ލިވަޕޫލާ ގުޅޭ ވާހަކަތަކާ މެދު ޖެރާޑް ނުވިސްނާ

Jul 29, 2021, 5:15 AM
ލިވަޕޫލާ ގުޅޭ ވާހަކަތަކާ މެދު ޖެރާޑް ނުވިސްނާ

ގްލާސްގޯ (ޖުލައި 29) - ލިވަޕޫލްގެ ކޯޗުކަމުން ޔާގެން ކްލޮޕް ވަކިވުމުން ދެން އެ މަގާމާ ހަވާލުވާނީ އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރު ރޭންޖާސްގެ ކޯޗު ސްޓީވެން ޖެރާޑް ކަމަށް ބުނެ، މީޑިއާގައި ދެކެވޭ ވާހަކަތަކާ މެދު އެހާ ބޮޑަށް ނުވިސްނާ ކަމަށް އޭނާ ބުނެފި އެވެ.

ޖެރާޑް، 41، ކޯޗިން ކެރިއަރު ފެށީ ލިވަޕޫލް ޔޫތު ޓީމުންނެވެ. ޖެރާޑް، ރޭންޖާސްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. ޖެރާޑް އެ ޓީމާ ހަވާލުވީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޖެރާޑް ވަނީ މެޗަކުން ބަލިނުވެ، މިދިޔަ ސީޒަނުގައި ރޭންޖާސް އަށް ސްކޮޓްލެންޑްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕްގެ ކޮންޓްރެކްޓް ހަމަވާނީ 2024 ވަނަ އަހަރު އެވެ. ކްލޮޕްގެ އެއްބަސްވުން ހަމަވުމުން ލިވަޕޫލާ ދެން ހަވާލުވާނީ ޖެރާޑް ކަމަށް އިނގިރޭސި މީޑިއާ ތަކުން އަންނަނާނީ ތަކުރާރުކޮށް ރިޕޯޓްކުރަމުންނެވެ.

ޖެރާޑް ވަނީ މީގެ ކުރިން ވެސް ލިވަޕޫލާ ހަވާލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ސުވާލުތަކަށް ޖަވާބު ދީފަ އެވެ. ދާދި ފަހުން ނޫސްވެރިއަކު ކުރި އޭގެ ސުވާލަކަށް ދިން ޖަވާބުގައި ޖެރާޑް ބުނީ އެއް ވާހަކައެއް ތަކުރާރުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އަހަރެން ހަވާލުވެ ހުރި ޓީމަކާ ބެހޭގޮތުންނާއި އަހަރެން ދެން ހަވާލުވާނެ ކްލަބެއް ކަމަށް މީޑިއާގައި ވާހަކަ ދެކެވޭއިރު އެއީ އަހަރެންގެ ކޮންޓްރޯލުން ބޭރުގައި ހުރި ކަންކަން. އެކަމަކު އަހަރެން ބުނަން ބޭނުން ވާހަކަ އަކީ މިއީ އަހަރެން މަރުހަބާ ކިޔާ ކަންކަމެއް ނޫން. އަހަރެން އަދި މާ ދުރަށް ނުވިސްނަން. އަހަރެން މި ވަގުތު ރޭންޖާސްގައި މި ހުރީ އުފަލުން،" ޖެރާޑް ބުންޏެވެ.

އޭނާ ބުނީ ކޮންމެ ވެސް ދުވަހަކުން އެހެން ޓީމަކުން ފެނިދާނެ ކަމަށާއި މި ވަގުތު ފޯކަސް އަކީ ރޭންޖާސްގައި ކުރަމުން އަންނަ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުން ކަމަށެވެ. މީގެ ކުރިން ފޯފޯޓޫ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ވަނީ މުސްތަގުބަލުގައި ޖެރާޑް ލިވަޕޫލަށް ކޯޗުކޮށްދޭތަން ދެކެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

މި ފަހަރުގެ ޕްރީ ސީޒަން މެޗެއްގައި ޖެރާޑްގެ ރޭންޖާސް ވަނީ ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. ޖެރާޑް ބުނީ ކުރިއަށް އޮތް ސީޒަނަކީ ވެސް ރޭންޖާސް އަށް ކާމިޔާބު އަހަރަކަށް ހެދިދާނެ ކަމަށެވެ.

"އަހަރެން ހަވާލުވި ފަހުން ސީޒަނަކަށް ފަހު ސީޒަނެއް ރަނގަޅަށް މިދަނީ. އެހެންވީމަ ކުރިއަށް އޮތް ސީޒަނުގައި ވެސް ގިނަ ކަންތައްތަކެއް ރަނގަޅަށް ކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް. އެ އުއްމީދުގައި މި ހުރީ،" ޖެރާޑް ބުންޏެވެ.

ޒުވާން އުމުރުގައި ލިވަޕޫލަށް ކުޅެން ފަށައި އެ ޓީމަށް 17 އަހަރު ކުޅެދިން ޖެރާޑް އެ ކްލަބް ދޫކޮށް އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. ޖެރާޑް ވަނީ ލިވަޕޫލަށް 710 މެޗު ކުޅެދީފަ އެވެ. އަދި އޭނާ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ދުވަހު ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ.

ލިވަޕޫލާ އެކު ޖެރާޑަށް ނުލިބޭ ހަމައެކަނި ކާމިޔާބީ އަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. އޭނާ ވަނީ ލިވަޕޫލާ އެކު 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި ޔޫއޭފާ ކަޕް އަދި ޔޫއޭފާ ސުޕަ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox