ޗެލްސީން ކޫންޑޭ ގެންނަން މަޝްވަރާކުރަނީ

Jul 28, 2021, 5:12 AM
ޗެލްސީން ކޫންޑޭ ގެންނަން މަޝްވަރާކުރަނީ

ލަންޑަން (ޖުލައި 28) - ސެވިއްޔާގެ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭ ހޯދަން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން މަޝްވަރާތައް ފަށައިފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކޫންޑޭ ހޯދަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ ޓޮޓެންހަމް އިންނެވެ. ޓޮޓެންހަމް އިން އޮތީ ކޫންޑޭ ގެންނަން 25 މިލިއަން ޕައުންޑާއި ޑަވިންސަން ސަންޗޭޒް ދޭން ތައްޔާރަށެވެ. އެ ޑީލަށް ސެވިއްޔާ އިން އެއްބަސްވި ނަމަވެސް ކޫންޑޭ ދެކޮޅު ހެދި އެވެ. އެއީ ޓޮޓެންހަމް ޗެމްޕިއަންސް ލީގުގައި ނެތުމުންނެވެ.

އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ފްރާންސް ސްކޮޑުން ޖާގަ ކަށަވަރު ކުރަން ރަނގަޅު ކްލަބަކަށް ދާން އުމުރުން 22 އަހަރުގެ ކޫންޑޭ ބޭނުން ވެ އެވެ. ޑިފެންސްގެ އެކި މަގާމުތަކަށް ކުޅެވޭ ކޫންޑޭ ވަނީ މި ފަހަރުގެ ޔޫރޯގައި ވާދަކުރި ފްރާންސް ޓީމުގައި ހިމެނި މެޗުތަކުގައި ކުޅެފަ އެވެ.

ކޫންޑޭގެ ސޮއި ހޯދަން ބޭނުންނަމަ ޗެލްސީން މަދުވެގެން 30 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފްރާންސްގެ ބޯޑޯ ބީ ޓީމުން ކެރިއަރު ފަށައި ފަހުން ސީނިއާ ޓީމަށް ވެސް ކުޅުނު ކޫންޑޭ ސެވިއްޔާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ސެވިއްޔާ އިން ވަނީ ކޫންޑޭގެ ސޮއި ހޯދަން 22 މިލިއަން ޕައުންޑްގެ ފީ އެއް ދައްކައިފަ އެވެ.

މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީން 20 މިލިއަން ޕައުންޑަށް ކޫންޑޭ ގަންނަން ސެވިއްޔާއާ ވާހަކަ ދެއްކި ނަމަވެސް އެ ޓީމުން އެ ގޮތަށް އެއްބަހެއް ނުވި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ދާދި ފަހުން ވަނީ ފުލަމް އިން ދޫކޮށްލި ގޯލްކީޕަރު މާކަސް ބެޓިނެލީ ސޮއިކޮށްފަ އެވެ. އޭނާ ގެނައީ ޗެލްސީން ދޫކޮށްލި އާޖެންޓީނާގެ ގޯލްކީޕަރު ވިލީ ކަބަލޭރޯގެ ބަދަލުގަ އެވެ.

ޗެލްސީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަރަދުކުރަން ނިންމާފައިވަނީ ކުޅުންތެރިން ވިއްކައިގެން ލިބޭނެ ފައިސާ އަށް ބެލުމަށް ފަހު އެވެ. ޗެލްސީން ވިއްކާލަން މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި ޓެމީ އަބްރަހަމް، ރޮސް ބާކްލޭ، ޑެނީ ޑްރިންކްވޯޓާ އަދި ރުބެން ލޮފްޓަސް-ޗީކް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox