17 މިލިއަން ބެހެއްޓީ ދޫވެހީގައި، ޑޮލަރު ގަނެ ޔާމީން ބޭނުންވީ އެކައުންޓަށް އެކަށީގެންވާ އަދަދެއް ލާން

ރައީސް ޔާމީން: ތަހުގީގު ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސިޔާމަށް ދިން ފައިސާއަކީ ސިޔާސީ ގޮތުން ލިބިފައި ހުރި ފައިސާ - ފޮޓޯ: އަހުމަދު ޝުރާއު

ރައީސް ޔާމީން: ތަހުގީގު ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސިޔާމަށް ދިން ފައިސާއަކީ ސިޔާސީ ގޮތުން ލިބިފައި ހުރި ފައިސާ - ފޮޓޯ: އަހުމަދު ޝުރާއު

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ؛ ދިފާއެއްގެ ގޮތުން އެމަނިކުފާނު ދައްކަވަނީ ޑޮލަރުގެ މުއާމަލާތެއްގެ ވާހަކަ އެވެ.

މި ދައުވާގެ ޝަރީއަތް ކޯޓުުގައި ކުރިއަށްދާއިރު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވިދާޅުވި ގޮތުން ނަމަ، އެ މުއާމަލާތް ހިންގެވީ އެމަނިކުފާނު ސިޔާސީ މަސައްކަތްތަކުގައި އެކުގައި އުޅުއްވި ރަހުމަތްތެރިޔާ، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްއާ އެކުގަ އެވެ.

މި މުއާމާލާތުގެ ތަފްސީލްތަކަކާ ހަމައަށް ވަކީލުން އަދި ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ޔާމީން ތަހުގީގަށް ދެއްވި ބަޔާނުގެ ކޮޕީއެއް "އަދަދު"އަށް ލިބިފައިވާ އިރު، އެމަނިކުފާނުގެ ވާހަކަތަކުގައި، ތުހުމަތުތަކުން ދިފާއުވާން ފައިސާގެ މުއާލާތް ހިންގެވި ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ.

ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު ވަނީ ގަބޫލުކޮށްފަ އެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.

ޔާމީންގެ ނަމުގައި އޮތް އިސްލާމިކް ބޭންކްގެ ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށް ފަހު، ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް މަންފާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ސިޔާމްއާ އެކު މުއާމަލާތް ހިންގެވި ގޮތް

ޔާމީން ތަހުގީގަށް ކިޔައި ދެއްވި ގޮތުގައި ދައުލަތުން ތުހުމަތުކުރާ 1.1 މިލިއަން ޑޮލަރު ލިބުނީ، އެ އަދަދަށްވާ 17 މިލިއަން ރުފިޔާ، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްއާ ހަވާލުކުރެއްވުމުންނެވެ. މި މުއާމަލާތް ސިޔާމްއާ އެކު އެމަނިކުފާނު ހިންގެވީ 2016 ގައި ކަމަށް ތަހުގީގަށް ވިދާޅުވި އެވެ.

ސިޔާމް އަތުން 1.1 މިލިއަން ޑޮލަރު ގަތީ، ޔާމީން ވިދާޅުވެފައިވާ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް އެކަށީގެންވާ އަދަދެއް ޖަމާކޮށްފައި ބެހެއްޓުމަށެވެ.

ތަހުގީގަށް ކިޔައި ދެއްވި ވާހަކަތަކުން އެނގޭ ގޮތުގައި ޔާމީން މި މުއާމަލާތް ހިންގަވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރި ފަހުންނެވެ.

ޔާމީން، އަދީބު އަދި ސިޔާމްއާއެކު: ޑޮލަރު މުއާމަލާތުގެ ތަފްސީލް ވަނީ ކިޔައިދެއްވާފައި --
ޔާމީން، އަދީބު އަދި ސިޔާމްއާއެކު: ޑޮލަރު މުއާމަލާތުގެ ތަފްސީލް ވަނީ ކިޔައިދެއްވާފައި --

ޔާމީން، އަދީބު އަދި ސިޔާމްއާއެކު: ޑޮލަރު މުއާމަލާތުގެ ތަފްސީލް ވަނީ ކިޔައިދެއްވާފައި --

ޔާމީން ވިދާޅުވީ ޑޮލަރުގެ މުއާމަލާތް ހިންގެވުމަށް ވާހަކަ ދެއްކެވީ ހަމައެކަނި ސިޔާމްއާ ކަމަށެވެ. ފައިސާގެ ހުރިހާ ކަމެއް ކުރިއަށް ގެންދެވީ އެމަނިކުފާނު ގެކޮޅު، ދޫވެހީގައި ކަަމަށް ވެސް ވިދާޅުވި އެވެ.

ސިޔާމްއާ އެކު އެއްބަސްވެވުނު ގޮތަށް ފުރަތަމަ ސަން އިންވެސްޓްމެންޓް އެކައުންޓުން 1.1 މިލިއަން ޑޮލަރު ޓްރާންސްފާކުރުމުން، އެ ފައިސާ ލިބުނު ކަމުގެ ލިޔުމުގައި ސޮއިކުރީ އަމިއްލަ ގޭގައި ސިޔާމްގެ ފަރާތުން މީހެއްގެ ހާޒިރުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ޑޮލަރުގެ ބަދަލުގައި ފައިސާއާ ހަވާލުވާން ދޫވެއްސަށް ސިޔާމްގެ ފަރާތުން ފޮނުވީ ކާކު ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ތަހުގީގަށް ޔާމީން ވިދާޅުވެފައިވެ އެވެ.

"ސަން އިންވެސްޓްމަންޓުން އަޅުގަނޑު ގަތް ޑޮލަރަށްވާ ދިވެހި ރުފިޔާ އަޅުގަނޑު ވާނީ ނަގުދު ފައިސާއިން އަހުމަދު ސިޔާމް ފޮނުވި މީހަކަށް (ކާކުކަން ބުނަން ނޭނގޭ) ހަވާލުކޮށްފަ،" ތަހުގީގު ބަޔާނުގައިވެ އެވެ.

ތަހުގީގަށް ބަޔާން ދެއްވި އިރު އެއީ ކާކު ކަން އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް، ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި އެ މީހަކީ ލަންކާގެ ރައްޔިތެއް ކަމަށްވާ މިސްޓަ ތަންގްރާޖެވެ. އެއީ ސަން ސިޔާމްގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.

ޑޮލަރު ވިއްކި ކަމުގެ އިންވޮއިސް ވީ ތަނެއް ނޭނގެ!

ގޭގައި ބެހެއްޓެވި 17 މިލިއަން ރުފިޔާއަކީ ޔާމީން ތަހުގީގަށް ވިދާޅުވި ގޮތުން ނަމަ އެމަނިކުފާނުގެ އާމްދަނީން ލިބުނު ފައިސާ އާއި ސިޔާސީ ހަރަކާތް ހިންގުމަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާ އެވެ.

އެ ފައިސާއަކީ އާމްދަނީ އަދި ސިޔާސީ ގޮތުން ލިބިފައިވާ ފައިސާ ކަމަށް ޔާމީން ވިދާޅުވެފައިވީ ނަމަވެސް، ދައުލަތުން ބުނެފައިވާ ގޮތުގައި އެއީ އާމްދަނީއާ ނުބައްދަލު އަދަދެކެވެ.

އެހެންވެ، ދައުވާގައި ދައުލަތުން ވަނީ ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާ އާއި މުދާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފަ އެވެ.

ޑޮލަރު ގަތުމުގެ މުއާމަލާތް ހިންގުމަށްފަހު ސިޔާމްގެ ކުންފުނި ސަން އިންވެސްޓްމެންޓުގެ ފަރާތުން އިންވޮއިސްއެއް ޔާމީނަށް ދިން ނަމަވެސް، އެ އިންވޮއިސް ވީތަނެއް ނޭނގެ އެވެ.

"ސަން އިންވެސްޓްމެންޓުގެ ފަރާތުން ވެސް އަޅުގަނޑަށް ޑޮލަރު ވިއްކި ކަމުގެ އިންވޮއިސްއެއް އަޅުގަނޑަށް ދީފައިވޭ، ނަމަވެސް އެ ލިޔުން މިހާތަނަށް ވަނީ ނުފެނިފައި،" ޔާމީން ވިދާޅުވެފައިވެ އެވެ.

ނަރީޝް ހެއްކަށްވި ކަމުގެ ވާހަކަ ބަޔާނުގައި ނެތް

ފުއްގިރި މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ ފަރާތުން ވަނީ ސިޔާމްއާއެކު ހިނގި ކަމަށް ބުނާ ޑޮލަރު މުއާމަލާތާ ގުޅޭ ބައެއް ހެކިތައް ހުށަހަޅާފަ އެވެ.

އެގޮތުން، ޔާމީންގެ ވަކީލް ވިދާޅުވި ގޮތުގައި ސިޔާމްގެ ފަރާތުން ފައިސާއާ ހަވާލުވިއިރު ޔާމީންގެ ފަރާތްޕުޅުން ހެކިންގެ ގޮތުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އިތުރު މީހަކު އެތަނުގައި ތިއްބެވި އެވެ.

އެ މީހުންގެ ނަން ހެކިންގެ ގޮތުގައި ހުށަހެޅި އެވެ.

ނަމަވެސް، ޔާމީން ތަހުގީގަށް ދެއްވި ބަޔާނުގައި މިކަން ފާހަގަކުރައްވާފައެއް ނުވެ އެވެ.

ޔާމީން، ނަރީޝްއާއެކު: ތަހުގީގު ބަޔާނުގައި ނަރީޝްގެ ވާހަކަ ވިދާޅުވެފައެއް ނުވޭ
ޔާމީން، ނަރީޝްއާއެކު: ތަހުގީގު ބަޔާނުގައި ނަރީޝްގެ ވާހަކަ ވިދާޅުވެފައެއް ނުވޭ

ޔާމީން، ނަރީޝްއާއެކު: ތަހުގީގު ބަޔާނުގައި ނަރީޝްގެ ވާހަކަ ވިދާޅުވެފައެއް ނުވޭ

"ފުއްގިރި ކުއްޔަށް ދިނުމުގައި ބައިވެރިވުމެއް ނޯންނާނެ"

އެކައުންޓަށް ވަދެފައިވާ 1.1 މިލިއަން ޑޮލަރަކީ ފުއްގިރިއާ ގުޅޭ ރިޝްވަތެއް ކަމަށް ޔާމީންގެ މައްޗަށް ތުހުމަތުކުރާތީ، އެމަނިކުފާނު ވަނީ ތަހުގީގުގައި އެކަން ދޮގު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މަގާމުގެ ބޭނުންކޮށްގެން އެއްވެސް ފައިދާއެއް ހޯދައި އެހެން މީހަކަށް ވެސް ފައިދާއެއް ހޯދައިދީފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވެފައިވާ ގޮތުގައި ފުއްގިރި ކުއްޔަށް ދޫކުރުމުގައި އެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތަށް އެއްވެސް އިރުޝާދެއް ދީފައެއް ނުވާނެ އެވެ. އަދި، އެކަމާ ގުޅޭ ގޮތުން ޒިޔަތަށް އެއްވެސް މެސެޖެއް ވެސް ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ޒިޔަތަކީ އަޅުގަނޑާ އެއްވެސް އިރެއްގައި ގުޅުމެއް އޮތް މީހެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެކަމަކު އަހުމަދު ކްރިކް ރިޒާއަކީ ގާތް މީހެއް ކަމަށް ބަޔާނުގައި ވިދާޅުވި އެވެ.

"އަޅުގަނޑު މީގެކުރިން އެކިއެކި ދުވަސްތަކުގައި އަހުމަދު ކްރިކް ރިޒާއަށް މާލީ ގޮތުން އެހީތެރިވެދިނީމެވެ،" ތަހުގީގު ބަޔާނުގައިވެ އެވެ.

"މިހާރު ވެސް ކްރިކް ރިޒާ އަޅުގަނޑަށް ދޭން ޖެހޭ ފައިސާ ހުންނާނެ."

ކްރިކް ރިޒާގެ ކުންފުންޏަކަށް ޔާމީންގެ ވެރިކަމުގައި މަޝްރޫއެއް ހަވާލުކުރަނީ: އެއީ ޔާމީންގެ ގާތް މީހެއް
ކްރިކް ރިޒާގެ ކުންފުންޏަކަށް ޔާމީންގެ ވެރިކަމުގައި މަޝްރޫއެއް ހަވާލުކުރަނީ: އެއީ ޔާމީންގެ ގާތް މީހެއް

ކްރިކް ރިޒާގެ ކުންފުންޏަކަށް ޔާމީންގެ ވެރިކަމުގައި މަޝްރޫއެއް ހަވާލުކުރަނީ: އެއީ ޔާމީންގެ ގާތް މީހެއް

ތަހުގީގު ބަޔާނުގައި ޔާމީން ވިދާޅުވެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ އިންވެސްޓަރަކު ލިބިގެން އެ ވާހަކަ ކްރިކް ރިޒާ އެމަނިކުފާނަށް ދެންނެވި އެވެ. އެކަމުގައި އެމަނިކުފާނަށް ކޮށް ދެއްވޭނެ ކަމަކީ ހަމައެކަނި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބާ ގުޅުވައިދިނުން ކަމަށާއި ނަމަވެސް އެކަމުގައި އަދީބަށް ނުގުޅުއްވާ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އަދީބާ ވެސް ކްރިކް ރިޒާއާ ގުޅުން އޮންނަ ކަމަށާއި އެހެންވެ އެ ދެ މީހުން އަމިއްލައަށް ގުޅިގެން އެކަން ކުރިއަށް ގެންދިޔަ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މުއާމަލާތުގެ ތެރެއިން ފުއްގިރި ހޯދުމުގައި އިންވެސްޓަރުންގެ ފަރާތުން ކޮމިޝަނެއްގެ ގޮތުގައި ކްރިކް ރިޒާއަށް ފައިސާއެއް ލިބިފައިވާ ނަމަ އެއީ އިންވެސްޓަރާއި ކްރިކްއާ ދެމެދު އޮތް ކަމެއް ކަމަަށާއި އެ ފައިސާ އެމަނިކުފާނަށް ލިބެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.

ޔާމީން ވިދާޅުވެފައިވާ ގޮތުގައި ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމާ ގުޅޭ އެއްވެސް ރަށެއްގެ ކަމެއްގައި މީހަކު އެމަނިކުފާނު ގާތަށް އަތުވެއްޖެ ނަމަ އެ މީހަކަށް ދަންނަވަނީ އެކަން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ.

"ރަށް ދިނުމުގައި އަމަލު ކުރަންވީ ގޮތްތަކާ ބެހޭ ގޮތުން ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް އަޅުގަނޑު އަންގާފައިނުވާނެ،" ޔާމީން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox