އޭއެފްސީ ކަޕަށް އަކޫ އާއި ފައިސަލް ވެސް އީގަލްސް ޕްރެކްޓިހަށް ނުކުމެއްޖެ

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން އަކޫ (ކ) އާއި ފައިސަލް: ދެ ކުޅުންތެރިން ވެސް ވަނީ މިއަދު އީގަލްސް ޕްރެކްޓިހަށް ނުކުމެފައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން އަކޫ (ކ) އާއި ފައިސަލް: ދެ ކުޅުންތެރިން ވެސް ވަނީ މިއަދު އީގަލްސް ޕްރެކްޓިހަށް ނުކުމެފައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް، ކްލަބް އީގަލްސްގެ ޕްރެކްޓިހަށް މިއަދު ނުކުމެއްޖެ އެވެ.

އީގަލްސް އިން މި ވަގުތު ތައްޔާރުވަމުން އަންނަނީ މި ފަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ވާދަކުރާށެވެ. ގްރޫޕް ސްޓޭޖަށް ވަނުމުގެ އަމާޒުގައި އެ ޓީމު އަންނަނީ ވަރުގަދަކުރަމުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު އީގަލްސް އިން ކުރި ޕްރެކްޓިހުގައި އަކޫ އާއި ފައިސަލް ބައިވެރިވިއިރު، އިއްޔެ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ އީގަލްސް ޕްރެކްޓިހާ ގުޅިފަ އެވެ. އަދި އޭގެ ކުރިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މިދިޔަ ސީޒަނުގައި ފެނުނު އިސްމާއިލް އީސަ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ އީގަލްސްއާ ގުޅިފަ އެވެ. އަދި ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދަ ގްރާންޑޭ އިން ކުރިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) ވެސް ވަނީ އީގަލްސް ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފަ އެވެ.

މިއީ ރާއްޖޭގެ އޮފް ސީޒަން ދުވަސްތައް ކަމަށްވާތީ، އޭއެފްސީ ކަޕަށް ފަހު، ރާއްޖޭގެ ފުޓްބޯޅަ މޫސުމް ފަށަންވާއިރަށް މި ކުޅުންތެރިން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އެހެން ކްލަބްތަކާ ގުޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މާލޭގައި އޮކްޓޫބަރު ކުޅެން ރޭވިއިރު، އަކޫ ވަނީ އެ ފަހަރު މާޒިޔާގެ ފަރިތަކުރުންތަކަށް ވެސް ނުކުމެފަ އެވެ. އެކަމަކު، ފަހުން އޭއެފްސީން ނިންމީ ހުރިހާ ގްރޫޕެއްގެ މެޗުތައް ކުޅެވޭނެ ގޮތެއް ނެތިގެން މިދިޔަ އަހަރުގެ މުބާރާތް ކެންސަލްކުރާށެވެ.

މިއީ އަކޫ، 34، އީގަލްސް ޖޯޒީގައި ފެންނަ ފުރަތަމަ ފަހަރެވެ. އޭނާ މީގެ ކުރިން ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، މާޒިޔާ، ވީބީ ސްޕޯޓްސް ކްލަބް، ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.

އީގަލްސް އިން މިއަދު ބޭއްވި ޕްރެކްޓިހުގެ ތެރެއިން.--

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ވަނީ މީގެ ކުރިން ވެސް އީގަލްސް އަށް ކުޅެފަ އެވެ. އޭނާ އީގަލްސް އަށް ކުޅުނީ 2014 ވަނަ އަހަރު އެވެ. ފައިސަލް ދެން ކުޅުނު ކްލަބްތަކަކީ ވިކްޓްރީ، ނިއު ރޭޑިއަންޓް، އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް)، ވެލެންސިއާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަށެވެ.

ފައިސަލް، 32، އީގަލްސްއާ ގުޅުނުއިރު، އެ ޓީމުން ވަނީ ލެބަނަންގެ ގޯލްކީޕަރު މުހައްމަދު ތޯހާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އެއް ސީޒަނަށް އާ ކޮށްފަ އެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު މާލޭގަ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ގްރޫޕުގެ ފަހު ޖާގަ ލިބޭނެ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގަ އެވެ.

އީގަލްސްގެ ކޯޗަކީ މީގެ ކުރިން ޓީސީ ގޮވައިގެން އޭއެފްސީ ކަޕަށް ނުކުތް ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

ޕްލޭއޮފާ ހަމައަށް އީގަލްސް ދަތުރުކުރީ ކޮލިފައިން ފުރަތަމަ މެޗުގައި 2-0 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްގެންނެވެ. ކޮލިފައިން ދެ ވަނަ މެޗުގައި އީގަލްސް ކުޅެން ޖެހުނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އޭއެފްސީން ތަކުރާރުކޮށް ދިން އެކި ފުރުސަތުތަކުގައި އަބަހާނީ އަށް މެޗު ކުޅެވޭނެ ގޮތެއް ނުވުމުން އެންމެ ފަހުން އޭއެފްސީން އެ ޓީމު ވަކިކޮށް އީގަލްސް އަށް ޕްލޭއޮފްގެ ޖާގަ ދިނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox