ރިލްވާން މައްސަލާގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތަށް ޔާމީން އިންކާރު ކުރައްވައިފި

ޔާމީން މިއަދު މަރު ކޮމިޝަނުގެ އޮފީހުން ނިކުންނަވަނީ: އެމަނިކުފާނު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ -- ފޮޓޯ: ހުސެއިން ސަޔާހު /އަދަދު

ޔާމީން މިއަދު މަރު ކޮމިޝަނުގެ އޮފީހުން ނިކުންނަވަނީ: އެމަނިކުފާނު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ -- ފޮޓޯ: ހުސެއިން ސަޔާހު /އަދަދު

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރަނީ ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތު ކަމާއި އެ ތުހުމަތަށް އެމަނިކުފާނު އިންކާރު ކުރައްވާ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގުތައް ކުރާ ކޮމިޝަނަށް ރައީސް ޔާމީނާއެކު ވަޑައިގެންނެވުމަށްފަހު "އަދަދު"ން ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ތަހުގީގަށް ހުރަސް އެޅުއްވުމުގެ ތުހުމަތު ކުރެއްވި ނަމަވެސް, އެކަން ކުރެއްވީ ސީދާ ކޮން އަމަލުންކަން ކޮމިޝަނުން ސާފުނުކޮށްދޭ ކަމަށެވެ.

"އަޅުގަނޑަށް ސިފަ ކުރެވުނީ މުޅި އެއްޗަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، 2023 ގެ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފާނެތީ އެބޭފުޅުންނަށް އޮތް ނުރައްކަލެއް ކަމަށް ދެކިވަޑައިގެން ތަހުގީގީ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ބާރުގެ ދަށުގައި އެބޭފުޅުން ކުރައްވާ ކަމެއް،" ޔާމީންގެ ނައިބު ރައީސަކަށް ހުންނެވި ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް ނޫސްވެރިންނަށް މައުލޫމާތު ދެނީ: ވިދާޅުވީ ފެނިވަޑައިގަންނަވަނީ ސިޔާސީ ތަހުގީގެއް ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު /އަދަދު
ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް ނޫސްވެރިންނަށް މައުލޫމާތު ދެނީ: ވިދާޅުވީ ފެނިވަޑައިގަންނަވަނީ ސިޔާސީ ތަހުގީގެއް ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު /އަދަދު

ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް ނޫސްވެރިންނަށް މައުލޫމާތު ދެނީ: ވިދާޅުވީ ފެނިވަޑައިގަންނަވަނީ ސިޔާސީ ތަހުގީގެއް ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު /އަދަދު

މިއީ މަރުގެ މައްސަލައެއްގެ ތަހުގީގުގާ ރާއްޖޭގައި ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ސުވާލު ކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މަރު ކޮމިޝަނުން ކުރާ ތުހުމަތުތަކަށް ރައީސް ޔާމީން ވަނީ ތަހުގީގުގައި އިންކާރު ކުރައްވާފައި ކަމަށް ވެސް އެމނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ ތުހުމަތަށް އިއުތިރާޒް ކުރާ ވާހަކަ. އެބޭފުޅުން ދެންނެވީ ހުރަސް އެޅީއޭ. އެކަމަކު ހުރަސް ނާޅާކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މިއަދުގެ ތަހުގީގަށް ހާޒިރުވުމުން ޔާމީނާއެކު ހުންނެވޭނީ އެންމެ ވަކީލަކަށް ކަމަށް ކޮމިޝަނުން އަންގައި ބަޔާން ނެގުމުގެ ކަންތައް ކުރިއަށް ގެންދިޔައީ އެންމެ ވަކީލަކާއެކު ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި އެއީ ގާނޫނު އަސާސީއާ ތަހުގީގީ އެހެން މުއައްސަސާތަކުން އަމަލު ކުރަމުން އަންނަ ގޮތާ ހިލާފު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މައްސަލައާ ގުޅޭ ގޮތުން އިއްޔެ ނޫސްތަކުގައި ވާހަކަ ދައްކަވާފައިވާތީ އެ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް ތަހުގީގުގައި ހުންނެވުމަށް ޔާމީންގެ ދިފާއީ ވަކީލުން އިއުތިރާޒް ކުރެއްވި އެވެ. އެހެންވެ މިސްބާހު ވަނީ ތަހުގީގުން ތަނާޒުލްވެފަ އެވެ.

ގާޒީ ބިލްޑިންގުގައި ހުންނަ މަރު ކޮމިޝަނުގެ އޮފީހަށް ޔާމީން ހާޒިރުކޮށް އެތަނުގައި ދެ ގަޑިއިރުވި ނަމަވެސް ތަހުގީގު ކުރިއަށް ގެންދިޔައީ "ފަސް މިނެޓު" ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ. އަދި ގިނަ ވަގުތު ދިޔައީ ބަޔާނުގައި ސޮއި ކުރުމަށް ކަމަށް ވެސް ވަކީލުން ބުންޏެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ކުރީގެ ރައީސް ޔާމީންއާ ސުވާލު ކުރާއިރު، ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ރިލްވާން މައްސަލައިގައި ޔާމީންއަށް ދައުވާ ކުރެވޭނެ ހެކި ލިބިފައި ނެތް ކަމަށެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި ރައީސް ޔާމީންއާ ސުވާލު ކުރާއިރު މިހާރު ވެސް ޖިނާއީ ހަ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ އުފުލައިފަ އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާވެފައި އޮތް މައްސަލައެއްގައި މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު ވެސް ކުރިއަށްގެންދިޔަ އެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެއްގަ އެވެ.

އޭގެ އިތުރުން ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޮތީ ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox