ތަރައްގީއާއެކު ޔާމީނާ ދެކޮޅުވީ މައުމޫންގެ "ލެގަސީ" ގެއްލޭތީކަމުގެ ތުހުމަތު

ކުރީގެ ރައީސް ޔާމީން އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނާ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ޔާމީން އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނާ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނެވީ އޭރު ރާއްޖެއަށް އަންނަމުންދިޔަ ތަރައްގީއާއެކު މައުމޫންގެ "ލެގަސީ" ދުއްވާލަމުންދަތީ ކަމަށް އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއެކު ޕީޕީއެމްއަށް އާ މެމްބަރުންތަކެއް ސޮއި ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ދެބެއިންގެ ދެމެދުގައި އޭރު ޖެހުނު މައްސަލައިގެ ބައެއް ވާހަކަތައް އަދުރޭ ވަނީ ހިއްސާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވަނިކޮށް، އޮކްޓޯބަރު 7، 2016 ގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާ ބައްދަލު ކުރެއްވި ކަމަށާއި، އެ ދުވަހު މައުމޫންގެ ހިތްޕުޅުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި އެވެ.

އެގޮތުން، އޭރު ހިންގަމުން އައި ބޮޑެތި ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން މައުމޫން ސުވާލު އުފެއްދެވި ކަމަށް އަދުރޭ ތުހުމަތު ކުރެއްވި އެވެ.

މާލެ-ހުޅުލެ ގުޅާލަން ބްރިޖު އަޅަނީ ކީއްކުރަންތޯ އާއި އެ މަސައްކަތަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށް މައުމޫން އެ ދުވަހު ވިދާޅުވި ކަމަށެވެ.

އަދި އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނިކޮށް ހެންވޭރުގައި ކިންގް ސަލްމާން މިސްކިތް ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނެއް ނެތް ކަމަށާއި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއްގައި "ޒުވާނުންގެ ޝަހަރެއް" ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ މައުމޫން ސުވާލު ކުރެއްވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިއީ އެވެރިކަމުގެ ތިއްބަވާފައި ނިކުމެވަޑައިގަންވަން ދެއްކެވި ހުއްޖަތް. މިރޭ ތަފްސީލުކޮށް ދަންނަވާނަން އެއީ ކޮން ބޭފުޅެއްކަންވެސް. ރައީސް މައުމޫން ވިދާޅުވި އެއްޗެއް. ދެކޮޅެއް ނެހެއްދެވޭނެ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންނާގެ މައްސަލައަކީ މިއީއޭ. ތިމަންނާގެ ލެގަސީ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ،" އޭނާ ވިދާޅުވި އެވެ.

mamama
mamama

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފައިލް ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތައް ދޮގުކުރައްވަން މައުމޫނަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓުގައި ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އެ ޕާޓީ އުފެއްދެވި އަދި އޭރު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މައުމޫންގެ ތާއީދާ އެކު އެވެ.

ނަމަވެސް، އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާ ކަމަށާއި، ޔާމީނާ ބައްދަލުވެސް ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅު ކުރައްވަން ފެއްޓެވިއިރު، ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އޭގެ ފަހުން، ޕާޓީ ނުހިންގެވޭ ކަމަށް ތުހުމަތުކޮށް، ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިގެން ޕާޓީގެ ރައީސްކަމުން މައުމޫން ވަކިކޮށް، ޕާޓީގެ ހިންގުން ޔާމީނާ ހަވާލުކުރި އެވެ.

އެއާއެކު 2016 ވަނަ އަހަރުގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، މައުމޫން ވަނީ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައިވާކަން ރަސްމީކޮށް އިއުލާނުކުރައްވައިފަ އެވެ.

ދެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްދަވައިގެން، އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫން ގެންދެވީ ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން، އޭރު ހައްޔަރުކޮށްފައި ތިބި ގިނަ ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ފެބްރުއަރީ 1، 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން، ބަގާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސިޔާސީ ބޭފުޅުންގެ ތެރޭގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަދި އެކަމުގެ ތެރެއިން ގިނަ ދައުވާތަކެއް އުފުލައި، މައުމޫންގެ މައްޗަށް ޖަލު ހުކުމެއް ވެސް އިއްވި އެވެ. ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކޮށްފައިވަނީ، އެމްޑީޕީ އާއެކު ކޯލިޝަން ހަދައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox