ޔާމީން މަރު ކޮމިޝަނަށް ޖަވާބު ނުދެއްވީ ކުރާ ތުހުމަތުތައް ސާފުކޮށްނުދިނުމުން: ޑރ. ޖަމީލް

ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް: ވިދާޅުވީ ކޮމިޝަނުގެ މެމްބަރުން އިއްޔެ އަމަލު ކުރެއްވީ ރަނގަޅަށް ނޫން ކަމަށް -- ފޯޓޯ: ހުސެއިން ސަޔާހު/އަދަދު

ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް: ވިދާޅުވީ ކޮމިޝަނުގެ މެމްބަރުން އިއްޔެ އަމަލު ކުރެއްވީ ރަނގަޅަށް ނޫން ކަމަށް -- ފޯޓޯ: ހުސެއިން ސަޔާހު/އަދަދު

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައިގައި އިއްޔެ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރުމުން ސުވާލުތަކަށް ޖަވާބުނުދެއްވީ ކުރާ ތުހުމަތުތައް ސާފުކޮށް ނުދެއްވުމުން ކަމަށް އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އިއްޔެ ބުނެފައި ވަނީ މުހިންމު ކަންތައްތަކެއް އޮޅުންފިލުވުމަށް އިއްޔެ ޔާމީން ހާޒިރުކުރި ނަމަވެސް "ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް" އެމަނިކުފާނު ހުންނެވީ ހަނު ކަމަށެވެ.

އެކަމަކު، ގާނޫނު އަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގުގެ ބޭނުން ޔާމީން ކުރެއްވިތޯ އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޖަމީލް އާ "އަދަދު" އިން ސުވާލު ކުރުމުން ވިދާޅުވީ "އެމަނިކުފާނަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރެއްވި" ކަމަށެވެ. ނަމަވެސް ޔާމީންގެ މައްޗަށް "ކުރާ ތުހުމަތު ކޮމިޝަނަށް ސާފުނުކޮށްދެވުމުން، އިތުރަށް ޖަވާބުނުދެއްވީ" ކަމަށް ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ތަހުގީގު މަރު ކޮމިޝަނުން ގެންދާ ގޮތާ ގުޅޭ ގޮތުން ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ކޮމިޝަނުގެ މެމްބަރަކު ރައީސް ޔާމީންއާ މުއާމަލާތް ކުރެއްވުމުގައި ހަޅޭއްލަވައި ހެއްދެވި ކަމަށް ވިދާޅުވެ މެމްބަރުންގެ މުސްތަގިއްލުކަމާ މެދު ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.

"ކޮމިޝަން މަސައްކަތް ކުރަނީ ސަރުކާރުގެ އޯޑަރަށް ކަމަށާއި އެއީ މިނިވަން މުސްތަގިއްލު ބައެއް ނޫން ކަމަށް އަޅުގަނޑުމެން މި ބުނާ ބުނުމަށް ބާރު ލިބެނީ މި ގޮތަށް [ކޮމިޝަނުން] އަމަލު ކުރީމަ،" ޖަމީލް ވިދާޅުވި އެވެ.

މަރުގެ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް މި ނޫހާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވެފައި ވަނީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރީ "އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން" ކަމަށެވެ.

"ރިލްވާންގެ އާއިލާ އާއި އެހެންނިހެން ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން. ނަމަވެސް ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ދައުލަތުގެ އެންމެ މަތީ މަގާމް އަދާ ކުރައްވާފައިވާ އެފަދަ ބޭފުޅަކު އެއްބާރުލުން ނުދެއްވާ ހަނު ހުންނަވާފައިވާތީ ކޮމިޝަނުން ހިތާމަ ކުރަން،" އޭނާ ވިދާޅުވި އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ކުރީގެ ރައީސް ޔާމީންއާ ސުވާލު ކުރާއިރު، ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ރިލްވާން މައްސަލައިގައި ޔާމީންއަށް ދައުވާ ކުރެވޭނެ ހެކި ލިބިފައި ނެތް ކަމަށެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox