މުރަކައަށް ގެއްލުންވާ ސަންސްކްރީން ބޭނުން ކުރުން ތައިލޭންޑުގައި މަނާކޮށްފި

ތައިލޭންޑަކީ ފަތުރުވރިންގެ މެދުގައި މަގްބޫލް މަންޒިލެއް.-- ފޮޓޯ: އޭއެފްޕީ

ތައިލޭންޑަކީ ފަތުރުވރިންގެ މެދުގައި މަގްބޫލް މަންޒިލެއް.-- ފޮޓޯ: އޭއެފްޕީ

ބެންކޮކް، ތައިލޭންޑް (އޯގަސްޓު 4) - ތައިލޭންޑުގެ މެރީން ނޭޝަނަލް ޕާކުތަކުގައި ހުންނަ މުރަކައަށް ގެއްލުން ލިބޭ ކެމިކަލް އެކުލެވޭ ސަންސްކްރީން ބޭނުން ކުރުން މަނާކޮށްފި އެވެ.

ތައިލޭންޑުގެ ބީޗުތަކަކީ އެތައް މިލިއަން ފަތުރުވެރިންގެ މަގްބޫލުކަން ލިބިފައިވާ ތަނެކެވެ. ނަމަވެސް އިރުގެ ނުރައްކާތެރި ދޯދިތަކުން ރައްކާތެރިވުމަށް ފަތުރުވެރިން ބޭނުން ކުރާ ލޯޝަންގެ ސަބަބުން މުރަކަތަކުގެ ނިޒާމަށް ގެއްލުން ލިބި، މުރަކަ އާލާވުން މަޑުޖެހެމުންދާ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.

ބުދަ ދުވަހު އަމަލު ކުރަން ފެށި ގަވާއިދުގެ ދަށުން ވަކި ކެމިކަލްތަކެއް ހިމެނޭ ސަންސްކްރީން ބޭނުން ކުރުން މަނާވާނެ އެވެ. އެއީ އޮކްސިބެންޒޯން، އޮކްޓިނޮކްސޭޓް، 4-މެތިލްބެންޒިލިޑީން ކެމްފޯ އަދި ބިޔުޓިލްޕެރެބެން ކެމިކްލްތަކެވެ.

ތައިލޭންޑުން ބުނީ އެ ކެމިކަލްތަކުގެ ސަބަބުން މުރަކަ އާއި ފަރުތައް އާލާވުމަށް ހުރަސް އެޅޭ ކަމަށާއި ބޮޑެތި ގެއްލުންތަކެއްވާ ކަމަށާއި ފަރުތައް ހުދުވުން ނުވަތަ ބްލީޗްވުމުގެ މައްސަލައަށް މަގުފަހި ކުރުވާ ކަމަށް ސައިންސްގެ ހެކިތަކުން ސާބިތުވާ ކަމަށެވެ.

މީގެ ކުރިން މިފަދަ ސަންސްކްރީން ބޭނުން ކުރުން މަނާކޮށްފައިވާ ތަންތަނަކީ ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ ޕަލާއޫ އާއި އެމެރިކާ އައިލެންޑް ސްޓޭޓް ހަވާއީ އެވެ.

ތައިލޭންޑުގައި އަލަށް އަމަލު ކުރަން ފެށި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް 3،000 ޑޮލަރުގެ ޖޫރިމަނާއެއް އައުން އެކަށީގެންވެ އެވެ. އެ ގަވާއިދު ތަންފީޒު ކުރާނެ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox