ރާބޯ އެކުވެރިޔާ

ރާބޯ އެކުވެރިޔާ

ރާބޯ އެކުވެރިޔާ ދޫކޮށްލާނީ ހެއްޔެވެ؟ ނުވަތަ އޭނާއާ މަޑުމަޑުން ދުރަށް ޖެހޭނީ ހެއްޔެވެ؟ އޭނާއަށް ނަސޭހަތްދޭނީ ހެއްޔެވެ؟ ނުވަތަ އޭނާ ފަލީހަތްކޮށް ބޭޒާރުކުރާނީ ހެއްޔެވެ؟ ޓްވީޓަކުން އޭނާއަށް ބަވާލާނީ ހެއްޔެވެ؟ ފިޔަވަޅެއް އެޅުމުގެ ކުރިން އުފައްދަންޖެހޭ ސުވާލުތަކެކެވެ. ޝަރުއީގޮތުން ކަން އޮތްގޮތް ބެލުން މުހިންމު ކަންތައްތަކެކެވެ.

އަހަރެމެންނަކީ މުސްލިމުންކަމަށްވާތީ ވަރަށް ފަސޭހަ މަގެއް އަހަރެމެން ކުރިމަތީގައި އޮވެ އެވެ. އެއީ އަޙްޒާބު ސޫރަތުގެ 21 ވަނަ އާޔަތުން ފެންނާން އޮތް މަގެވެ. އެއާޔަތުގައިވެ އެވެ.

"ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެ އެވެ. (އެއީ) ﷲގެ ދަރުމައާއި، އާހިރަތުގެ ސަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ."

ކަންމިހެން އޮތުމުން ބޮޑެތި ފާފައިގެ އަހުލުވެރިންނާއެކު މާތް ނަބިއްޔާ މުއާމަލާތުކުރެއްވި ދެ ތިންހާދިސާއަކަށް ބަލާލުން މުހިންމުކަމުގައި ދެކެމެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާކުރައްވަ އެވެ. ތިމަންމެން މާތް ނަބިއްޔާގެ އަރިހުގައި މަޖިލީސްކޮށްކޮށް ތިއްބައި މީހަކު އައިސް ގޮވާލި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންނާ ހަލާކުވެއްޖެ އެވެ. ހަދީސް ކުރެއްވި އެވެ. ކަލޭގެ ކިބައިގައި ވަނީ ކޮން ކަމެއްހެޔެވެ؟ އޭނާ ބުނެފިއެވެ. ތިމަން ރޯދައަށް ހުރެ އަނބިމީހާއާ ޖިމާއުވެވުނީ އެވެ. އެހިނދު ހަދީސް ކުރެއްވި އެވެ. މިނިވަންކުރާނެ އަޅަކު އެބަހުރި ހެއްޔެވެ؟ އޭނާ ބުންޏެވެ. ނެތެވެ. ހަދީސް ކުރެއްވިއެވެ. ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފޭނެ ހެއްޔެވެ؟ އޭނާ ބުނެފި އެވެ. ނޫނެކެވެ. ހަދީސް ކުރެއްވި އެވެ. ފަސްދޮޅަސް މިސްކީނުންނަށް ކާންދެވޭނެ ފަދަ އެބަހުރި ހެއްޔެވެ؟ އޭނާ ބުނެފިއެވެ. ނެތެވެ. ހަދީސް ކުރެއްވިއެވެ. އިށީންނާށެވެ.

ދެން އެގޮތުގައި މަޖިލިސް ހިނގަމުންދަނިކޮށް ބޮޑުސިންގާ ކަދުރު ވަށިގަނޑެއް ރަސޫލާގެ އަރިހަށް ގެނެވިއްޖެ އެވެ. އެހިނދު ހަދީސް ކުރެއްވި އެވެ. އެއްކަލަ ސުވާލުކުރި މީހާ ކޮބާ ހެއްޔެވެ؟ އެމީހާ ބުނެފި އެވެ. އަހަންނެވެ. ހަދީސް ކުރެއްވި އެވެ. މި ކަދުރު ހިފައިގެން ގޮސް ސަދަގާތްކުރާށެވެ. ދެން އެމީހާ ބުންޏެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނާއަށްވުރެ ފަގީރު މީހަކު ވޭ ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. މިރަށުގައި ވާހާ ތަނެއްގައި ތިމަންނާގެ އާއިލާއަށްވުރެ ފަގީރު އެހެން ބަޔަކު ނުވެ އެވެ. ދެން މާތް ނަބިއްޔާ ވަރަށް ބާރަށް ހިނިފުޅުވެޑުވި އެވެ. ހަދީސް ކުރެއްވިއެވެ. މިއިން ކަލޭގެ އަހުލުންނަށް ކާންދޭށެވެ.

މިއީ މާތްވެގެންވާ ރޯދަ މަހެއްގައި ރޯދައަށް ހުރެ އަނބިމީހާއާއި ޖިމާއުވެގެން ރޯދަ ގެއްލުވާލައިން އައި މީހާއާމެދު އަޅުގަނޑުމެންގެ ނަބިއްޔާ މުއާމަލާތްކުރެއްވި ގޮތެވެ. ބުނާ މީހަކު ބުނެފާނެ އެވެ. އެމީހަކީ ރަށްފުށުގެ އައުރާބީ އެކެވެ. އަޅުގަނޑަށް ފެނުނު ތަނުގައި ތައުލީމީ މިޒަމާނުގައި އެކަހަލަ އައުރާބީން މާގިނަ އެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫއުމާމާ ރިވާކުރައްވާފައި ވެ އެވެ. މާތް ނަބިއްޔާގެ އަރިހަށް ޒުވާނަކު އައިސް ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންނާ ޒިނޭކުރުމަށް ހުއްދަދޭށެވެ. އެހިނދު އެތާގައި ތިބި މީހުން އޭނާއާ ދިމާއަށް އަޑުގަދަކޮށްގަތެވެ. މާތް ނަބިއްޔާ އޭނާ ކައިރިއަށް ގެންނަވާފައިވާ ބޭންދެވި އެވެ. ހަދީސް ކުރެއްވި އެވެ. ކޮއިގެ މަންމައާއެކު މީހުން ޒިނޭކުރުމަށް ލޯބިކުރަން ހެއްޔެވެ؟ ޒުވާނާ ދެންނެވި އެވެ. ނޫނެކެވެ. ހަދީސް ކުރެއްވި އެވެ. އެހެން މީހުންވެސް އެމީހުންގެ މަންމައިންނާ ޒިނޭކުރުމަށް ލޯތްބެއް ނުކުރާނެ އެވެ. ކަލޭގެ އަންހެންދަރިއާއެކު މީހުން ޒިނޭކުރުމަށް ލޯބިކުރަމު ހެއްޔެވެ؟ ދެންނެވި އެވެ. ނޫނެކެވެ. ހަދީސް ކުރެއްވި އެވެ. އެހެން މީހުންވެސް އެމީހުންގެ ދަރިންނާއެކު މީހުން ޒިނޭކުރުމަކަށް ލޯތްބެއް ނުކުރާނެ އެވެ. މިގޮތަށް މާތް ނަބިއްޔާ އެޒުވާނާއާ ސުވާލުކުރަމުން ގެންދެވި އެވެ. ކޮންމެ ސުވާލަކަށް ޒުވާނާ ދެމުންދިޔަ ޖަވާބަކީ ނޫނެކޭ އެވެ. އެންމެ ފަހުން އެޒުވާނާއަށް މާތް ނަބިއްޔާ ދުއާކޮށްދެއްވި އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މީނާގެ ފާފަ ފުއްސަވައި ހިތް ތާހިރު ކުރައްވައި، އޭނާގެ ލަދުވެތި ގުނަވަންތައް ރައްކާތެރިކޮށްދެއްވާށި އެވެ. އެޒުވާނާ އެފަދަ ކަމަކައިގެން އޭގެ ފަހުން ނޫޅޭކަމުގައި ވިއެވެ.

މައުލޫގެ މަތީން ހަނދާނެއް ނުނެތެ އެވެ. މައުލޫއަކީ ރާބޯ އެކުވެރިޔާއާ މުއާމަލާތުކުރާނެ ގޮތެކެވެ. ބަނގުރާ ބުއިމަކީ ބޮޑުފާފައެކެވެ. އިސްވެދިޔަ ދެ ހާދިސާއިން ބޮޑުފާފައިގެ އަހުލުވެރިންނާ މުއާމަލާތުކުރަންވީ ގޮތުގެ މިސާލެއް ނުލިބޭތޯ އެވެ. ފުރަތަމަ ހާދިސާގައި ވެސް މާތް ނަބިއްޔާ މުއާމަލާތުކުރެއްވީ ބޮޑުފާފައަކަށް އަރައިގެންފައި އައި މީހަކާ އެވެ. މިހާދިސާގައި މުއާމަލާތުކުރެއްވީ ބޮޑުފާފައެއް ހުއްދަކޮށްދިނުމަށް އެދުނު މީހަކާ އެވެ.

ރާބޮއިގެން ހުރި މީހާއަށް އަދަބުދިނުމުގައި އޭނާއަށް ލައުނަތްހުރިކަމަށް ބުނެ ނުބައި ބަސްތައް ކިޔުން މާތް ނަބިއްޔާ ނަހީކުރެއްވިކަމަށް ބުޚާރީ ރިވާކުރައްވަ އެވެ. އަދި މާތް ނަބިއްޔާ އެފަދަ އެއް ހާދިސާއެއްގައި ހަދީސް ކުރެއްވި އެވެ. އޭނާއަށް ލައުނަތް ނުދޭށެވެ. ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ގޮތުގައި އޭނާއަކީ ﷲ އާއި އެކަލާނގެ ރަސޫލާދެކެ ލޯބިވާ މީހެކެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވާ މީހަކު ވެސް ބޮޑުފާފައެއް ކޮށްފާނެކަމަށް މި ހަދީސުން ވަރަށް ފުރިހަމައަށް ދަލީލު ލިބެ އެވެ. އަދި ހަމަ އެހެންމެ މީހެއްގެ ފަރާތުން ފެންނަ ބޮޑުފާފައަކާ މަތިކޮށް އޭނާގެ އީމާންކަން ތިމާގެ އީމާންކަމާއި އަޅާކިޔުން ހުއްދަވެގެންނުވާނެކަމަށް ވެސް މިކަމުން ދަލީލު ލިބެ އެވެ. މީހެއްގެ ތަގުވާއާއި އިހްލާސްތެރިކަމާއި ތައުބާގެ މިންވަރު ކަނޑައެޅުއްވުން އޮތީ މާތް ﷲ އަށެވެ.

ތިރުމިޛީ ރިވާކުރައްވާފައިވެ އެވެ. މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. ކޮންމެ އާދަމުގެ ދަރިޔަކީ ގިނަގިނައިން ކުށްކުރާ މީހެކެވެ. އެންމެ ހެޔޮ ކުށްވެރިންނަކީ ތައުބާވާ މީހުންނެވެ. ނިސާއު ސޫރަތުގެ 27 ވަނަ އާޔަތާއި 28 ވަނަ އާޔަތަށް ވިސްނާލުން މުހިންމެވެ.

"އަދި ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް ތައުބާލެއްވުމަށެވެ. އަދި އަމިއްލަ އެދުންތަކަށް ތަބާވާ މީހުން އެދެނީ (ހައްގު މަގު ފިޔަވައި ބާތިލުގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ. ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގަ އެވެ.

ކަންމިހެން އޮތް ނަމަވެސް އެއްވެސް ފާފައަކާމެދު ފަހުރުވެރިވެ ވާހަކަދައްކައި ހެދުމީ އެއްވެސް މީހަކަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އަދި ބޮޑެތި ފާފަތައް ހުއްދަކޮށްގަނެ ނުވަތަ ފާފަތަކުން ދުރުހެލިވުމަކީ އެއްވެސް ކަހަލަ ސީރިއަސްކަމެއް ނެތް ކަމެއްގެ ގޮތުގައި ދޭހަވާނެ ފަދައިން ބަސްބުނެ އަމަލުކުރުން އެއީ އެއްވެސް ގޮތަކުން ހުއްދަވާނެ ކަމެއް ނޫނެވެ. ވަކީން ހާއްސަކޮށް އެމީހަކީ މުޖުތަމައުގައި ބަސްވިކޭ ނުވަތަ އާންމުންގެ ގިނަ މީހުން ތަބާވާ މީހެއްނަމަ އެމީހެއްގެ ބުނުންތަކާއި އަމަލުތަކުގައި އިތުރަށް ހުށިޔާރުވާންޖެހެ އެވެ. އަދި އެފަދަ ހާލަތްތަކުގައި އިލްމުވެރިން ބަސް ނުބުނެ ތިބެންޖެހޭނެކަމަށް ގަބޫލުކޮށްގެން ހުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ހަމަ މިޔާއެކު އެއްވެސް މީހަކު ސިއްރުން ކުރަމުން އައި ފާފައެއް ބޭޒާރުކޮށް އެމީހަކަށް މަލާމާތްކޮށް، ލަދުގެންނެވުމުގެ ގޮތުން ފޮށި، ތައުބާއަކަށް އަމިއްލަ މާނަދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެއީ ދީން އެނގިހުރި މީހެއްގެ ހައިބަތާ އެކަށޭނަ ކަމެއްވެސް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox