާތު ޖަމިއްޔާއަށް 100،000 ޔޫރޯ ދޭން ފަނޑިޔާރުން ކަނޑައެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox