އިޒްރޭލް ގްރޫޕަކުން ހިންގި ޖާސޫސީ ހަރަކާތާ މެދު އެ ގައުމުން ކަންބޮޑުވާ ކަމަށް ބުނެފި

ޖާސޫސް ކުރުމުގެ ހަރަކާތް ހިންގީ އެންއެސްއޯ ގްރޫޕުން.-- ފޮޓޯ: ފްރާންސް24

ޖާސޫސް ކުރުމުގެ ހަރަކާތް ހިންގީ އެންއެސްއޯ ގްރޫޕުން.-- ފޮޓޯ: ފްރާންސް24

ޕެރިސް، ފްރާންސް (ޖުލައި 29) - އިޒްރޭލުގެ ކުންފުންޏަކުން އުފެއްދި ސްޕައިވެއާ ބޭނުންކޮށްގެން ގިނަ އެކްޓިވިސްޓުންނާއި، ނޫސްވެރިން އަދި ސިޔާސީ ވެރިންނަށް ޖާސޫސް ކުރި ކަމަށް ކުރާ ތުހުމަތުތަކާ މެދު ކަންބޮޑުވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ފްރާންސަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވިދާޅުވީ އެ ތުހުމަތުތަކާ މެދު ކަންބޮޑުވާ ކަމަށާއި އެއީ ސީރިއަސް ކަމެއްގެ ގޮތުގައި އިޒްރޭލުން ދެކޭ ކަމަށެވެ. ގާންޓްޒް ވަނީ ފްރާންސްގެ ޑިފެންސް މިނިސްޓަރު ފްލޮރެންސް ޕާލީއާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ ތެރޭގައި ޕެގަސޫސް ސްޕައިވެއާ އުފައްދައިގެން ވިއްކާ އެންއެސްއޯ ގްރޫޕުން ފްރާންސަށް އެކްސްޕޯޓް ކުރި ހިދުމަތްތަކާ ގުޅޭ ގޮތުން އިޒްރޭލް ސަރުކާރުން ހެދި އެސެސްމަންޓެއް ހިމެނެ އެވެ.

ފްރާންސް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ އެންއެސްއޯގެ ހަރަކާތްތަކާ ގުޅޭ ގޮތުން އިޒްރޭލުގެ ސަރުކާރަށް އިނގެނީ ކިހާ މިންވަރެއްތޯ ސާފުކުރަން މި ފުރުސަތުގެ ބޭނުން ޕާލީ ހިފާނެ ކަމަށެވެ.

"ޕާލީގެ އެދުމުގެ މަތިން ގާންޓްޒް ވަނީ މިކަމާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަކޮށްދެއްވާފައި. މި ތުހުމަތުތައް ސީރިއަސްކޮށް ނަގާ ކަމަށް ވިދާޅުވި،" ގާންޓްޒްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އިޒްރޭލުން ސައިބާ ލައިސެންސް ދޫކުރަނީ ހަމައެކަނި ވަކިވަކި ގައުމުތަކަށް އަދި ދޫކުރަނީ ހަމައެކަނި ޓެރަރިޒަމާއި ބޮޑެތި ކުށްތަކާ ގުޅޭ މައްސަލަތަކުގައި ބޭނުން ކުރުމަށް،" އެ ބަޔާނުގައި ބުންޏެވެ.

އިޒްރޭލުގެ އެންއެސްއޯ ގްރޫޕުގެ ސްޕައިވެއާ ބޭނުންކޮށްގެން ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އެކްޓިވިސްޓުން އަދި ސިޔާސީ ވެރިންނަށް ފާރަލަމުންދާކަން ފަޅާ އެރީ ދުނިޔޭގެ 10 ގައުމެއްގެ 17 މީޑިއާ އޯގަނައިޒޭޝަނަށް ނިސްބަތްވާ 80 އަށް ވުރެ ގިނަ ނޫސްވެރިން ގުޅިގެން ހިންގި ޕެގަސޫސް ޕްރޮޖްކެޓުގެ ދަށުންނެވެ.

އެ ޕްރޮޖެކްޓު ހިންގާފައި ވަނީ ފްރާންސްގެ އެންޖީއޯ ފޯބިޑަން ސްޓޯރީޒްގެ އެހީތެރިކަމާއެކު އެމްނެސްޓީ އިންޓަނޭޝަނަލްގެ ޓެކްނިކަލް އެހީތެރިކަން ހޯދައިގެންނެވެ.

ޓާގެޓް ކުރަން އަމާޒު ކުރި ބައެއް ފޯނުތަކުގެ ލިސްޓު ވެސް ހާމަކޮށްފައި ވާއިރު، އޭގެ ތެރޭގައި ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެމަނިކުފާނަށް ފާރަލާން އެދުނީ މޮރޮކޯ އިންނެވެ. މެކްރޯން ވަނީ އެކަން ތަހުގީގު ކުރުމަށް އަންގަވާފަ އެވެ.

އެންއެސްއޯ ގްރޫޕާ މެދު ކުރާ ތުހުމަތުތައް ބެލުމަށް އިޒްރޭލުން ވަނީ އިސް އިންޓަ މިނިސްޓީރިއަލް ޓީމެއް އުފައްދާފަ އެވެ.

އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި މައްސަލަ ބަލަމުންދާ ފަރާތްތަކުން ވަނީ އެންއެސްއޯގެ އޮފީހަށް ވެސް ގޮސްފަ އެވެ. އެންއެސްއޯއިން ވަނީ އެ ކުންފުންޏާ ދެކޮޅަށް ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ.

އެ ގްރޫޕާ ގުޅޭ ގޮތުން ހާމަވި ކަންކަން ދޮގުކޮށް ނެރުނު ބަޔާނެއްގައި އެންއެސްއޯއިން ބުނީ "ރިޕޯޓުގައިވާ ދޮގު ވާހަކަތަކާ ދެކޮޅު" ކަމަށާއި ތަހުގީގީ ރިޕޯޓު ބިނާވެފައި ވަނީ ދޮގު މައުލޫމާތުތަކާއި އަސްލެއް ނެތް ތިއަރީތަކެއްގެ މައްޗަށް ކަމަށެވެ.

އޭގެ އިތުރުން ޕެގަސޫސް ބޭނުން ކުރުމުގެ ހުއްދަ ލިބެނީ ސަރުކާރުތަކުގެ ޖާސޫސީ އިދާރަތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ޓެރަރިޒަމާއި ބޮޑެތި ކުށްތައް ހުއްޓުވަން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުންފުނީގެ ކްލަޔަންޓުން ޕެގަސޫސް ސޮފްޓްވެއާ ބޭނުންކޮށްގެން ޖާސޫސް ކުރާ ވަކިވަކި ފަރާތްތަކުގެ އައިޑެންޓިޓީ ކުންފުންޏަށް ނޭނގޭ ކަމަށް އެންއެސްއޯ އިން ބުނެ އެވެ. ނަމަވެސް ޝަކުވާއެއް ލިބިއްޖެ ނަމަ، ޓާގެޓް ކުރާ މީހުންގެ ލިސްޓެއް ތައްޔާރުކޮށް، ސްޕައިވެއާގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ކްލަޔަންޓުންގެ ހިދުމަތް ހުއްޓާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިޒްރޭލުގެ އޮފިޝަލަކު ވިދާޅުވީ ސްޕައިވެއާ ނަހަމަ ގޮތުގައި ބޭނުން ކުރުމުން އެންއެސްއޯއިން އަޅާ ފިޔަވަޅުތަކަށް ޑިފެންސް މިނިސްޓްރީން އެއްބާރުލުން ދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox