އޭއޭއޭގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމުގެ އަމުރެއް ނުދިން

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: އޭއޭއޭގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމުގެ އަމުރެއް ނެރެނުދިން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: އޭއޭއޭގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމުގެ އަމުރެއް ނެރެނުދިން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ހުއްޓި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދުނު ވަގުތީ އަމުރު ނެރެނުދޭން ނިންމައިފި އެވެ.

އޭއޭއޭގެ އަތުން ބޮޑު ބަދަލެއް ހޯދަން ސިވިލް ކޯޓަށް ހުށަހެޅީ 48 ދަރިވަރުންގެ ފަރާތުންނެވެ. އެ މައްސަލާގައި ވަގުތީ އަމުރަކަށް އެދުނީ ކޯޓުން ކަނޑައަޅާ ބަދަލު، ދަރިވަރުންނަށް ލިބެންދެން އޭއޭއޭގެ ވިޔަފާރި ވިއްކާނުލެވޭނެ ކަމަށް އަމުރުކޮށް ދިނުމަށެވެ. އަދި އެފަރާތުގެ ވިޔަފާރީގެ ހައްގުތައް ބަދަލުކުރުމާއި އެކަންކަން ދައުލަތުގެ އިދާރާތަކުގެ ރަޖިސްޓްރީކުރުމުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައެޅުމަށެވެ.

މައްސަލާގައި އިއްޔެ ސިވިލް ކޯޓުގައި އަޑުއެހުމެއް ބާއްވާފައިވާއިރު ވަގުތީ އަމުރާ މެދު ވަނީ ގޮތެއް ނިންމައިފަ އެވެ.

އެގޮތުން ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ އޭއޭއޭގެ މުދަލާއި ވަސީލަތްތައް ރާއްޖޭގެ އިހްތިސޯސް ނުހިނގާ ފަދަ ސަރަހައްދަކަށް ގެންދަން ނުވަތަ ބަދަލު ކުރަން ނުވަތަ ވިއްކާލަން މަސައްކަތް ކުރާކަން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ދައުވާ ސާބިތުވެއްޖެ ހާލަތެއްގައި ވެސް، މި އަމުރު ނެރުމުގެ ސަބަބުން ކޯޓުގެ ހުކުމް ތަންފީޒުވުމަށް ހުރަސްއެޅިދާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ޝަރީއަތަކަށް ބުރަވެވެން ނެތް ކަމަށް ނިންމުގައިވެ އެވެ.

ނިންމުމުގައި އިތުރަށް ބުނި ގޮތުގައި މައްސަލާގެ ނިހާއީ ހުކުމެއްގެ ކުރިން އޭއޭއޭ ކުރަމުންދާ މުއާމަލާތްތައް ހުއްޓުވައި އެ ފަރާތުގެ ބޭންކް އެކައުންޓްތަކުން ފައިސާގެ މުއާމަލާތްތައް ހުއްޓާލުމަށް އަމުރުކޮށްފިނަމަ، އެ ކުންފުނީގެ ވިޔަފާރިއަށް ހުރަސްއެޅޭނެ އެވެ.

"އެފަދަ މުއާމަލާތްތައް މަނާކުރަން ޖެހޭ ސަބަބެއް ވަގުތީ އަމުރަށް އެދުނު ފަރާތަށް ބަޔާންކޮށްދެވިފައެއް ނުވޭ،" ނިންމުމުގައިވެ އެވެ.

ސިވިލް ކޯޓުން ނިންމި ގޮތުގައި ވަގުތީ އަމުރަށް އެދޭ ފަރާތްތަކުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދީފިކަމުގައިވާ ނަމަ، އޭއޭއޭ ހިންގަމުންދާ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ހުއްޓުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. އަދި، އޭއޭއޭއަށް އެކަމުގެ ގެއްލުމާއި އުނދަގޫ ބޮޑަށް ތަހައްމަލު ކުރަން ޖެހޭނެ ކަމަށެވެ.

އެހެންވެ، ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރެއް ނެރެދޭނެ ހަމައެއް ނެތް ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި 48 ދަރިވަރުންގެ ފަރާތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ ތަމްރީނު ދިނުމަށް އޭއޭއޭއިން ދަރިވަރުންނާއެކުވީ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި، ތަމްރީނުގެ ނަމުގައި ހައްގު ނޫން ފައިސާތަކެއް ނަގާފައިވާތީ އެ ފައިސާތައް އަނބުރާ ހޯދުމަށެވެ.

އޭގެއިތުރުން، ތަމްރީނުދިނުމަށް އެކަށީގެންވާ ފެންވަރުގެ ޓްރޭނިން އެއާކްރާފްޓް ނެތުމުގެ ސަބަބުން އެކިފަހަރުގެ މަތިން އެހެން އެއާކްރާފްޓްތައް ބޭނުންކުރަން މަޖުބޫރުކުރުމުންނާއި އެކަމުގެ ސަބަބުން އެކަމަށް އިތުރަށް ދޭން ޖެހުނު ފައިސާއަކީ އޭއޭއޭއިން އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަން ވެސް އެދިފައިވެ އެވެ.

ދައުވާގައި އިތުރަށް ދަރިވަރުން އެދެނީ ޕައިލެޓްކަން ކިޔެވުމަށް އޭއޭއޭއަށް ދަރިވަރުން ދެއްކި 1,835,090.12 ޑޮލަރު، އެއީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަރިވަރުންނަށް ނަގައިދޭން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އޭއޭއޭއިން ކިޔަވަމުން އަންނަ 178 ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ ގިނަ ދުވަސްވާ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއްވެފައިވާއިރު މި މައްސަލަ ހައްލު ނުވެ ގިނަ ދަރިވަރުންގެ ކިޔެވުންތައް ހުއްޓިފައި އޮންނަތާ ވެސް ދޮޅު އަހަރު ވެއްޖެ އެވެ.

މައްސަލަ ބޮޑުވެފައިވަނިކޮށް މައްސަލަ ބޮޑުވެފައިވާ އައްޑޫ ފްލައިސް ސްކޫލާ އެވިޑް ކޮލެޖުން ހަވާލުވެ، އެ ކޮލެޖުން ވަނީ އެ އެކެޑެމީ އެވިޑްގެ ފެކަލްޓީއަކަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު އޭއޭއޭ ހިންގަނީ އެވިޑް ސްކޫލް އޮފް އެއިރޮނޯޓިކްސް (އޭއެސްއޭ)ގެ ނަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox