އޮލިމްޕިކްސް ތާރީހުގައި މެޑަލެއް ހޯދި އެންމެ ކުޑަ ގައުމަކީ ސެން މެރީނޯ

Jul 29, 2021, 6:00 PM
މެޑަލް ކަރުގައި އަޅުވައިގެން ޕެރީލީ ކަރުނަ ފޮހެނީ.-- ފޮޓޯ: އޭއެފްޕީ

މެޑަލް ކަރުގައި އަޅުވައިގެން ޕެރީލީ ކަރުނަ ފޮހެނީ.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ޖުލައި 29) - ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސްގެ ޝޫޓިން އިވެންޓުން ސެން މެރީނޯގެ އަލެސަންދްރޯ ޕެރީލީ، މިއަދު ހޯދި ލޯ މެޑަލާ އެކު އޮލިމްޕިކްސްގެ ތާރީހުގައި މެޑަލެއް ހޯދި އެންމެ ކުޑަ ގައުމުގެ ޝަރަފް އެ ގައުމަށް ލިބިއްޖެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން މި ފަހަރުގެ އޮލިމްޕިކްސްގެ ޓްރައެތްލޯން އިވެންޓުން އަންހެން އެތުލީޓު ފްލޯރާ ޑަފީ ވަނީ ރަން މެޑަލެއް ހޯދައި އޮލިމްޕިކްސްގެ ތާރީހުގައި މެޑަލެއް ހޯދި އެންމެ ކުޑަ ގައުމުގެ ރެކޯޑް ބާމިއުޑާ އަށް ހޯދައިދީފަ އެވެ.

ބާމިއުޑާގެ އާބާދީ އަކީ 63,918 މީހުންނެވެ. ބާމިއުޑާގެ ރެކޯޑް މިއަދު މުގުރާލީ 33,860 މީހުންގެ އާބާދީ އެއް އޮންނަ ސެން މެރީނޯ އިންނެވެ. އެންމެ މަދު މީހުން ދިރިއުޅޭ ގައުމަކުން އޮލިމްޕިކްސްގައި ރަން މެޑަލް ހޯދުމުގެ ރެކޯޑް އަދިވެސް އޮތީ ބާމިއުޑާ އަތުގަ އެވެ. އެއީ ސެން މެރީނޯ އިން ރެކޯޑް ހެދީ ލޯ މެޑަލެއް ހޯދައިގެން ކަމަށްވާތީ އެވެ.

ސެން މެރީނޯގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހަތަރު ފަހަރެއްގެ މަތިން ހޯދާފައިވާ ޕެރިލީ ވަނީ 2012 ވަަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ވެސް މެޑަލެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. އެކަމަކު އެ ފަހަރު އޭނާ ދިޔައީ ހަތަރު ވަނަ އެވެ. މި ފަހަރު ވެސް ހަތަރު ވަނަ އަށް ދިއުމާ ގާތުގައިވަނިކޮށް ފަހު ވަގުތު ހިތްވަރުކޮށްގެން ޕެރިލީ ތިން ވަނަ ހޯދީ އެވެ.

ޕެރީލީ (ވ) އޭނާގެ ކޯޗާ އެކު ސެން މެރީނޯގެ ދިދަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

"އަނެއްކާ ހަތަރު ވަނައިން ފަރުޖައްސާލަން ހިތެއް ބޭނުމެއް ނުވި. ވަރަށް ހިތްވަރުކޮށްގެން މެޑަލް މި ހޯދުނީ. މިއީ އަހަރެންގެ ފުރަތަމަ އޮލިމްޕިކްސް އެއް ނޫން. އެކަމަކު މިއީ އަހަރެންގެ ގައުމަށް ލިބުނު ފުރަތަމަ މެޑަލް. އެހެންވީމަ ހުރިހާ ގޮތަކުން ވެސް މި ހާއްސަވާނެ،" ރޮވިފައި ހުރެ ދިން އިންޓަވިއުގައި ޕެރިލީ ބުންޏެވެ.

"އަހަރެމެންގެ ކުޑަކުޑަ ގައުމު ވަރަށް ފަހުރުވެރިވާނެ ކަމެއް މި ކޮށްދެވުނީ،"

އުމުރުން 33 އަހަރުގެ ޕެރިލީ ބުނީ ކިތަންމެ އުނދަގޫ ހާލަތެއްގައި ވެސް މި ފަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވާން ނިންމީ މެޑަލެއް ހޯދުމުގެ އުއްމީދުގައި ކަމަށާއި އެކަން ހާސިލް ކުރެވުމުން ވަރަށް ހިތްހަަމަޖެހޭ ކަމަށެެވެ.

މިއީ ސެން މެރީނޯގެ 61 އަހަރުވީ އޮލިމްޕިކްސް ތާރީހުގައި ލިބުނު ފުރަތަމަ މެޑަލެވެ. ސެން މެރީނޯ އެންމެ ފުރަތަމަ އޮލިމްޕިކްސް އެއްގައި ބައިވެރިވީ 1960 ވަނަ އަހަރު އެވެ. އޭގެ ފަހުން 14 ސަމާ އޮލިމްޕިކްސް އާއި 10 ވިންޓަ އޮލިމްޕިކްސްގައި 93 އެތުލީޓުން ބައިވެރިކުރި އެވެ. އެތައް ފަހަރެއްގެ މަތިން ހުއްޓާނުލައި ކުރި މަސައްކަތުން އެންމެ ފަހުން މި ފަހަރުގެ އޮލިމްޕިކްސްގައި މެޑަލެއްގެ ނަސީބު ލިބުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox