ފަލަސްތީނު މީހުން ގެތަކުން ނެރުމާ ގުޅޭ ގޮތް ނިންމުން އަނެއްކާ ވެސް ފަސްކޮށްފި

އިއްޔެ އިޒްރޭލުގެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ޝެއިހް ޖައްރާގެ ފަލަސްތީން ރައްޔިތުން.-- ފޮޓޯ: އޭއެފްޕީ

އިއްޔެ އިޒްރޭލުގެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ޝެއިހް ޖައްރާގެ ފަލަސްތީން ރައްޔިތުން.-- ފޮޓޯ: އޭއެފްޕީ

ގުދުސް (އޯގަސްޓު 2) - އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރުމާ ގުޅޭ ގޮތުން ކުރިއަށްދާ މައްސަލައިގައި ގޮތެއް ނިންމުން އިޒްރޭލުގެ ސުޕްރީމް ކޯޓުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ބިންތަކުން ފަލަސްތީނު މީހުން ނެރެން މަސައްކަތް ކުރަނީ ޔަހޫދީން އާބާދު ކުރާ ޖަމިއްޔާތަކުންނެވެ. މިދިޔަ މޭ މަހު އެ މައްސަލަ ހޫނުވެ 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރި އެވެ.

ފަލަސްތީނު ރައްޔިތުން ބުނީ ޝެއިހް ޖައްރާ ހިސާބުގައި އެ މީހުންގެ އަމިއްލަ ގެތަކުގައި "ޕްރޮޓެކްޓެޑް ޓެނަންޓްސް" ގެ ގޮތުގައި ޔަހޫދީންނަށް އަހަރީ ކުއްޔެއް ދީގެން އުޅެން އެއްބަސްވުމަށް ވަރަށް ބޮޑަށް ބާރު އެޅި ކަމަށެވެ. ނަމަވެސް ފަލަސްތީން ރައްޔިތުން އެކަމަށް އެއްބަހެއް ނުވި އެވެ.

"ޔަހޫދީން އާބާދު ކުރާ ގްރޫޕުތަކާ އެކު އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ޕްރެޝަރު ކުރި. އެ އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް ޖެހެނީ އެ މީހުންގެ އަތުން ގެތައް ކުއްޔަށް ހިފައިގެން އުޅެން،" އެ މައްސަލައިގައި ހިމެނޭ އެއް އާއިލާއަށް ނިސްބަތްވާ މުހައްމަދު އެލް ކުރްދު ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަކީ ފަލަސްތީނު މީހުން ގެތަކުން ނެރުމަށް ޔަހޫދީން އާބާދު ކުރާ ގްރޫޕުތަކުން ކުރާ މަސައްކަތުގެ ކުޑަ މިންވަރެކެވެ. އެ މީހުން މި މަސައްކަތް ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.

ޝެއިހް ޖައްރާ މައްސަލައިގެ ތާރީހް

ޝެއިހް ޖައްރާގެ މައްސަލަ އުފެދުނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. އޭރު ފަލަސްތީނުގެ ވެރިންނަކީ އުސްމާނީ ރަސްކަމުގެ ވެރިންނެވެ. ދެ ޔަހޫދީ ޓްރަސްޓަކުން ޝެއިހް ޖައްރާގެ ހިސާބުގަނޑެއް ގަތީ 1876 ގައި ކަމަށް ވެއެވެ.

އޭގެ ފަހުން 1948 ގެ އަރަބި އިޒްރޭލް ހަނގުރާމައިގައި އުރުދުންއިން ވަނީ އިރުމަތީ ގުދުސް ހިފާފަ އެވެ. އެއާއެކު ޝެއިހް ޖައްރާގައި ގިނަ ގެތަކެއް އެޅި އެވެ. އެ ގެތައް ހާއްސަ ކުރީ އިޒްރޭލުން ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުން ރެފިއުޖީންނަށް ވި އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށެވެ.

އަހަރުތަކެއް ފަހުން 1967 ގައި އިޒްރޭލުން އަނެއްކާ ވެސް އިރުމަތީ ގުދުސްއަށް ވެރިވެ ގަތެވެ. އަދި ޝެއިހް ޖައްރާގެ ގެތަކަކީ ޔަހޫދީންގެ މުދާ ކަމުގައި ކަނޑައެޅި އެވެ. މިހާރު އިޒްރޭލުން ރަސްމީކޮށް ދެކޭ ގޮތުގައި އެ ގެތަކުގެ ވެރިންނަކީ ކަނާއަތުގެ ފިޔައިގެ ގްރޫޕުތަކެވެ. ގެތަކުގައި އުޅޭ ފަލަސްތީނު މީހުން ބޭރު ކުރަން އުޅެނީ އެ ގްރޫޕުތަކުން ކޯޓަށް ގޮސްގެންނެވެ.

އޭގެ ފަހުން 1982 ގައި ފަލަސްތީނުގެ މީހުން ވަނީ އެއީ ޔަހޫދީންގެ މުދާ ކަމަށް ބުނާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ފަލަސްތީނު މީހުންނަށް އެ ތަނުގައި އުޅުމުގެ ހުއްދަ ލިބެ އެވެ. ނަމަވެސް ފަލަސްތީނު މީހުން މިހާރު ބުނަނީ އެއްބަސްވުމުގައި ސޮއިކުރުވީ އޮޅުވާލައިގެން ކަމަށެވެ.

ފަލަސްތީނު މީހުން ދެކޭ ގޮތުގައި ގެތަކަކީ ޔަހޫދީންގެ މުދަލެއް ނޫނެވެ. އަދި އުސްމާނީ ވެރިކަމުގައި އެ ގެތަކުގެ ވެރިންގެ ގޮތުގައި އެންމެ ކުރިން އުޅުނީ ފަލަސްތީން މީހުންކަން ބަޔާން ކުރާ ލިޔުންތައް ވެސް އެމީހުން ހޯދާފައި ވެއެވެ.

އެކަމަކު ޔަހޫދީން ބުނަނީ އޭގެ ފަހުން އެ ބިންތައް ގަތީ އެ މީހުންނަށް ވުމުން އެއީ އެ މީހުންގެ މުދާ ކަމަށެވެ. މިހާރު ވެސް ޝެއިހް ޖައްރާގެ ބައެއް ގެތަކުން ފަލަސްތީނު މީހުން ވަނީ ބޭރުކޮށްފަ އެވެ. އެއް ގޭގައި 2009 ވަނަ އަހަރުން ފެށިގެން ފަލަސްތީނު މީހުން ދިރިއުޅެން ޖެހެނީ ޔަހޫދީ އާއިލާއަކާ އެކު އެވެ.

ޕީސް ނައު ގްރޫޕުން އަންދާޒާ ކުރާ ގޮތުގައި 3000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ދިރިއުޅޭ 200 އެއްހާ ގެއިން މީހުން ނުކުންނަ ޖެހުމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން ފަލަސްތީނު މީހުން ދިރިއުޅޭ 20،000 ގެ ސުންނާފަތިކޮށްލުމުގެ ބިރު ވެސް އެބަ އޮތެވެ.

ފަލަސްތީނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި މި ގެތަކުން މީހުން ނެރުމުގެ ހަގީގީ މަގްސަދަކީ މުޅި ގުދުސްގައި އިޒްރޭލުގެ ބާރު ހިންގުމެވެ. ފަލަސްތީނުން ބޭނުން ވަނީ އިރުމަތީ ގުދުސްއަކީ އެ ދައުލަތުގެ ވެރިރަށަށް ހެދުމަށެވެ. އެކަމަކު އިޒްރޭލުން ދެކެނީ މުޅި ގުދުސް އަކީ އެ މީހުންގެ ވެރިރަށް ކަމަށެވެ.

އެހެންވެ އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.

ހޯމަ ދުވަހުގެ އަޑުއެހުން

އިއްޔެ ކުރިއަށް ދިޔަ އަޑުއެހުމުގައި ފަލަސްތީނު ރައްޔިތުން ވަނީ އެ ގެތަކަކީ އެ މީހުންގެ ތަންތަން ކަން ސާބިތުކޮށްދޭން މުޅިން އާ ލިޔުންތައް ހުށަހަޅާފަ އެވެ.

މައްސަލާގައި ހިމެނޭ ހަތަރު އާއިލާ ގެއިން ނުކުތުމަށް ކުރިން އަމުރު ކުރި ނަމަވެސް، އިސްތިއުނާފު ކޮށްފައި ވާތީ އެ އަމުރު އޮތީ ސަސްޕެންޑުކޮށްފަ އެވެ.

ހޯމަ ދުވަހު ހުށަހެޅި ހުށަހެޅުމުގެ ދަށުން ފަލަސްތީނު މީހުން ޔަހޫދީންނަށް އަހަރަކު 465 ޑޮލަރު ގޭ ކުލީގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. ނަމަވެސް ފަލަސްތީނު މީހުން ބުނީ ގެތަކުގެ ވެރިންނަކީ އެ މީހުން ކަމަށާއި އެ ހައްގު ދިފާއު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި މައްސަލައިގައި ގޮތް ނިންމުން އަނެއްކާ ވެސް ފަސްކޮށްފައި ވަނީ އެ ހުށަހެޅުން ގަބޫލު ކުރުމަށް ފަލަސްތީނު މީހުންނަށް ޕްރެޝަރު ބޮޑު ކުރުމުގެ ގޮތުންނެވެ. އެގޮތަށް އެއްބަސްވެއްޖެ ނަމަ އަހަރުތަކެއް ވަންދެން ގެތަކުގައި ދިރިއުޅެވުނު ނަމަވެސް ކޮންމެވެސް އެއް ދުވަހަކު ގެ ދޫކޮށްފައި ދާން ޖެހޭނެ އެވެ.

އިއްޔެގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު ގިނަ އަދަދެއްގެ މީހުން ކޯޓު ބޭރުގައި މުޒާހަރާ ކުރި އެވެ.

ޝެއިހް ޖައްރާ މައްސަލާގައި މިދިޔަ މޭ މަހު ހިނގި ކުރިމަތިލުންތައް ހޫނުވެގެން ގޮސް، އިޒްރޭލާއި ގާޒާ ކޮންޓްރޯލް ކުރާ ހަމާސްއާ ދެމެދު ވަރުގަދަ ހަމަލާތައް ބަދަލުކުރި އެވެ. އެ ހަމަލާތަކުގައި އިޒްރޭލުގެ 13 މީހުންނާއި ފަލަސްތީނުގެ 260 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox