މުހަންމާ ވެސް އަލުން ޕީޕީއެމްއަށް

މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕީޕީއެމްއަށް ސޮއި ކުރުމަށްފަހު މިރޭ ފޯމު ހަވާލުކުރައްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕީޕީއެމްއަށް ސޮއި ކުރުމަށްފަހު މިރޭ ފޯމު ހަވާލުކުރައްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ އަލުން ގުޅިއްޖެ އެވެ.

މުހަންމާ ޕީޕީއެމާ ދެވަނަ ފަހަރަށް ގުޅުނީ އެ ޕާޓީއަށް އާ މެމްބަރުންތަކެއް ސޮއި ކުރުމަށް މިރޭ އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އޭނާ ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

ނަމަވެސް، އޭގެ ފަހުން އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖިލީހުގެ ތެރެއިން ސަރުކާރާ ދެކޮޅަށް ނުކުންނެވި 12 މެމްބަރުންގެ ތެރޭގައި ހިމެނިގެން، އޭނާ ޕާޓީން ވަކިކޮށް މަޖިލީހުގެ ގޮނޑި ވެސް ސުޕްރީމް ކޯޓުގެ ތެރެއިން ގެއްލުނެވެ.

އޭގެ ފަހުން މި ސަރުކާރު އައި ފަހުން މުހަންމާ ވަނީ 2018 ވަނަ އަހަރު އެމްޑީޕީއަށް ވެސް ސޮއި ކުރައްވައިފަ އެވެ.

ޕީޕީއެމާ ގުޅުމަށްފަހު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހަންމާ ވަނީ ރައީސް ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، އެކަމަށްޓަކައި މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑަށް ހެދުނު ގޯހާމެދު އަދިވެސް ދެރަވޭ. ރައީސް ޔާމީނާ ވަކިވެވުނީތީ ވަރަށް ހިތާމަކުރަން. އަޅުގަނޑަށް މި ހެދުނީ ވަރަށް ބޮޑު ގޯހެއް،" މުހަންމާ ވިދާޅުވި އެވެ.

އަދި ޔާމީން އަލުން ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ފަށާފައިވާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވާނެކަމުގެ ޔަގީންކަން ވެސް އޭނާ މިރޭ ވަނީ ދެއްވައިފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް މެމްބަރުން އިތުރުކުރުމުގެ ކެމްޕޭނެއް ފަށާފައިވާއިރު، މުހަންމާގެ އިތުރުން މިސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވެސް ވަނީ ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންފަ އެވެ.

އަދި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) ވެސް މިފަހުން ޕީޕީއެމަށް ވަނީ ސޮއި ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox