އިޒްރޭލް ސިފައިން ބަޑި ޖަހާ ފަލަސްތީނުގެ 12 އަހަރުގެ ކުއްޖަކު މަރާލައިފި

އިޒްރޭލް ސިފައިންނާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ބޭއްވި އެއްވުމެއްގެ ތެރެއިން.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލް ސިފައިންނާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ބޭއްވި އެއްވުމެއްގެ ތެރެއިން.-- ފޮޓޯ: ރޮއިޓާޒް

ގުދުސް (ޖުލައި 29) - އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ބަޑި ޖަހައި ޒަހަމްކޮށްލި ފަލަސްތީނުގެ ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އުމުރުން 12 އަހަރުގެ މުހައްމަދު އަލް އަލާމީ މަރުވީ ހިބްރޫން ސިޓީގެ ހުޅަނގު އުތުރުން އޮންނަ ބެއިތު އުމަރު އަވަށުގައި ކަމަށެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުއްޖާގެ މެޔަށް އިޒްރޭލް ސިފައިން ބަޑި ޖެހީ ބައްޕައާ އެކު ކާރެއްގައި ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

އިޒްރޭލް ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ޗެކްޕޮއިންޓެއް ކައިރިން ކާރެއްގެ ތެރެއިން ފިރިހެނަކު ފައިބާ ބިންމަތި ކޮންނަން ފެށި ކަމަށާއި ސިފައިން ކައިރިވެ ކާރު ތެރެ ބެލި ކަމަށެވެ.

"ސިފައިން ވަރަށް ސަމާލުވެ ތިބި ކާރު ކައިރިއަށް ގޮސް ބެލިއިރު އޭގެ ތެރެއިން ދެ ދަބަސް ފެނުނު. އެއް ދަބަހުގައި އޮތީ މަރުވެފައިވާ ތުއްތު ކުއްޖެއްގެ ހަށިގަނޑު،" ބަޔާނުގައި ބުންޏެވެ.

އެ ކާރު އެ ތަނުން ފޮނުވާލުމުން ފަހުން ވެސް އައި ކަމަށާއި އިންޒާރު ދީގެން އެ ތަނުން ނުދިނުމުން ކާރުގެ ފުރޮޅަށް ބަޑި ޖެހި ކަމަށް ބަޔާނުގައި ވެ އެވެ.

"ބަޑި ޖެހުމުގެ ސަބަބުން ފަލަސްތީނުގެ ކުއްޖަކު މަރުވި ކަމަށް ބުނާ ބުނުން ބަލާނެ،" އިޒްރޭލް ސިފައިން ބުންޏެވެ.

މައްސަލަ ބަލާނީ ސިފައިންނާއި އަސްކަރީ ފުލުހުން ވަކިވަކިންނެވެ.

މިއީ މި ހަފްތާގައި އިޒްރޭލް ސިފައިން ބަޑި ޖަހައި މަރާލި ފަލަސްތީނުގެ ދެ ވަނަ ކުއްޖާ އެވެ. މިދިޔަ ހޮނިހިރު ދުވަހު 17 އަހަރުގެ މުހައްމަދު މުނީރް އަލް ތަމީމީ ވެސް މަރުވީ ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށެވެ.

އޭގެ އިތުރުން މިދިޔަ އަންގާރަ ދުވަހު އުމުރުން 41 އަހަރުގެ ފަލަސްތީނު މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހުޅަނގު އައްސޭރީގައި އަނެއްކާވެސް ހަމަނުޖެހުން ބޮޑުވެފައި ވަނީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދު ކުރަމުން ދާތީ އެވެ.

ރެޑް ކްރެސެންޓުން ބުނީ މިދިޔަ ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން އެކަމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި އެ ގައުމުގެ 320 މީހުންނަށް އަނިޔާވި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox