ރިވައިވަލް އިން ދިން ފުރުސަތެއްގައި ހައިޝަމް ޔޫރަޕްގެ މުބާރާތަކަށް

އެކުވެނީގައި ބޭއްވި ރިވައިވަލްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން ހައިޝަމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެކުވެނީގައި ބޭއްވި ރިވައިވަލްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން ހައިޝަމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ތުރުކީގައި މި މަހު ކުރިއަށްގެންދާ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ބަލައިގަންނަ މުބާރާތެއް ކަމަށްވާ ތުރުކީ ޖޫނިއާ އޯޕަންގައި ވާދަކުރުމުގެ ފުރުސަތު ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ހައިޝަމް އިބްރާހިމް އަލީ އަށް ރިވައިވަލް ސްޕޯޓްސް ކްލަބް އިން ހޯދައިދީފި އެވެ.

ވ. ކެޔޮދޫ އަށް އުފަން ހައިޝަމް، 17، އަކީ މިދިޔަ އަހަރު ސްކޫލް ނިމުނު ގޮތަށް ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅުނު ކުޅުންތެރިއެކެވެ. ރިވައިވަލް އިން ޒުވާން ބެޑްމިންޓަން ކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްދޭން ފެށި ސްކޮލަޝިޕް ޕްރޮގްރާމްގައި ބައިވެރިވެ، ހައިޝަމް އަންނަނީ ފުލް ޓައިމް ކުޅުންތެރިއެއްގެ ގޮތުގައި ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމާ އެކު ފަރިތަކުރަމުންނެވެ.

ރިވައިވަލް އިން ދިން ފުރުސަތެއްގައި ތުރުކީ މުބާރާތުގައި ވާދަކުރަން ހައިޝަމް ރޭ ވަނީ ތުރުކީ އަށް ފުރައިފަ އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކޯޗު ނަޝްފާން މުހައްމަދު ބުނީ ރިވައިވަލްއާ އެކު ހައިޝަމް ފަރިތަކުރަމުން އައި މި މަދު ދުވަސްކޮޅުގެ ތެރޭގައި ދެއްކި ރަނގަޅު ކުޅުމަށް ބަލާފައި ކްލަބުން ނިންމީ ތުރުކީ މުބާރާތުން ހައިޝަމް އަށް ފުރުސަތު ދިނުމަށް ކަމަށެވެ.

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ނަޝްފާން ބުނީ މިއީ ހައިޝަމް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަަށް ވުމުން އުއްމީދު ކުރަނީ މި މުބާރާތުން އޭނާ އަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށެވެ.

"ކުރިއަށް މި ހުރި އިތުރު މުބާރާތްތަކަށް ދިއުމަށް ލިބޭނެ އިތުރު ހިތްވަރެއް މިއީ ހައިޝަމް އަށް،" ނަޝްފާން ބުންޏެވެ.

އޭނާ ބުނީ ބެޑްމިންޓަން އިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ރިވައިވަލް އިން ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ރިވައިވަލްގެ އެސިސްޓަންޓް ކޯޗު އަފްޝީން (ވ) ޕްރެކްޓިހުގެ ތެރެއިން ހައިޝަމް އަށް ކިޔައިދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ތުރުކީ އަށް ފުރުމުގެ ކުރިން ހައިޝަމް "އަދަދު" އަށް ބުނީ މިއީ ކެރިއަރެއް ގޮތަށް ބެޑްމިންޓަން ނަގައިގެން މުސްތަގުބަލެއް ހޯދަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ރާއްޖެ އަށް. ރަށަށް (ކޮޔެދޫ އަށް) ދެން ފެމިލީ (އާއިލާ) އަށް ވަނައެއް ހޯދައިދޭން ބޭނުންވަނީ. ޓީމު (ރިވައިވަލް) އާއި ކޯޗު ވެސް ހިމެނޭ ގޮތަށް ކާމިޔާބު ހޯދަން ބޭނުމީ،" ހައިޝަމް ބުންޏެވެ.

ތުރުކީގެ މުބާރާތް ކުރިއަށްދާނީ މި މަހު 9-12 އަށެވެ. މި މުބާރާތުގައި ހައިޝަމް ކުޅޭ ފުރަތަމަ މެޗުގައި މި މަހު ނުވަ ވަނަ ދުވަހު ބައްދަލުކުރާނީ ތުރުކީގެ ކުޅުންތެރިއެއް ކަމަށްވާ ހަނީފީ މުޓްލޫއާ އެވެ.

މި މުބާރާތުގައި ހައިޝަމްގެ ކޯޗެއްގެ ގޮތުގައި އޭނާއާ އެކު މަސައްކަތް ކުރާނީ ރިވައިވަލްގެ އެސިސްޓަންޓް ކޯޗު ހަސަން އަފްޝީން އެވެ.

ޕްރޮފެޝަނަލް ބެޑްމިންޓަން ކްލަބެއް ގޮތުގައި ހިންގަމުން އަންނަ ރިވައިވަލްގެ އެންމެ އިސް އެއް މަގުސަދަކީ ފެންވަރު ރަނގަޅު ބެޑްމިންޓަން ކުޅުންތެރިންތަކެއް އުފައްދައި ރަނގަޅު ފުރުސަތުތަކެއް އެ ކުޅުންތެރިންނަށް ހޯދައިދިނުމެވެ.

އެގޮތުން އެ ކްލަބަށް ދެ އަހަރު ފުރުމާ އެކު ހާއްސަ އަހައްމިއްޔަތެއް ދީގެން ފެށި އެއް މަސައްކަތަކީ ރަނގަޅު ކުޅުންތެރިން ހޯދައި ސްކޮލަޝިޕް ދީގެން ކުޅުންތެރިން ތަމްރިން ކުރުމުގެ މަސައްކަތެވެ. ރިވައިވަލްގެ ވިސްނުމަކީ ހައިޝަމް ފަދަ އިތުރު ހުނަރުވެރި ކުޅުންތެރިންތަކެއް ހޯދައި، ބެޑްމިންޓަނުން ކުރިއަށްދާން މަގުކޮށައިދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox